މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލް ޖުމްހޫރިއްޔާ

2,019 Stories filed
ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ އަމިއްލައަށް އުފަންކުރުވާ އެއްޗެއް: ރައީސް
Raajje

ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ އަމިއްލައަށް އުފަންކުރުވާ އެއްޗެއް: ރައީސް

ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިޙާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ ވަކި ތަނަކުން ވަކި...

މީހުން ދިރިއުޅޭ ރަށްތަކުން ދަނޑުވެރިންނަށް މިހާރަށްވުރެ ފަސޭހައިން ބިން ލިބޭނެގޮތް ހަމަޖައްސައިދެނީ
International

މީހުން ދިރިއުޅޭ ރަށްތަކުން ދަނޑުވެރިންނަށް މިހާރަށްވުރެ ފަސޭހައިން ބިން ލިބޭނެގޮތް ހަމަޖައްސައިދެނީ

މީހުން ދިރިއުޅޭ ރަށްތަކުން މިހާރަށްވުރެ ފަސޭހައިން ދަނޑުވެރިންނަށް ބިން ލިބޭނެގޮތް ހަމަޖައްސައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަސްމީގޮތުން ފާހަގަކުރުމަށް ރޭ ތ. ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޞާލިޙް ވިދާޅުވީ، ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ބަލާއިރުގައި، ދަނޑުވެރިންނަށް ކުރިމަތިވާ އެންމެބޮޑު އެއް ގޮ...

ރައީސް ޞާލިޙް ކަނޑޫދޫއަށް ފުރާވަޑައިގަންނަވައިފި
Raajje

ރައީސް ޞާލިޙް ކަނޑޫދޫއަށް ފުރާވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތ. ކަނޑޫދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި، ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ޙަރަކާތްތައް ފަށްޓަވައިދެއްވައި، ފަރޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މީގެއިތުރުން ކާބޯތަކެތީގެ މައުރަޒު ހުޅުއްވައިދެއްވައި، ޤައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަ...

ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާގުޅޭގޮތުން މަޝްވަރާކޮށްފި
Raajje

ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ވޮލީބޯލް (އެފް.އައި.ވީ.ބީ)ގެ ފަރާތުން ރާއްޖެ ވަޑައިގެންނެވި ވަފްދާއި ބައްދަލުކުރައްވައި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އެފް.އައި.ވީ.ބީ ގެ ރައީސް، ޑޮކްޓަރ އެރީ އެސް ގްރަސާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މާހައުލު އޮތްގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި ވަނީ ވެސް ބީޗްވޮލީފަދަ...

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވާލައިފި
Raajje

ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވައިލައްވައިފިއެވެ. އެ ބޯޑު އެކުލަވައިލައްވާފައި ވަނީ މިއަދުއެވެ. މި ބޯޑަކީ ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ. ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑަށް އައްޔަނު ކުރެއްވި ބޭފުޅުން: އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ.ގަން (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް) ޑޮކްޓަރ މުޙައްމަދު އިސްމާޢީލް، ދަފްތަރު. ނަންބަރު ރސ 9558 (ހ...

މުދައްރިސުން ކުރާ މަސައްކަތަކީ މުދަލާއި ފައިސާއިން ވަޒަން ނުކުރެވޭނެ އަގު މާތް ޖިހާދެއް: ރައީސް
Raajje

މުދައްރިސުން ކުރާ މަސައްކަތަކީ މުދަލާއި ފައިސާއިން ވަޒަން ނުކުރެވޭނެ އަގު މާތް ޖިހާދެއް: ރައީސް

ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، މުދަލާއި ފައިސާއިން ވަޒަންކުރެވޭ ވަރަށްވުރެ އަގު މާތް ޖިހާދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، ދަރިވަރުންނަށް ކިޔަވައިދެއްވުމަށް މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ދުލަކުން އަދި ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ މާބުރަ މަސައްކަތެއް ކަމަށެވެ. އަދި އެއީ މުދަލާއި ފ...

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބައެއް އިނާމްތައް ދެއްވުން އޮންނާނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި
Raajje

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބައެއް އިނާމްތައް ދެއްވުން އޮންނާނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބައެއް އިނާމްތައް ކުރިއަތް އޮތް ގައުމީ ދުވަހު ދެއްވާ ގޮތަށް ހަމަޖައްސަވައިފިކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް، މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ކުރިން މި ދެ އިނާމު ދެއްވާގޮތަށް ހަމަޖައްސަވާފައިވ...

ރައީސް ޞާލިޙްގެ ދެކަނބަލުން ނިއުޔޯކަށް ފުރާވަޑައިގެންފި
Raajje

ރައީސް ޞާލިޙްގެ ދެކަނބަލުން ނިއުޔޯކަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ދައުލަތްތައް (އ.ދ) ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ފުރައިވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަނައެވެ. މިދަތުރުފުޅުގައި އ.ދ ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ރައީސް ޞާލިޙް ތަޤްރީރު ކުރައްވާނެއެވެ. ރައީސް ޞާލިޙް ތަޤްރީރު ކުރައްވަން ހަމަޖެހިފައި ވަނީ 2021 ސެޕް...

"ގަވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތް: ރައްޔިތުންނާއި ސަރުކާރާ ދެމެދު، ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ހަރުދަނާ ފާލަމެއް
Raajje

"ގަވް ޑޮޓް އެމްވީ މެސެޖު"ގެ ޚިދުމަތް: ރައްޔިތުންނާއި ސަރުކާރާ ދެމެދު، ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ހަރުދަނާ ފާލަމެއް

މިއަދު ތައާރަފް ކުރެވުނު “ގަވް ޑޮޓް އެމްވީ މެސެޖު”ގެ ޚިދުމަތް ވެގެން ދާނީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، ހަލުވިކޮށް މުވާޞަލާތު ކޮށްދޭނެ ހަރުދަނާ ފާލަމަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިއަދު ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގައި ބޭއްވި ރަސްމިއްޔާތެއްގައި ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވައި ވާހަކަ ދައްކަވަމުން...

ރައީސްގެ ދެ ކަނބަލުން އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި
Raajje

ރައީސްގެ ދެ ކަނބަލުން އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރު ފުޅުގައި ރައީސްގެ ދެ ކަނބަލުން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ށ. އަތޮޅުގެ 4 ރަށަކަށާއި، ރ. އަތޮޅުގެ 4 ރަށަކަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މިގޮތުން ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގ...

އީސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި
Raajje

އީސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. އެގޮތުން، މި މަގާމަށް އައްޔަން ކުރައްވާފައިވަނީ ހ. އިރުވައި، މުޙައްމަދު ޢާޞިފް އެވެ. އާސިފްއަށް މަގާމުގެ ލިއުން ހަވާލުކޮށްދެއްވީ މިއަދު މެންދުރު ފަހުއެވެ. އީސީގެ މެންބަރު ކަމަށް އައްޔަން ކުރެވުނު މުޙައްމަދު އާސިފަކީ މީގެ ކުރިން އެ ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އީސީގެ މެގާމެއް ހުސްވީ އެ...

އިންފޮމޭޝަން ކޮމިޝަނަރުކަމަށް އާހިދު އައްޔަނުކޮށްފި
Raajje

އިންފޮމޭޝަން ކޮމިޝަނަރުކަމަށް އާހިދު އައްޔަނުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ހ. ގުރުވަ އަޙްމަދު ޢާހިދު ރަޝީދު މިއަދު ޢައްޔަނުކުރައްވައިފިއެވެ. މި މަޤާމަށް އަޙްމަދު ޢާހިދު ރަޝީދު ޢައްޔަނުކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަނުކުރެއްވި އަޙްމަދު ޢާހިދު ރަޝީދު އެންމެ ފަހުން ފުރުއްވާާފައި ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރގެ މަޤާމެވެ. އޭނާ ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީ...

ރިސޯޓް މަސައްކަތްތެރީންގެ %50 އަކީ ދިވެހިން ކަމުގައި ހަމަޖައްސައިދިނުމަށް އެދިއްޖެ
Raajje

ރިސޯޓް މަސައްކަތްތެރީންގެ %50 އަކީ ދިވެހިން ކަމުގައި ހަމަޖައްސައިދިނުމަށް އެދިއްޖެ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ %50 މުވައްޒަފުންނަކީ ދިވެހިން ކަމުގައި ހަމަޖައްސައިދިނުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ދަންނަވައިފިއެވެ. މިގޮތަށް އެދިފައި ފައިވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. އެބައްދަލުވުމާއި ގުޅޭގޮތުން ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް...

ރައީސް ޞާލިޙް، ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައިފި
Raajje

ރައީސް ޞާލިޙް، ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންނާ ރޭ ބައްދަލު ކުރައްވައިފިއެވެ. ތިމަރަފުށީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި، ރައީސް ޞާލިޙް ވަނީ ތިމަރަފުށީ މަސްވެރިންނާ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތ. އަތޮޅުގެ ތަރައްޤީއަށް ވަރަ...

ރައީސް ޞާލިޙް، ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
Raajje

ރައީސް ޞާލިޙް، ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއީ ރައީސް ޞާލިޙްގެ ދެ ކަނބަލުން ސްރީލައްކާއަށް މިހާރު ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި...