މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ޖަޕާނަށް M5.7 ގެ ބިންހެލުމެއް އަތުވެއްޖެ - 29 މިނިޓު ކުރިން

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 960 ވަނަ ޞަފްޙާ

އިންސާނީ އުއްމަތަށް ބޭނުންވާ އެންމެ މުހިއްމު އެއް ބަހާއަކީ އަމާންކަން: އިމްރާން

އިންސާނީ އުއްމަތަށް ބޭނުންވާ އެންމެ މުހިއްމު އެއް ބަހާއަކީ އަމާންކަން: އިމްރާން

އިންސާނީ އުއްމަތަށް ބޭނުންވާ އެންމެ މުހިއްމު އެއް ބަހާއަކީ އަމާންކަން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ހުޅުމާލޭގައި އިއްޔެ ހުޅުވި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންސާނީ އުއްމަތަށް ބޭނުންވާ އެންމެ މުހިއްމު އެއް ބަހާއަކީ އަމާންކަން ކަމަށް ވިދާޅުވެ މިނިސްޓަރު ވިދާޅުވީ، ފުރަތަމަ ސިފައަކީ އިޤްޠިޞާދީ ފުދުންތެރިކަމާއި، ތަނަވަސްކަންކަމަށެވެ. އަދި ދެވަނަ ސިފައަކީ ފުދުންތެރިކަ...

ޔުމްނާ ޢަލީ
ސަޢުދު މާފަށް އެދުމަށް، ސައުދުﷲ ހިލްމީ ގޮވާލަށްވައިފި

ސަޢުދު މާފަށް އެދުމަށް، ސައުދުﷲ ހިލްމީ ގޮވާލަށްވައިފި

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން މަޢާފަށް އެދެން ޖެހޭކަމަށް، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ. ސައުދު ﷲ ވިދާޅުވީ، ވިލިނގިލީ ކޯވިޑް ފެސިލިޓީއަށް އިއްޔެ ގެންދިޔަ ބަލިމީހާއާއި، ބަލިމީހާގެ އެހީތެރިޔާއާއި ގުޅުވައިގެން ސަރުކާރުގެ އަގުވެއްޓޭ ގޮތަށް ސައުދު ދައްކަވާ ވާހަކައަށް މަޢާފަށް އެދެން ޖެހޭ ކަމަށެވެ. “ވިލިގިނގިލި ކޯވިޑް ފެސިލިޓީ ހުރީ ފުރިހަމަޔަށް ތައްޔާރު ވެފައިކަމަށް ވިލިނގިލި ހޮސްޕިޓަލުން ބުނަމުންދާއިރު އެތާ ހުރީ ހަމައެކަނި އެނދެއް ކަމަށް ބުނެ ސަރ...

އަލީ އާދިލް
ގިނަބަޔަކު ޕޮޒިޓިވްވެ، ރާއްޖެ ބިރުވެރި ކަމެއްގެ ތެރެއަށް

ގިނަބަޔަކު ޕޮޒިޓިވްވެ، ރާއްޖެ ބިރުވެރި ކަމެއްގެ ތެރެއަށް

ފާއިތުވެދިޔަ 24 ގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް 199 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 8000 އަށް މިވަނީ އަރާފަ އެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ކޯވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 168 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށާއި ދެން ތިބި 31 މީހުން ޕޮޒިޓިވްވެފައިވަނީ ރާއްޖޭގެ އެކި އަތޮޅުތަކުންނެވެ. މިއަދު ކޯވިޑަށް […]

ޖަލްވާން ޖާދުﷲ
"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން ރައީސް އިފްތިތާހު ކޮށްދެއްވައިފި

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން ރައީސް އިފްތިތާހު ކޮށްދެއްވައިފި

ކޮވިޑާ ދެކޮޅަށް ދިވެހި މީޑިއާއިން ފަށާފައިވާ ގައުމީ ކެމްޕޭން “ކޮވިޑް ހުއްޓުވާނީ އަހަރެން” ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ. މިކެމްޕޭން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، “ކޯވިޑް-19” ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، “ކޯވިޑް ހުއްޓުވާނީ އަހަރެން” މި ނަމުގައި މިއަދު ފެށިގެންދާ ކެމްޕެއިން، އިފްތިތާޙު ކޮށްދިނުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއީ ރާއްޖެ މިހާރު އޮތް ޙާލަތަށ...

އިބްރާހިމް އަސްވާޤް
ހުޅުމާލޭގައި ފުލުހުންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭގައި ފުލުހުންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި

ހުޅުމާލެ ފުލުހުންގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ. މިއަދު ހެނދުނު ހުޅުމާލޭގައި  ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއެވެ. ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވީ މިނިސްޓަރ ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް ދެއްކެވި ވާހަކަފުޅުގައި، ހުޅުމާލޭގައި ފުލުހުންގެ ފުރިހަމަ މަރުކަޒެއް ގާއިމްކުރެވިގެން ދިއުމަކީ ފުލުހުން އަދާކުރަންޖެހޭ މުހިންމު ޒިންމާއަށް...

ޖަލްވާން ޖާދުﷲ
އެމްއެމްޕީއާރްސީ އިން ރާއްޖެ އިސްތިހާރު ކުރުމަށް ޚާއްޞަ ވެބިނާ ސީރީޒެއް

އެމްއެމްޕީއާރްސީ އިން ރާއްޖެ އިސްތިހާރު ކުރުމަށް ޚާއްޞަ ވެބިނާ ސީރީޒެއް

ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލުގެ ގޮތުގައި އިސްތިހާރު ކުރުމަށް ހާއްސަ ވެބިނާ ސީރީޒެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ފަށައިފި އެވެ. ކޯވިޑްގެ މިހާލަތުގައި ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިރުން ގެނެސް، އަލުން އެ ސިނާއަތު ކޮޅަށް ޖެހުމަށް އެ ކުންފުނިން ކުރާ މަސައްކަތްތަކުގެ ތެރެއިން “ރީޑިސްކަވާ މޯލްޑިވްސް ވެބިނާ ސީރީޒް” ގެ ނަމުގައި ކުރިޔަށްގެންދާ މި ކެމްޕެއިން ކުރިއަށް ދާނީ އެންމެ ބޮޑު ޓޫރިސްޓު މާކެޓުތަކުގެ ޓްރެވަލް […]

ޔުމްނާ ޢަލީ
ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި

ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި

‏ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ސެޕްޓެމްބަރު ނިޔަލަށް އިތުރުކޮށްފައިވާ ކުރުން، މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފައި ވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ ގޮތަށް ލުއިދޭން ނިންމި ސަބަބެއް ކަމަށް އެ މިނިސްޓްރީއިން ބުނީ ކޯވިޑް 19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރު ކޮށްފައި ވުމާއެކު، އާއްމު ހާލަތަށް ރުޖޫޢަވުމަށް ވަގުތު ނަގާނެކަމަށް ބެލެވޭތީ ކަމަށެވެ. “ކޯވިޑް 19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާއެކު،...

ޝިއުނާ އާދަމް
ގެސްޓްހައުސްތައް ހުޅުވާލުން ފެށޭމަހު 15 ގައި

ގެސްޓްހައުސްތައް ހުޅުވާލުން ފެށޭމަހު 15 ގައި

ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ހުޅުވަން ހުއްދަ ދޭން ނިންމައިިފި އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ މިފެށޭ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދޭނީ އެރަށެއްގެ ކައުންސިލްގެ ހުއްދަ އާއެކު ކަމަށާއި، އެޗްޕީއޭ އަދި އެޗްއީއޯސީގެ ގައިޑްލައިންތަކަށް ފެތޭނަމަ ކަމަށް […]

ޔުމްނާ ޢަލީ
ކަރަންޓީނު ފެސިލިޓީތަކުން ފިލި ބިދޭސީން ހޯދަން ފޮޓޯ އާންމުކޮށްފި

ކަރަންޓީނު ފެސިލިޓީތަކުން ފިލި ބިދޭސީން ހޯދަން ފޮޓޯ އާންމުކޮށްފި

އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާ ބިދޭސީންތަކެއް ހޯދަން ފޮޓޯ އާންމުކޮށްފިއެވެ. މިގޮތުން ފުލުހުން މިއަދު ވަނީ ކަރަންޓީނު ފެސިލިޓީތަކުން ފިލާފައިވާ11 ބިދޭސީއެއް ހޯދަން ފޮޓޯ އާންމު ކޮށްފައެވެ. “މަތީގައިވާ ފޮޓޯއިން ފެންނަ މީހުންނަކީ، އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާތީއާއި، ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ މީހުންނެވެ.” ފޮޓޯ އާންމު ކުރުމަށްފަހު ފުލުހުން ބުނެފައި ވެއެވެ. ފުލުހ...

ޔުމްނާ ޢަލީ
އީސީއިން އިދިކޮޅު ކޯލިޝަންގެ ބައެއް އިސްބޭފުޅުންނަށް ނަސޭހަތްދީފި

އީސީއިން އިދިކޮޅު ކޯލިޝަންގެ ބައެއް އިސްބޭފުޅުންނަށް ނަސޭހަތްދީފި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިދިކޮޅު “ޕްރޮގްރެސިވް ކޯލިޝަން”ގެ ބައެއް އިސް ބޭފުޅުންނަށް ނަސޭހަތް ދީފިއެވެ. އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއް ބޭފުޅުންނަށް ނަސޭހަތް ދިނީ ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުކޮށްފައި ބައިވެރިވެފައި ވާތީކަމަށެވެ. “ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުކޮށްފައި ބައިވެރިވެފައިވާތީ އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއް ބޭފ...

ޝިއުނާ އާދަމް
ފޯޅަވަހި ކައިރިއަށް 6.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފޯޅަވަހި ކައިރިއަށް 6.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ފޯޅަވަހި ކައިރިއަށް 6.2 މެގްނިޓިއުޓް ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. ބިންހެލުން އައިސްފައިވަނީ އައްޑޫސިޓީ އާއި 501 ކިލޯމީޓަރު ދުރުންކަމަށް އެމެރިކާގެ ޖިއަލޮޖިކަލް ސާވޭއިން ރިޕޯޓްކޮށްފައިވެއެވެ. މިބިންހެލުން އައިސްފައިވަނީ ރާއްޖޭ ގަޑިން މިރޭ 10:24 ގައެވެ. އެމެރިކާގެ ޖިއަލޮޖިކަލް ސާވޭއިން މިބިންހެލުމުގެ ބާރުމިނަކީ 6.2 ކަމަށް ބުނެފައިވީނަމަވެސް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ދެންމެ ބުނެފައިވަނީ  ބިންހެލުމުގެ ބާރުމިނަކީ 5.8 ކަމަށެވެ. އަދި މި ބިންހެލުން އައިސްފައިވަނ...

އިބްރާހިމް އަސްވާޤް

ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ނަޒްމުލް ޙަސަން

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ފަތްކޮޅު އެރުއްވުމަށްފަހު ބަންގްލަދޭޝްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކު...

އިބްރާހިމް އަސްވާޤް
މަޖިލިސްގެ ދައުރު ދަންމާލައިފި

މަޖިލިސްގެ ދައުރު ދަންމާލައިފި

ރައްޔިތުންގެ މަޖިލިސްގެ މިހާރު ހިނގަމުންދާ 2020 ވަނަ އަހަރުގެ ދެވަނަ ދައުރު ދަންމާލަން ފާސްކޮށްފިއެވެ. މަޖިލިސްގެ ދައުރު ދަންމާލަން ފާސްކުރީ ރިއާސަތުގައި އިންނެވި، މަޖިލިސްގެ ނައިބު ރައީސް އެ ގޮތަށް ހުށަހަޅުއްވައިގެންނެވެ. މިރޭ މަޖިލިސްއިން ނިންމި ނިންމުމުގެ ދަށުން މިހާރު ހިނގަމުންދާ މަޖިލިސްގެ ދައުރު ނިންމާ ޖަލްސާ އޮންނާނީ ސެޕްޓެމްބަރު 7 ވާ ހޯމަ ދުވަހުއެވެ. މަޖިލިސްގެ ދައުރު ދަންމާލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރިޔާސަތުން ވިދާޅުވީ، ކޯވިޑްގެ މިހާލަތުގައި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް...

ޔުމްނާ ޢަލީ

ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އަތާރް މުޚްތާރް

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، އެކަމަނިކުފާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި...

ޔުމްނާ ޢަލީ
ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޮހާނާ ބެއްޑާޖު

ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރޮހާނާ ބެއްޑާޖު

ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރޮހާނާ ބެއްޑާޖު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު، ސްރީލަންކާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދ...

ޔުމްނާ ޢަލީ