މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ބެލެނިވެރިންނަށް ޙާއްސަކޮށްގެން އިންޓަރނެޓް ސޭފްޓީއާ ގުޅުންހުރި ވެބިނާރ އެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ވެބިނާރ ކުރިޔަށްދާނީ 25 ސެޕްޓެމްބަރު ހުކުރު ދުވަހުގެ ރޭ 20:45 އިން 23:00 އަށް ”ތިބާގެ ދަރިފުޅު އިންޓަރނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތުގައިކަން ޔަޤީންތޯ؟“، މި ނަމުގައި ގެންދާ ވެބިނާރ ގައި ބައިވެރި ވުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. މީއީ މުޅިން ހިލޭ ކުރިއަށް ގެންދާ ވެބިނާއެއްކަމަށް އެފަރާތުން ހާމަކުރެއެވެ.

Ad
rt

މިމިވެބިނާރގައި މަޢުލޫމާތު ދެއްވާނީ ހިރާ ސްކޫލްގެ ބޯޑް މެމްބަރ އަލްއުސްތާޛް މުޙައްމަދް އަނީލް އާއި އެމްއާރްއީއައިސީގެ ޖެނެރަލް މެނޭޖަރ އަހްމަދް ނަސީމްއެވެ.

އުސްތާޛް އަނީލްއަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ ދާއިރާއިން 100 އަށްވުރެ ގިނަ ސެޝަން ނަންގަވާދެއްވާފައިވާ ބޭފުޅެކެވެ. އަދި އަޙްމަދު ނަސީމް އަކީ ނެޓްވަރކިންގ ގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

މި ވެބިނާރގައި އިންޓަރނެޓް ބޭނުން ރައްކާތެރިގޮތުގައި ހިފުމުގެ މުހިންމުކަމާއި، އިންޓަރނެޓުން ކުދިންނަށް ފޯރާފާނެ ނޭދެވޭ އަސަރުތަކާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން މުޖްރިމުން ހިންގާ ބައެއް ނޭދެވޭ ކަންކަމުގެ މަޢުލޫމާތާއި، ދަރިން އިންޓަނެޓް ބޭނުންކުރަނީ ރައްކާތެރި ގޮތުގައި ކަން ކަށަވަރުކުރުމަށް ބޭނުންކުރެވިދާނެ ބައެއް ޓޫލްތަކާ ގުޅޭ މަޢުލޫމާތަށް އަލި އަޅުވައިލެވޭނެއެވެ.

ވެބިނާރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް https://forms.gle/XYKirTyAeJN3rYnU9 މިލިންކް މެދުވެރިކޮށް ނަންނޯޓު ކުރެވޭނެ ކަމަށް މަހަލްދީބް ފައުންޑޭޝަނުން ހާމަކުރެއެވެ.

ރެޖިސްޓްރޭޝަން ފޯމް