މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 97 ވަނަ ޞަފްޙާ

ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން ގަވާއިދުން ކުރިޔަށްދާނެ: ހީނާ

ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުން ގަވާއިދުން ކުރިޔަށްދާނެ: ހީނާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުން، 1 މާރިޗް 2026 އިން ފެށިގެން ކަނޑައަޅުއްވާފައިވާ އުޞޫލުގެ މަތިން ގަވާއިދުން ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނާ ބައްދަލުކުރެއްވުން ކުރިއަށް ގެންދަވާނެ ގޮތާ ބެހޭގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީޑިއާއާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މުހިންމު ނިންމެވުމެއް އިޢުލާނު ކުރައްވާފައެވެ. އެގޮތުން، މީޑިއާތަކަށް ސީދާ ރައީސުލ...

ޔުމްނާ ޢަލީ
ޙައްޖަށް ދިއުމުގައި ރާއްޖެއަށް ދަތިކަމެއް ނެތް، މެއި 15 ގައި ފުރަތަމަ ގްރޫޕް ފުރާނެ: ޝަހީމް

ޙައްޖަށް ދިއުމުގައި ރާއްޖެއަށް ދަތިކަމެއް ނެތް، މެއި 15 ގައި ފުރަތަމަ ގްރޫޕް ފުރާނެ: ޝަހީމް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިވެހި ޙައްޖުވެރިން ޙައްޖުގެ އަޅުކަމަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަގީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ. ވަޒީރު މި ޔަގީންކަން ދެއްވީ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމު...

ޔުމްނާ ޢަލީ
ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް ގެއްލުންވެއްޖެ

ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް ގެއްލުންވެއްޖެ

ކ. ހުރާ ގެގެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެގޭގެ ކޮޓަރިއަކަށް ވަރަށް ބޮޑަށް ރޭ ގެއްލުންވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 12:30 ހާއިރު އެރަށު ”ނޫފަރު” ގޭގެ ކޮޓަރިއެއްގައެވެ. އެގެއިން ”ތިލަދުން” އާއި ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ކޮޓަރީގައި ރޯވި އަލިފާން އާންމުންގެ މަސައްކަތުން ބައި ގަޑިއިރެއްހާ ތެރޭ ވަނީ ނިއްވާލާފައެވެ. ނަމަވެސް އެ ކޮޓަރީގައި ހުރި ސާމާނު އެއްކޮށްހެން އަދައި، ކޮޓަރި ބޭނުންނުކުރެވޭ ވަރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން […]

ޔުމްނާ ޢަލީ
ދަރިވަރަކު ހަމަލާދިނުމުން އަނިޔާވި ބިދޭސީ ޓީޗަރަކަށް ފަރުވާދެނީ

ދަރިވަރަކު ހަމަލާދިނުމުން އަނިޔާވި ބިދޭސީ ޓީޗަރަކަށް ފަރުވާދެނީ

ގދ. އަތޮޅު މަދަރުސާގައި ކިޔަވައިދޭ އިންޑިއާގެ އަންހެން މުދައްރިސަކަށް އެ ސްކޫލުގެ ދަރިވަރަކު ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދޭ ގޮތުގައި، ގދ. އަތޮޅު މަދަރުސާގައި ހިނގި މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 12 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:46 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އެ މަދަރުސާގައި މަސައްކަތްކުރާ އިންޑިއާގެ އަންހެން މުދައްރިސަކަށެވެ. މި ހާދިސާގައި އަނިޔާވި މުދައްރިސަށް އެން...

ޔުމްނާ ޢަލީ
ޝެޑިއުލް ކުރެވިފައިވާގޮތަށް ތެލާއި ގޭހުގެ ޝިޕްމަންޓްތައް ރާއްޖެ އަށް އެބަ ގެނެވޭ: ޒަމީރު

ޝެޑިއުލް ކުރެވިފައިވާގޮތަށް ތެލާއި ގޭހުގެ ޝިޕްމަންޓްތައް ރާއްޖެ އަށް އެބަ ގެނެވޭ: ޒަމީރު

ޝެޑިއުލް ކުރެވިފައިވާ ގޮތަށް އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ބޭނުންވާ ތެލާއި ގޭހުގެ ޝިޕްމަންޓްތައް ލިބެމުންދާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރި...

ޔުމްނާ ޢަލީ
‏ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެ

‏ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެ

ނ. އަތޮޅުގައި އޮންނަ ‏ސޮނެވާ ޖާނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން މިއަދު 16:03 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ‏ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ. ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެއިގެ ކުރިން ފުލުހުން ވެސް ވަނީ މި ހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 202...

ޔުމްނާ ޢަލީ
އެމްޑަބްލިޔުއެސްސީގެ އެމްޑީ މަތީނު ވެސް އިސްތިއުފާ ދެއްވައިފި

އެމްޑަބްލިޔުއެސްސީގެ އެމްޑީ މަތީނު ވެސް އިސްތިއުފާ ދެއްވައިފި

ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީން ވަނީ އޭނާ މަގާމު ދޫކޮށްލެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ސަބަބެއް ވިދާޅެއްނުވެއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވާ ގޮތުގައި މަތީން މިއަދު މަގާމުން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ އިސްތިއުފާ ގަބޫލުކޮށް އޭނާ މިއަދު...

ޔުމްނާ ޢަލީ
ހުއްދަނެތި ފާޑުފާޑުގެ ބޭސް އިމްޕޯރޓްކޮށް، ވިއްކާ އަދި އިޝްތިޙާރުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ

ހުއްދަނެތި ފާޑުފާޑުގެ ބޭސް އިމްޕޯރޓްކޮށް، ވިއްކާ އަދި އިޝްތިޙާރުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ

ހުއްދަ ނެތި އެކި ބާވަތްތަކުގެ ބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކާ އަދި އިޝްތިހާރު ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ. އެ އޮތޯރިޓީން ބުނީ ބޭސް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި، އޮންލައިން ޕްލެޓްފޯމްތަކާއި އާންމު ފިހާރަތަކުގައި ބޭސް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެމްއެފްޑީއޭ އިން ހާމަކުރި ގޮތުގައި، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، މަސްތައް ވަރުގަދަ ކުރުމަށާއި،...

އަލީ އާދިލް
މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ. ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓުން ހުކުމްކުރީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ޣާލިބް […]

ހުސައިން ހަބީބް
ޝީޝާ އަށް 92،000 ރުފިޔާގެ ފޭކް ސްލިޕެއް ފޮނުވި ބިދޭސީމީހާ އިތުރު 15 ދުވަހަށް ބަންދުކޮށްފި

ޝީޝާ އަށް 92،000 ރުފިޔާގެ ފޭކް ސްލިޕެއް ފޮނުވި ބިދޭސީމީހާ އިތުރު 15 ދުވަހަށް ބަންދުކޮށްފި

92،000 ރުފިޔާގެ ފޭކް ސްލިޕެއް ޝީޝާ އަށް ފޮނުވައިގެން ސައިކަލެއް ގަތް ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ، ތަހުގީގުގެ ބޭނުމަށް އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސޮލައިމާން އާމިރުއެވެ. އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު، 92،000 ރުފިޔާގެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން ހުޅުމާލޭގައި ހުންނަ […]

އަލީ އާދިލް
ރައީސް މުޢިއްޒު އަންނަ މަހު ލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަނީ

ރައީސް މުޢިއްޒު އަންނަ މަހު ލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ސްރީލަންކާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ހާމަކޮށްފިއެވެ. ސްރީލަންކާގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅާ ގުޅިގެން، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މަސްޢޫދު އިމާދު އާއި، ސްރީލަންކާގެ ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު ރާމަލިންގަމް ޗަންދުރަސޭކަރު ވަނީ ރަސްމީ ބައްދަލުވުމެއް ބާއްވަވައި، ދެ ޤައ...

ޔުމްނާ ޢަލީ
ގަޕޯގެ އިތުބާރުގެ މައްސަލަ އަނބުރާ ގެންގޮސްފި، އިބްރޭ އާއި މައުރޫފްގެ މަގާމު އިއާދަކޮށްފި

ގަޕޯގެ އިތުބާރުގެ މައްސަލަ އަނބުރާ ގެންގޮސްފި، އިބްރޭ އާއި މައުރޫފްގެ މަގާމު އިއާދަކޮށްފި

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އާ ދެކޮޅަށް ހުށަހަޅާފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަ މިރޭ އަނބުރާ ގެންގޮސްފިއެވެ. މި މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ޕާޓީގެ އެތެރޭގައި އުފެދުނު ނުތަނަވަސްކަމަށް ހައްލެއް ގެނައުމަށް ފަހުގައެވެ. ގަޕޯގެ އިތުބާރުގެ މައްސަލަ އަނބުރާ ގެންދިޔައީ، ކުއްލި ގޮތަކަށް މަގާމުން ވަކިކުރި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) އާއި އެ ޕާޓީގެ […]

އަލީ އާދިލް
ވަގުތީ ޗެއާޕާސަނަށް ލަފާދޭން އެމްޑީޕީން ހާއްސަ ކޮމިޓީއެއް

ވަގުތީ ޗެއާޕާސަނަށް ލަފާދޭން އެމްޑީޕީން ހާއްސަ ކޮމިޓީއެއް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހިންގުމުގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ)އަށް ލަފާދޭނެ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ. މިރޭ ބޭއްވުނު ގައުމީ މަޖިލީހުގެ ކުރު ބައްދަލުވުމެއްގައި އެކުލަވާލި މި ކޮމިޓީގައި، އެ ޕާޓީގެ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، ވަ...

ޔުމްނާ ޢަލީ
ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް އެމެރިކާގެ މަނަވަރުތަކެއް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި

ހަނގުރާމަ ފެށިފަހުން ފުރަތަމަ ފަހަރަށް އެމެރިކާގެ މަނަވަރުތަކެއް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ މަނަވަރުތަކެއް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ތުރުކީގެ އަނަދޯލޫ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމައަށްފަހު، އެމެރިކާގެ ކަނޑުގެ ސިފައިންގެ ބައެއް މަނަވަރުތައް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެމެރިކާގެ ”އެކްސިއޯސް”ގެ ރިޕޯޓަރު ބާރަކް ރަވިޑްއާ ހަވާލާދީ އެމެރިކާގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި...

ނާޒިމާ އަލީ
ރައީސް ޢުމްރާގެ އަޅުކަން ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް ޢުމްރާގެ އަޅުކަން ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ މި ހިނގާ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސުޢޫދުގެ ދަޢުވަތަކަށް ކުރެއ...

އަލީ އާދިލް