އިލްޒާމް އަޅުވައި އަދަބުދޭން އުޅެނީ އަސާސެއްނެތް ކަމެއްގައި: މަލީހް
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ އެއްވެސް އަސާސެއްނެތް ކަމެއްގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން މިއަދުއެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވަނީ އެކަން ކަށަވަރު ކޮށްދެއްފަ އެވެ. އެ ޓްވީޓްގައި އޭނާ ވ...