މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 975 ވަނަ ޞަފްޙާ

ރިލްވާންގެ މައްސަލައަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ: ރައީސް

ރިލްވާންގެ މައްސަލައަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ: ރައީސް

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲގެ މައްސަލައަށް އިންސާފު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ހުއްޓާނުލައި ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. މިއަދާއި ގުޅިގެން އަތުލިޔުމުން ލިޔުއްވައި އޭގެ ފޮޓޯއަކާއި އެކު ރައީސް ޞާލިޙްގެ މެސެޖު ހިއްސާކުރައްވާފައި ވާއިރު، އެމެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިޟުވާނުގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދު...

ޝިއުނާ އާދަމް
ޖުލައިމަހު އެންމެ ގިނަ މީހުން ޖަލަށްލި މައްސަލަތަކުގެ ގޮތުގައި ވައްކަމާއި، ފޭރުމުގެ މައްސަލަތައް!

ޖުލައިމަހު އެންމެ ގިނަ މީހުން ޖަލަށްލި މައްސަލަތަކުގެ ގޮތުގައި ވައްކަމާއި، ފޭރުމުގެ މައްސަލަތައް!

ހުސްވި ޖުލައި މަހު ކުރި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ކުރި ހުކުމްތައް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ. ކަރެކްޝަންސް އިން މިއަދު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 34 މީހަކު ވަނީ އެކި ޖަލުތަކަށް ގެންގޮސްފައެވެ. އެ 34 މީހުންގެ ތެރޭގައި ހިމެނެނީ ހުކުމްކޮށްގެން ޖަލަށް ލީ 16 މީހުންނާއި، ރިމާންޑު ބަންދުކުރި 18 މީހުންނެވެ. ކަރެކްޝަންސްގެ ތަފާސް ހިސާބުތައް ބުނާގޮތުން މިދިޔަ […]

އަޙްމަދު ވަހީދު
މަސްތުވާތަކެއްޗާއެކު ދުވާފަރުން ބަޔަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއެކު ދުވާފަރުން ބަޔަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއެކު ރ. ދުވާފަރުން ތިން މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ރ. ދުވާފަރު ޕޮލިސް ސްޓޭޝުން ހިންގި އޮޕަރޭޝަނެއްގައި، ދުވާފަރުން ތިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެއްގެ އިތުރުން 40 އަހަރުގެ މީހެއް ކަމަށާއި، މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުނ...

ޔުމްނާ ޢަލީ
ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް މަސައްކަތްކުރަނީ

ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީ ކުޑަކުރުމަށް މަސައްކަތްކުރަނީ

ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 24 އިންސައްތަ އެއަށްވުރެ ކުޑަ ކުރުމަށް ފިޝަރީޒް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ، ރާއްޖެއިން ޔޫރަ...

އިބްރާހިމް ޚަލީލް
މިއަދު ޑޮލަރެއް ލިބުނީ 19 ރުފިޔާއަށް: އެމްޕީ ޝިޔާމް

މިއަދު ޑޮލަރެއް ލިބުނީ 19 ރުފިޔާއަށް: އެމްޕީ ޝިޔާމް

މިއަދު ޑޮލަރެއް ގަންނަން ލިބުނީ 19 ރުފިޔާއަށް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅު ވެއްޖެއެވެ. ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރަށް ޝިޔާމް މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ. ޝިޔާމް ވިދާޅުވީ މަޖިލީހުގެ އިގުތިޞާދީ ކޮމެޓީގެ ބައްދަލު ވުމެއްގައި، އެމްއެމްއޭގެ ގަވަރުނަރު އަރިހު “ފައިސާ ޗާޕު ކުރަށްވާނަންތޯ” އޭނާ އެއްސެވި ކަމަށެވެ. ޖަވާބުގައި “ތިމަންނަ ނުކުރަށްވާނެ ކަމަކީ ފައިސާ ޗާޕްކުރުން ކަމަށް” ގަވަރުނަރު ވިދާޅުވި ކަމަށް، ޝިޔާމް ވިދާޅުވިއެވެ. ފިނޭންސް މިނިސްޓަރު...

އަލީ އާދިލް
ކާށިދޫން މަސްތުވާތަކެއްޗާއެކު، މަސްތުގެ ހާލުގައިހުރި ފުލުހަކު ހައްޔަރުކޮށްފި

ކާށިދޫން މަސްތުވާތަކެއްޗާއެކު، މަސްތުގެ ހާލުގައިހުރި ފުލުހަކު ހައްޔަރުކޮށްފި

ކާށިދޫން މަސްތުވާތަކެއްޗާއެކު ފުލުހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން މިއަދުގެ ވަގުތެއްގައި ކާށިދޫން މީހަކު ހައްޔަރުކޮށް އޭނާގެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. ހައްޔަރުކުރި މީހާއަކީ ފުލުހެއް ކަމަށްވާއިރު، އޭނާ އަކީ ޗުއްޓީ އަށް ކާށިދޫ އަށް އައިސް ހުރި އެހެން ރަށެއްގައި މަސައްކަތް ކުރާ ފުލުހެއް ކަމަށް އޮފިޝަލް […]

އަލީ އާދިލް
ކަރަންޓީންއަށް ދިއުމަށް މިހާރު ޢަމަލު ކުރަންވީގޮތް އާންމު ކޮށްފި

ކަރަންޓީންއަށް ދިއުމަށް މިހާރު ޢަމަލު ކުރަންވީގޮތް އާންމު ކޮށްފި

އަތޮޅުތަކުގައި ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ކަނޑައަޅާފައިވާ އުސޫލުގެދަށުން މާދަމާއިން ފެށިގެން ރަށްރަށަށް ދެވޭނީ އެޗްޕީއޭއިންދޭ ޚާއްޞާ ހުއްދައެއްގެ ދަށުންކަމަށް ކަނޑައަޅާ އެޗްޕީއޭއިން އުސޫލު އާންމުކޮށްފިއެވެ. އެގޮތުން ރަށްރަށް ދާ މީހުންނަށް ޢަމަލުކުރަންވީގޮތް ބަޔާންކޮށް އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ވަނީ، ރަށްރަށް ފުރަބަންދު ކަރަންޓީނަށް ދިއުމަށް އެދެންޖެހޭނީ ހާލުބެލުން ޕޯޓަލްގައި ރަޖިސްޓްރިވުމަށްފަހު އެޕޯޓަލްގެ ހޯމްކަރަންޓީންވުމަށް އެދޭބައި ފުރިހަމަކުރުމުންކަމަށެވެ. މާދަމާއިން ފެށިގ...

ޔުމްނާ ޢަލީ
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓައިފި

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓައިފި

ޤާނޫނު ނަމްބަރު 7/2012، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން ވަޒީރަށް ލިބިގެންވާ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޢިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓައިފިއެވެ. 12 މާޗް 2020 ގައި ޢިއުލާން ކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓައި، އެކަން އަންގާ ގަރާރު މިރޭ ވަނީ ހެލްތު މިނިސްޓްރީއިން އާންމު ކުރަށްވާފައެވެ. ހެލްތު މިނިސްޓަރު އަމީން ސޮއިކުރައްވައި މިރޭ އާންމުކުރި ގަރާރުގައި […]

ޔުމްނާ ޢަލީ
‏އެންމެ ބޮޑު ވާޖިބަކީ މާތް ﷲ އަށްޓަކައި އަދާ ކުރުން ވާޖިބުވާ ކަންކަން ހިމާޔަތްކޮށް ބާރުވެރި ކުރުން: ޑރ. އިނާޒް

‏އެންމެ ބޮޑު ވާޖިބަކީ މާތް ﷲ އަށްޓަކައި އަދާ ކުރުން ވާޖިބުވާ ކަންކަން ހިމާޔަތްކޮށް ބާރުވެރި ކުރުން: ޑރ. އިނާޒް

ދިވެހި ދައުލަތާއި، ރައްޔިތުންގެ އެންމެ ބޮޑު ވާޖިބަކީ މާތް ﷲ އަށްޓަކައި އަޅުތަކުން އަދި ދައުލަތުން އަދާކުރުން ވާޖިބުވާ ކަންކަން ހިމާޔަތްކޮށް ބާރުވެރިކުރުން ކަމަށް ޑރ. އަހުމަދު އިނާޒް ވިދާޅު ވެއްޖެއެވެ. ކުރީގެ ފިނޭންސް މިނިސްޓަރުކަން ކުރަށްވާފައިވާ އަދި އިޤްތިޞާދީ ދާއިރާގައި ފާހަގަ ކުރެވޭ ފަރާތެއް ކަމަށްވާ ޑރ. އިނާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ އަދި އަޅުގަނޑުމެންގެ އެންމެ ބޮޑު ވާޖިބަކީ މާތް ﷲ އަށްޓަކައި އަޅުތަކުން އަދި ދައުލަތުން އަދާކުރަން ވާޖިބުވާ ކަންކަން ހިމާޔަތްކޮށް […]

ޝިއުނާ އާދަމް
ޤާނޫނުއަސާސީއަށް ބާރަ އަހަރު ފުރޭއިރު ބައެއް އެލަވަންސްތައް ދިނުމުގައި ގެންގުޅޭ ތަފާތު ކުރުމަށް ހައްލެއް ނުލިބޭ: ޢަލީ

ޤާނޫނުއަސާސީއަށް ބާރަ އަހަރު ފުރޭއިރު ބައެއް އެލަވަންސްތައް ދިނުމުގައި ގެންގުޅޭ ތަފާތު ކުރުމަށް ހައްލެއް ނުލިބޭ: ޢަލީ

ދިވެހި ރާއްޖޭގެ ފެހި ޤާނޫނުއަސާސީއަށް ބާރަ އަހަރު ފުރިގެން ދިޔައިރު ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ބައެއް މަސައްކަތް ތެރީންނަށް، ރާއްޖެގައި މަސައްކަތް ކުރާ އެހެން ޤައުމުތަކުގެ މީހުންނާއި އެއްގޮތަށް ބައެއް އެލަވަންސްތައް ދިނުމުގައި ގެންގުޅޭ ތަފާތު ކުރުމަށް ހައްލު ލިބިފައި ނުވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅު ވެއްޖެއެވެ. ފެހި ޤާނޫނުއަސާސީއަށް އަމަލު ކުރަން ފެށިތާ 12 އަހަރު ކަޑައްތު ކުރެވުމާއި ގުޅިގެން ގިނަ ބަޔަކު މީސް މީޑިއާގައި ޚިޔާލު ފާޅު ކުރަމުން […]

އަޙްމަދު ވަހީދު
ފާމަސީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މީހާ ހައްޔަރުކޮށްފި

ފާމަސީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މީހާ ހައްޔަރުކޮށްފި

ފާމަސީއަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ. ފުލުހުންނަށް ރޭ ރިޕޯޓުކޮށްފައިވާ އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ވަނީ މާލޭގައި ހިންގާ ފާމަސީއެއްގެ ފާމަސީގެ އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރާ ބިދޭސީއެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފާމަސީއަކަށް ދިޔަ މީހަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ 50 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުނ...

ޝިއުނާ އާދަމް
ހިޔާ ފުލެޓްތަކުގެ ކޮމާޝަލް އޭރިއާ ވާޗުއަލްކޮށް ބަލާލެވޭ ގޮތް ހަދަނީ

ހިޔާ ފުލެޓްތަކުގެ ކޮމާޝަލް އޭރިއާ ވާޗުއަލްކޮށް ބަލާލެވޭ ގޮތް ހަދަނީ

ހުޅުމާލޭގެ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓްތަކުގެ ކޮމާޝަލް އޭރިއާ ވާޗުއަލްކޮށް ބެލޭނެ ގޮތް ހަމަޖައްސާނެ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެޗްޑީސީން މިދިޔަ ޖުލައިމަހު 9 ވަނަ ދުވަހު ވަނީ، ހިޔާ ފްލެޓްތަކުގައި ހުރި ކޮމާޝަލް ޔުނިޓްތައް ބަލަންދާން ބޭނުންވާ ފަރާތްތަކަށް އޯޕަންޑޭއެއް ބޭއްވުމަށް ނިންމައި، ދާން ބޭނުންވާ މީހުން ރަޖިސްޓްރީވާން ހުޅުވާލާފައެވެ. އެގޮތުން މިދިޔަ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ރެޖިސްޓަރވުމަށް ހުޅުވާލިއެވެ. އެޗްޑިސީން ކޮށްފައި...

ޔުމްނާ ޢަލީ
އަތޮޅު ތެރޭގެ ހުރިހާ ސްކޫލެއްގައި ކިޔެވުން ކުރިއަށްދާނެ: އެޑިއުކޭޝަން މިނިސްޓްރީ

އަތޮޅު ތެރޭގެ ހުރިހާ ސްކޫލެއްގައި ކިޔެވުން ކުރިއަށްދާނެ: އެޑިއުކޭޝަން މިނިސްޓްރީ

އަތޮޅު ތެރޭގެ ހުރިހާ ސްކޫލެއްގައި ވެސް ކުރިއެކޭ އެއްގޮތަށް ކިޔަވައިދެމުން ގެންދާނެކަމަށާއި މާލޭގެ ސްކޫލްތައް ދެ ހަފްތާއަށް ބަންދުކުރި ނަމަވެސް އެމުއްދަތުގެ ތެރޭގައި އޮންލައިންކޮށް ކިޔަވައިދޭނެ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ. އެޑިއުކޭޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ސްކޫލްތައް ދެ ހަފްތާއަށް ބަންދު ކުރި ނަމަވެސް ސްކޫލްތަކުގެ ދަރިވަރުންނަށް ސްކޫލަށް ހާޒިރުނުވެ ކިޔެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ސްކޫލްތަކުން އޮންލައ...

އަލީ އާދިލް
ކުޅުދުއްފުށީ ޑރ.މުޙައްމަދު އިބްރާޙީމް އާއި ޢަލީ ރަޝީދު، ސުޕްރީމް ކޯޓަށް އައްޔަނު ކުރަން ޖޭއެސްސީގެ ލަފަޔަށް އެދިއްޖެ

ކުޅުދުއްފުށީ ޑރ.މުޙައްމަދު އިބްރާޙީމް އާއި ޢަލީ ރަޝީދު، ސުޕްރީމް ކޯޓަށް އައްޔަނު ކުރަން ޖޭއެސްސީގެ ލަފަޔަށް އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅެއްގެ ނަމާމެދު މަޝްވަރާ ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުއްވައިފި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، އައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މަޝްވ...

އަލީ އާދިލް
ސަރުކާރުގެ އިދާރާތަކުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހަމަޖައްސަވައިފި

ސަރުކާރުގެ އިދާރާތަކުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހަމަޖައްސަވައިފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހަލުވިކާއެކު ކޮވިޑް-19 ފެތުރެމުންދާތީ، 2020 ވަނަ އަހަރުގެ އޮގަސްޓު 9 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި މިއަހަރު 25 ވަނަ ނަންބަރު ދެންނެވުމުގައެވެ. ކޮވިޑް 19 ކޮންޓްރޯލް ކުރުމަށްޓަކައި ކޮވިޑް-19 ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސ...

އަލީ އާދިލް