''ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުބަލާނެ، ހަމަހަމަކަން ގާއިމުކުރާނެ''
ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބަލާނީ ސިޔާސީ ފިކުރަށް ނޫން ކަމަށާއި، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު އަދުލުވެރިކަން ގާއިމުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ އޭޕްރިލް 4 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް އއ. ރަސްދޫ، އުކުޅަސް އަދި ތޮއްޑޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރަ...