މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 997 ވަނަ ޞަފްޙާ

ސަފާރީ ރޭޕް: ކުއްލި މައްސަލައެއް ހުށަހަޅައި، ބަލައިގަނެ ބަހުސް ފަށައިފި

ސަފާރީ ރޭޕް: ކުއްލި މައްސަލައެއް ހުށަހަޅައި، ބަލައިގަނެ ބަހުސް ފަށައިފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަނެ، ބަހުސް ފަށައިފިއެވެ. އެ ކުއްލި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ. މި މައްސަލަ ބަލައިގެންފައިވަނީ ވޯޓްގައި ބައިވެރިވި 36 މެމްބަރުންގެ ވޯޓުންނެވެ. މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި އެ ކުއްލި މައްސަލާގައި ބުނެފައިވަނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެ...

ޝިއުނާ އާދަމް
ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 58 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ފޮއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 58 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 58 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ ޕްބްލިކް ލިމިޓެޑް (އެމްޓީސީސީ)ން ބުނެފިއެވެ. އެމްޓީސީސީ އިން ބުނީ މި މަސައްކަތުގެ 58 އިންސައްތަ މިހާރު ނިމިފައި ވާކަމަށާއި 180 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ބިން އެއްވަރުކުރުމުގެ މަސައްކަތާއި ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، މި […]

ޔުމްނާ ޢަލީ
ކޯވިޑް-19: ރިސޯޓުތައް ހިމެނޭހެން ސަރުކާރަށް ދައްކަންޖެހޭ ކުލި ފަސްކޮށްދީފި

ކޯވިޑް-19: ރިސޯޓުތައް ހިމެނޭހެން ސަރުކާރަށް ދައްކަންޖެހޭ ކުލި ފަސްކޮށްދީފި

ކޯވިޑް-19 އާއި ގުޅިގެން، ރިސޯޓުތައް ހިމެނޭހެން ސަރުކާރަށް ދައްކަންޖެހޭ ކުލި ފަސްކޮށްދިނުމަށް ނިންމައި، އެކަން ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފިއެވެ. އެކަމާއި ގުޅިގެން އެ މިނިސްޓްރީއިން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި އެކު އިގުތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމާއި، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރިއާއި ރައްޔިތުންނަށް މާލީ ހީނަރުކަމާއި ކުރިމަތިލާންޖެހިފައި ވާކަމަށެވެ. އެހެންކަމުން...

ޝިއުނާ އާދަމް
ކޯވިޑް-19: މާލޭ ޖަލުން ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް!

ކޯވިޑް-19: މާލޭ ޖަލުން ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވް!

މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން، އެ ޖަލުގައި ކޯވިޑް ފެތުރިފައި ވޭތޯ ބެލުމަށް ނެގި ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ. ކަރެކްޝަން ސާވިސްއިން ވަނީ މާލޭ ޖަލުގެ އީއެސްޖީ އޮފިސަރެއް ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައި ވާތީ، އެޗްޕީއޭއާއި އެސަރވިސް ގުޅިގެން، ކޯވިޑަށް ޓެސްޓު ކުރުމަށް 101 ސާމަޕަލް މާލޭ ޖަލުން ނަގާފައި ވާކަމަށް ޖޫން މަހުގެ 21 ވަނަ ދުވަހު ބުނެފައެވެ. އެގޮތުން ސާމްޕަލް […]

ޖަލްވާން ޖާދުﷲ
ރޭޕާއި ދެކޮޅަށް އަޑު އުފުލަން މާދަމާ ނިކުންނަނީ

ރޭޕާއި ދެކޮޅަށް އަޑު އުފުލަން މާދަމާ ނިކުންނަނީ

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތި ވެފައިވާ މިދަނޑިވަޅުގައި، ރޭޕާއި ދެކޮޅަށް އަޑު އުފުލަން މާދަމާ ނުކުންނަން ” ވޮއިސް އޮފް ޗިލްޑްރެންސް ” އިން ނިންމައިފިއެވެ. ރާއްޖޭގައި ކުރާ ޖިންސީ ގޯނާއާއި، ރޭޕް ކުރުމާއި ދެކޮޅަށް މަސައްކަތްކޮށް އަޑުއުފުލަމުން އަންނަ ” ވޮއިސް އޮފް ޗިލްޑްރެންސް ” އިން ރޭޕާއި ދެކޮޅަށް އަޑު އުފުލަން ބާއްވާ އެއްވުން ބާއްވަން ނިންމާފައި ވަނީ ޖެންޑަރ މިނިސްޓްރީ ކައިރީކަމަށް އެ ޖަމްޢިއްޔާއިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވެއެވެ. […]

ޝިއުނާ އާދަމް
ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓަށް ފޮނުވައިފި

ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓަށް ފޮނުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް އުފުލައި، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުން މިއަދު ނެރެނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް...

ޔުމްނާ ޢަލީ
2 ފިރިހެނުން ހައްޔަރުކުރީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ: ފުލުހުން

2 ފިރިހެނުން ހައްޔަރުކުރީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ: ފުލުހުން

ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ހުށަހެޅުނު މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި 2 ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީކަމަށް ފުލުހުން ބުނެފިއެވެ. ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ފުލުހުންނަށް މައްސަލައެއް ހުށައެޅުމާއި ގުޅިގެން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ  2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައ...

އިބްރާހިމް އަސްވާޤް
މުޅި މީސްމީޑީޔާގައި: "އަހަރެންގެ ޙައްޤު ވަނީ އިސްލާމްދީނުން ކަށަވަރުކޮށްދީފައި" BanUthema# 

މުޅި މީސްމީޑީޔާގައި: "އަހަރެންގެ ޙައްޤު ވަނީ އިސްލާމްދީނުން ކަށަވަރުކޮށްދީފައި" BanUthema# 

މުޅި މީސްމީޑީޔާގައި “އަރަހެންގެ ޙައްޤު ވަނީ އިސްލާމްދީނުން ކަށަވަރުކޮށްދީފައި” BanUthema# މިއަޑުން ގުގުމާލައިފިއެވެ. އުތެމަ ޖަމްޢިއްޔާއިން އދ ގެ ސީޑޯއަށް ހުށަހަޅާފައިވާ ރިޕޯޓުގައި އިސްލާމްދީނާ ފުށުއަރާ ވަރަށް ގިނަ މާއްދާތަކެއް ހުރުމާއި ، އުތެމަ އާއި އެމްޑީއެން ގުޅިގެން މިދިޔަ އަހަރު ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ރާއްޖޭގައި އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާ ތަންތަން އެޅުން ހުއްދަ ކުރުމާއި ، އެއް ޖިންސުން ގުޅުން ހިންގުމަކީ ޤާނޫނީ ކުށެއް ކަމަށް އޮތް އޮތުން އުވާލަން ޖެހޭ ކަމަށް […]

ހުސައިން ހަބީބް
ޕެންޝަން އޮފީހުގެ 2 ހިދުމަތްތައް އިސާއިން ބަލައިގެންފި

ޕެންޝަން އޮފީހުގެ 2 ހިދުމަތްތައް އިސާއިން ބަލައިގެންފި

ދެ ދާއިރާއަކުން އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން މިންގަޑުތައް ޕެންޝަން އޮފީހުން ޙާސިލުކޮށްފިއެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޕެންޝަން ކޮންޓްރިބިއުޝަން ބަލައިގަތުމާއި ކޮމްޕްލަޔަންސް މަސައްކަތްތައް ކުރަމުންދަނީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (issa)ގެ މިންގަޑުތަކަށް ކަމުގައި އެޖަމްއިއްޔާއިން ކަނޑައަޅައިފިއެވެ. އިސާއަކީ އެކި ޤައުމުތަކުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްސަސާތަކާއި ސަރުކާރު އޮފީސްތަ...

ޔުމްނާ ޢަލީ
ފުލުހުންގެ ބިލު ދިރާސާކުރައްވާ 241 ކޮމެޓީއަށް އޭޖީ އޮފީހުން ފަންނީ އެހީތެރިކަން

ފުލުހުންގެ ބިލު ދިރާސާކުރައްވާ 241 ކޮމެޓީއަށް އޭޖީ އޮފީހުން ފަންނީ އެހީތެރިކަން

ފުލުހުންގެ ބިލު ދިރާސާކުރައްވާ 241 ކޮމެޓީއަށް އޭޖީ އޮފީހުން ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވަން ފައްޓަވައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ދިރާސާކުރައްވަމުންގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (ޤާނޫނުއަސާސީގެ 241 މާއްދާގައި ބަޔާންކުރާ ކޮމެޓީ)އިން އެ ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި މިއަދު ބޭއްވެވި ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބައިވެރިވެ، އެ ކޮމިޓީއަށް ބިލާގުޅޭ މަޢ...

އިބްރާހިމް އަސްވާޤް

ސަފާރީ ރޭޕްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ބަލަނީ

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީން ނިންމައިފިއެވެ. މި މައްސަލަ މާދަމާ އޮތް އެކޮމެޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާކަން އެކޮމެޓީގެ މެންބަރު އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ޓްވިޓަރގައި ހާމަކުރައްވާފައެވެ. ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ މާދަމާގެ އެޖެންޑާގައި ހިމަނަން ޖީހާން ނިންމެވީތީ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި އެ މ...

ޔުމްނާ ޢަލީ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި

ތަފާތު އެކިދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ތަހުޤީޤު ކުރަން ފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ  ތ.ވޭމަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު  މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ހިނގާ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. މިމައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް...

އިބްރާހިމް އަސްވާޤް
ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ބަލަން އޭސީސީއިން ނިންމައިފި

ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އަލުން ބަލަން އޭސީސީއިން ނިންމައިފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗެއާމަނަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނަވައިގެން ސިންގަޕޫރުގައި ހިންގި ކަމަށް ތުހުމަތުކުރާ ވަގު ވިޔަފާރިއާ ބެހޭ މައްސަލަ އަލުން ރިވިއު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމައިފިއެވެ. އޭސީސީއިން މިރޭ ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވާ ފަދައިން، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުނ...

އަލީ އާދިލް
ކޮމިޓީން މިނިސްޓަރު އަސްލަމަށް ރުހުން ދޭން ފާސްކޮށްފި

ކޮމިޓީން މިނިސްޓަރު އަސްލަމަށް ރުހުން ދޭން ފާސްކޮށްފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި މިނިސްޓަރު މުހައްމަދު އަސްލަމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ފާސްކޮށްފިއެވެ. އަލަށް އުފެއްދެވި އެ މިނިސްޓްރީއަށް މިނިސްޓަރު އަސްލަމް އައްޔަނު ކުރަށްވައި، މަޖިލީހަށް ހުށަހެޅުއްވުމުން މިނިސްޓަރަށް ރުހުން ހޯދުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވ...

އަލީ އާދިލް
އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް!

އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް!

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ. މި އެހީއަކީ ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް ވެދެއްވި އެހީއެކެވެ. އެގޮތުން އެ ބޭންކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ދޭން ނިންމީ 25 މިލިއަން ޑޮލަރުގެ ލޯނަކާއި 25 މިލިއަން ޑޮލަރުގެ ހިލޭ އެހީ ކަމަށެވެ. މިއެހީތެރިކަމަކީ ކޯވިޑް-19 އާއި ގުޅިގެން އޭޑީބީގެ މެމްބަރު ގައުމުތަކަށް އެހީތެރިވާން […]

ޖަލްވާން ޖާދުﷲ