އިންޑިޔާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއް: ރައީސް
އިންޑިޔާއަކީ އަބަދުވެސް ދިވެހިރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އިންޑިޔާގެ 77 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިޔާގެ ރައީސް ދްރޫޕަދީ މުރުމޫ އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އެ ގައުމުގެ ރައްޔިތުންނަށް އަރިސްކުރައްވަމުން، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މި ދުވަހުގެ ކުލަގަދަ ޖޯޝުން އިންޑިޔާގެ ރައްޔިތުންގެ ރޫޙާއި ކ...