ހުޅުދުއްފާރުގެ އިޚްތިޞާޞްގައި ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ރައީސް ނިންމަވައިފި
ރައީސަ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގެ ތެރޭގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ނިންމަވައި އެކަން ރަސްމީކުރައްވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި 9/2026 ނަންބަރު ޤަރާރުގެ ދަށުންނެވެ. ހުޅުދުއްފާރުގެ އިޚްތިޞާޞަށް ގެނައި މި ބަދަލު ދައްކުވައިދޭ ޗާޓު ހިމެނޭހެން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގަ...