މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 950 ވަނަ ޞަފްޙާ

ވެސެލް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފި

ވެސެލް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނަށް ހިންގި ވެސެލް ބޯޑު ސަރޗް އެންޑް ސީޒް ޕްރޮގްރާމް ނިންމާލައިފިއެވެ. މިމަހު 13 ން 24 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ހެޑްކްއޯޓަރޒް، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަަޅުއްވާފައި ހުންނަވާ ސަފީރު މިސް ކެއިކޯ ޔަނައީ އެވެ. މިރަސްމިއްޔާތުގައި މިސް ކެއިކޯ ޔަނައީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޗީ...

ޝިއުނާ އާދަމް
ޔައުގޫބުގެ ގޮނޑިއާއި ގުޅޭ ދުސްތޫރީ މައްސަލަ ބަލައިގަންނަން ހުއްދަ ދީފި

ޔައުގޫބުގެ ގޮނޑިއާއި ގުޅޭ ދުސްތޫރީ މައްސަލަ ބަލައިގަންނަން ހުއްދަ ދީފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބަލައިގަންނަން އެ ކޯޓުން ހުއްދަ ދީފިއެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްމެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމަވައި، މި މަހުގެ 16 ވަނަ ދުވަހު ހަލީމް ވިދާޅުވެފައި ވަނީ  ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ […]

އަލީ އާދިލް
އައިޖީއެމްއެޗްގެ ލެބުން "އެއް ލައްކަ ޕީސީއާރް ޓެސްޓު" ހަދައިފި

އައިޖީއެމްއެޗްގެ ލެބުން "އެއް ލައްކަ ޕީސީއާރް ޓެސްޓު" ހަދައިފި

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗު) ގެ ލެބޯރެޓަރީ އިން 100،000 ކޮވިޑް19 ޕީސީއާރް ޓެސްޓު ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އައިޖީއެމްއެޗް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުން ކޯވިޑް ޕީސީއާރް ޓެސްޓުކުރަން ފަށާފައި ވަނީ މިއަހަރުގެ ފެބުރުއަރީ 29 ވަނަ ދުވަހު ކަމަށެވެ. އަދި މާޗު މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ކޮވިޑް19 ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އައިޖީއެމްއެޗްގެ ލެބޯރެޓަރީން […]

އަލީ އާދިލް
މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހު 5 ގައި

މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހު 5 ގައި

ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހު 5 ވާ ހޯމަ ދުވަހު ބޭއްވުމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން ތާވަލް ކޮށްފިއެވެ. ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމަވާލެއްވުމަށްފަހު ރައްޔިތުން މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެގޮތުން ނިމިދިޔަ ދެވަނަ ދައުރުގައި ރައްޔިތުން މަޖިލީހުގެ ޖުމްލަ 37 ޖަލްސާއެއް ވަނީ ބާއްވަވާފައެވެ. އަދި ދެވަނަ ދައުރުގައި ބޭއްވިގެންދިޔަ 37 ޖަލްސާގައި ޖުމްލަ 21 ބިލެއް ވަނީ ފާސްކުރަށްވާފައެވެ. […...

މުޙައްމަދު އިނާން
މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ ވިޔަފާރިވެރިއަކު ޒަހަމް ކޮށްލައިފި

މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ ވިޔަފާރިވެރިއަކު ޒަހަމް ކޮށްލައިފި

މާލޭގައި ތޫނު އެއްޗަކުން ޙަމަލާދީ ވިޔަފާރިވެރިއަކު ޒަޚަމްކޮށްލައިފި އެވެ. މީޑިޔާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ތޫނު އެއްޗަކުން ޙަމަލާ ދީފައިވަނީ ޠޮއިބާ މިސްކިތް ކައިރިން ކަމަށެވެ. ހަމަލާދީފައިވަނީ ހަވީރީ ހިނގުމާއި ޝަހީދުއަލީ ހިނގުމާއި ގުޅުނު ހިސާބުގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ20:45 ހާ އިރު ކަމަށާއި އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދ...

އަލީ އާދިލް
މަހަލްދީބް ފައުންޑޭޝަންއިން އިންޓަރނެޓް ސޭފްޓީއާ ގުޅޭ ވެބިނާރ އެއް ބާއްވަނީ

މަހަލްދީބް ފައުންޑޭޝަންއިން އިންޓަރނެޓް ސޭފްޓީއާ ގުޅޭ ވެބިނާރ އެއް ބާއްވަނީ

މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ބެލެނިވެރިންނަށް ޙާއްސަކޮށްގެން އިންޓަރނެޓް ސޭފްޓީއާ ގުޅުންހުރި ވެބިނާރ އެއް ބޭއްވުމަށް ނިންމައިފިއެވެ. މި ވެބިނާރ ކުރިޔަށްދާނީ 25 ސެޕްޓެމްބަރު ހުކުރު ދުވަހުގެ ރޭ 20:45 އިން 23:00 އަށް ”ތިބާގެ ދަރިފުޅު އިންޓަރނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތުގައިކަން ޔަޤީންތޯ؟“، މި ނަމުގައި ގެންދާ ވެބިނާރ ގައި ބައިވެރި ވުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. މީއީ މުޅިން ހިލޭ ކުރިއަށް ގެންދާ ވެބިނާއެއްކަމަށް އެފަރާތުން ހާމަކުރެއެވެ. މިމިވެބިނާރގައި މަޢުލޫމާތު ދެއްވާނީ ހިރާ ސްކޫލްގެ...

އަލީ އާދިލް
ތިން ޤައުމަކަށް ސަފީރުން އައްޔަންކުރައްވައިފި

ތިން ޤައުމަކަށް ސަފީރުން އައްޔަންކުރައްވައިފި

އިންޑިއާ، އެކުވެރި އަރަބި އިމާރާތް އަދި ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ. މި ތިން ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ދެއްވީ މި ކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށް އައްޔަންކުރެއްވީ ހެންވޭރު ނިޔާސާ ޑޮކްޓަރު ހުސައިން ނިޔާޒެވެ. އެކުވެރި އަރަބި އިމާރާތުގައި...

ޔުމްނާ ޢަލީ
ޕިކަޕެއްގައި އުފުލި ގިނަ ޢަދަދެއްގެ ބަނގުރަލާއިއެކު ބަޔަކު ހައްޔަރުކޮށްފި

ޕިކަޕެއްގައި އުފުލި ގިނަ ޢަދަދެއްގެ ބަނގުރަލާއިއެކު ބަޔަކު ހައްޔަރުކޮށްފި

ޕިކަޕެއް ހުއްޓުވައި، ބަލައި ފާސްކޮށް އެ ޕިކަޕްގައި އުފުލި ގިނަ އަދަދެއްގެ ބަނގުރަލާއި، ބިޔަރާއިއެކު ބަޔަކު ހައްޔަރު ކޮށްފިއެވެ. މިކަމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އެ ތަކެއްޗާއިއެކު ވަނީ 4 މީހަކު ހައްޔަރު ކޮށްފައެވެ. މި މީހުން ހައްޔަރުކޮށް، ޕިކަޕްގައި އުފުލި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައިއެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި، މާލޭ ސިޓީގެ ހަނދުވަރީ ހިނގުމުން ދުއްވާފައ...

ޝިއުނާ އާދަމް
ޕީސީއާރު ޓެސްޓަކުން %200 ފައިދާ ނަގާ، ލެބް ޓެކްނީޝަނުންނަށް ހައްގުވާ މިންވަރުދީ: ބޮންޑޭ

ޕީސީއާރު ޓެސްޓަކުން %200 ފައިދާ ނަގާ، ލެބް ޓެކްނީޝަނުންނަށް ހައްގުވާ މިންވަރުދީ: ބޮންޑޭ

‏ރާއްޖޭގައި ހަދާ ކޯވިޑް ޕީސީއާރު ޓެސްޓެއް، 200 ޕަސެންޓް ފައިދާ ހުރި ވިޔަފާރިއަކަށް ވަނީ ބަދަލުވެފައި ކަމަށާއި، އެ މަސައްކަތުގައި ތިބި ލެބް ޓެކްނީޝަނުންނަށް ހައްގުވާ މިންވަރު ދޭންޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ. ބޮންޑޭ ވިދާޅުވީ 675 ރުފިޔާ ގެ ރޭޓުން ހަދަން ފެއްޓި ކޯވިޑް ޕީސީއާރު ޓެސްޓް 2800 ރުފިޔާ ގެ 200 ޕަސެންޓް ފައިދާ ހުރި ވިޔަފާރިއަކަށް ވަނީ ބަދަލުވެފައި ކަމަށެވެ. “ބަލިމަޑުކަމާ ގުދުރަތީ މުސީބާތުން […]

އަލީ އާދިލް
ހއ. އިން ފ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ

ހއ. އިން ފ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ

ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މެޓް އޮފީހުން ވަނީ މި ސަރަޙައްދުތަކަށް މޫސުން ގޯސްވާނެތީ ހުދު ސަމާލު ނެރެފައި އެވެ. މިރޭ 21:00 އިން މިރޭ މެންދަމުން އަނބުރާ 2:00 އަށް ނެރެފައިވާ ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވައިގަދަވާނެ ކަމަށެވެ. އެ ސަރަޙައްދުތަކަށް […]

ޝިއުނާ އާދަމް
ހަމަހަމަކޮށް ސަރވިސްޗާޖް ބެހުމަށް ލާޒިމްކޮށްފައިވާ ބިލު ތަޞްދީޤު ކުރަށްވައިފި

ހަމަހަމަކޮށް ސަރވިސްޗާޖް ބެހުމަށް ލާޒިމްކޮށްފައިވާ ބިލު ތަޞްދީޤު ކުރަށްވައިފި

ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ހަމަހަމަކޮށް ސަރވިސްޗާޖް ބެހުމަށް ލާޒިމްކޮށްފައިވާ ވަޒީފާއާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 02/2008) އަށް ހަވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޚިދުމަތަކުން، %10 (ދިހައެއް އިންސައްތަ) އަށްވުރެ މަދުނޫން ޢަދަދަކުން ސަރވިސްޗާޖް ނަގަންވާނެއެވެ. އަދި، ފ...

ޔުމްނާ ޢަލީ
އެމްއެޗްޕީޔޫ އާއި ސީއެސްސީ މަޝްވަރާކޮށްފި

އެމްއެޗްޕީޔޫ އާއި ސީއެސްސީ މަޝްވަރާކޮށްފި

ސިއްޙީ ދާއިރާގެ މަސައްކަތްތެރެއިން މަސްލަހަތާއި، ހައްޤުގައި އަދި އިނާޔަތްތައް ކުރިއަރުވައި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔުނިއަން (އެމްއެޗްޕީޔޫ)އިން މިއަދު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމާއި ގުޅިގެން އެމްއެޗްޕީޔޫއިން ބުނެފައި ވަނީ ސިއްހީ ދާއިރާގެ ވަޒީފާގެ އޮނިގަނޑު ނެތުމަކީ، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނުހަނު އަސަރުކުރުވާކަމެއް ކަމަކަށް ވީހިނދު، އުއްމީދަކީ...

ޝިއުނާ އާދަމް
ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނާއި އެޗްޑީސީ އެއްކޮށްލައިފި

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯނާއި އެޗްޑީސީ އެއްކޮށްލައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީއާއި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޖީ.އެމް.އައި.ޒެޑް.އެލް އެއްކޮށްލުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި 2 ކުންފުނި އެއްކޮށްލުމަށް ސަރުކާރުން ނިންމަވާފައިވަނީ މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާތަކަށް ރިޢާޔަތްކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްޤީކުރަން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައެވެ. ޖީ.އެމް.އައި.ޒެޑް.އ...

ޔުމްނާ ޢަލީ
މޫސުން ގޯސް، ހއ. އިން ދ. އަތޮޅަށް ހުދު ސަމާލު

މޫސުން ގޯސް، ހއ. އިން ދ. އަތޮޅަށް ހުދު ސަމާލު

މޫސުން ގޯސްވެ ވައިބާރު ވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މިގޮތުން މޫސުމާއި ބެހޭ ޤައުމީ އިދާރާގެ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ހުރިހާ ސަރަހައްދަކަށެވެ. މިއަދު ހެނދުނު 10:30 އިން ހަވީރުގެ 16:30 އަށް ނެރެފައިވާ ހުދު ސަމާލްގައި ބުނެފައިވަނީ، ސަމާލުގެ ވަގުތުގައި އެސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވައިގަދަވާނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި […]

ޖަލްވާން ޖާދުﷲ
ލޯކަލް އަދި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކޮށްފި

ލޯކަލް އަދި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކޮށްފި

ލޯކަލް އަދި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކުން ނަގާ ކުލި މާލެ ސިޓީ ކައުންސިލުން ކުޑަ ކޮށްފި އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މާރުކޭޓު ގޮޅިތަކުގެ ކުލި ކުޑަކުރަން ނިންމީ ކޮވިޑް19އާ ގުޅިގެން މާލީ ގޮތުންނާއި އިގްތިސާދީ ގޮތުން އާންމުންނަށް ހީނަރުކަމެއް ކުރިމަތިވެފައި ވާތީ ކަމަށެވެ. މި ދެ މާރުކޭޓުގެ ގިޅިތަކުގެ އަގު ސިޓީ ކައުންސިލުން ކުޑަކޮށްފައި ވަނީ 2000 ރުފިޔާއަށެވެ. ދަތުރުވެރިންގެ މާރުކޭޓުގައި ހުންނަ ގޮޅިތަކުން ކުލީގެ ގޮތުގައި ނަގަމުން އައީ މަހަކު 3،000 ރުފިޔާ […]

ޔުމްނާ ޢަލީ