ކުޑަކުދިން ތަކަކަށް ހަމަލާދީފައި ސުވަރުގެ ނުވަދެވޭނެ: މަޙްލޫފް
ކުޑަކުދިން ތަކަކަށް ހަމަލާދީފައި ސުވަރުގެ ނުވަދެވޭނެ ކަމަށް ޒުވާނުންނާއި، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ. މަޙްލޫފް މިހެން ވިދާޅުވީ، ތ. ތިމަރަފުށީގެ ދަރިވަރުންތަކެއް އޯލެވެލް އިމްތިޙާން ހަދަމުންދިޔަ ތަނެއް ގޮއްވާލަން 8 މީހަކު އުޅުނުކަމަށް މިއަދު ފުލުހުން އާންމުކުރެއްވި މައުލޫމާތާއި ގުޅިގެން މީޑިއާއަކުން ގެނެސްދީފައިވާ ޚަބަރެއް މީސް މީޑިއާގައި ހިއްސާ ކުރަށްވަމުންނެވެ. މަޙްލޫފް ވަނީ ޒުވާނުންގެ ސިކުނޑިތައް ދޮވެލަން ޖާގަ ނުދެއްވުމަށް ގޮވާލަށްވާފަ އެވެ. “އެއީ ބައެއްގެ ވިޔަފާރި،...