މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ސޮލޮމަން ރަށްތަކަށް M5.2 ގެ ބިންހެލުމެއް އަތުވެއްޖެ - 17 މިނިޓު ކުރިން

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 874 ވަނަ ޞަފްޙާ

އަންގާރަ ދުވަހުން ފެށިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ!

އަންގާރަ ދުވަހުން ފެށިގެން ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާ!

ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއެކު، އަތޮޅުތަކުގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދަން ނޫނީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފިއެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިއަދު ނެރުއްވި އެންގުމުގައި ވަނީ ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މާލެ ސަރަޙައްދުގައި ހިމެނޭ މާލެ، ވިލިނގިލި، ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި […]

ޔުމްނާ ޢަލީ
އިންޓަނެޓްގެ އަގު ހެޔޮވުމާ ގުޅޭގޮތުން ދައުރުވަނީ އެންމެ ސައްހަ ޚަބަރެއް ނޫން: ފައްޔާޒް

އިންޓަނެޓްގެ އަގު ހެޔޮވުމާ ގުޅޭގޮތުން ދައުރުވަނީ އެންމެ ސައްހަ ޚަބަރެއް ނޫން: ފައްޔާޒް

ރާއްޖޭގައި އިންޓަނެޓްގެ އަގު ހެޔޮ ކުރުމާ ބެހޭ ގޮތުން މީޑިއާގައި ދައުރުވަނީ އެންމެ ސައްހަ ޚަބަރު ނޫންކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. އަންނަ ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ނިންމާފައި ވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ރޭ ވަނީ ޚަބަރު ފަތުރާފައެވެ. އެ ޚަބަރަށް އިޝާރާތް ކުރަށްވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އިންޓަނެޓްގެ އަގާމެދު ދައުރުވަމުން […]

ޝިއުނާ އާދަމް
ކޯވިޑް ބަލީގައި 39 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 39 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 39 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލި ޖެހިގެން ނިޔާވި 74 ވަނަ މީހާއެވެ. ރާއްޖޭގެ ކޯވިޑް ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށެވެ. މިއަދު ވެސް ވަނީ ރާއްޖެއިން 402 މީހަކު މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެ ޕޮޒިޓިވްވީ 465 މީހުންނެވެ. އޭގެ ކުރީ ދުވަހު 318 މީހުންނެވެ. މިވަގުތު ރާއްޖޭގައި […]

ޝިއުނާ އާދަމް
ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ހައްގުވެރިފަރާތަކީ މަސައްކަތްތެރިން: އެމްއެލްއެސްޑީޕީ

ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ހައްގުވެރިފަރާތަކީ މަސައްކަތްތެރިން: އެމްއެލްއެސްޑީޕީ

ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަމުގެ ހައްގުވެރިފަރާތަކީ ރާއްޖޭގަައި ބުރަކޮށް މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގެއްކަމަށާއި އަދި އަންނަން އޮތް ޖީލުތަކަށް އެހައްގު ފޯރުކޮށްދޭން ޖެހޭނެކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ބުނެފިއެވެ. ރޭ އެމްއެލްއެސްޑީޕީ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ބޭރުގެ އިންވެސްޓަރުން ދިވެހިރާއްޖެއަށް ކުރާ އިންވެސްޓްތަކުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް އެކަށީގެންވާ ފައިދާއެއް ލިބޭތޯއާއި އެކަމުގެ ސަބަބުން ދިވެހި...

އައިޝަތު އިލްމާ އަދުނާން
މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުން: ރައީސް

މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުން: ރައީސް

މަސައްކަތްތެރިންނަކީ، އެ ޤައުމެއްގެ ތަރައްޤީގެ ތަޞައްވުރުތައް ޙަޤީޤަތަކަށް ހަދައިދޭ މީހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. މީގެ އިތުރުން މިއަދުގެ ޚިޠާބުގައި ރައީސް ވަނީ ޤައުމުގެ ތަރައްޤީއަށް މަސައްކަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. ރައީސް ޚިޠާބުގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ވަޒީފާ...

އާއިޝަތު ރަފާހް ޢަލީ
އެމްއެމްސީއަށް އިޤްނާޛު އިންތިޙާބު ވެއްޖެ

އެމްއެމްސީއަށް އިޤްނާޛު އިންތިޙާބު ވެއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މުޙައްމަދު އިޤްނާޛު ޢަލީ އިންތިޚާބު ވެއްޖެ އެވެ. ވެލާނާގޭގައި މިއަދު ކުރިއަށް ދިޔަ އެ އިންތިޚާބުގައި، އެމްއެމްސީގެ ހުސްވެފައިވާ ގޮނޑިއަށް އިޤްނާޛު އިންތިހާބުވެފައިވަނީ “ފެށުން” ގެ ފަރާތުންނެވެ. އިޤްނާޛު އާއި ވާދަކުރީ “އެޓޯލް ނިއުސް”ގެ އިބްރާހީމް ރަމީޒުއެވެ. އިޤްނާޛުއަށް 36 ވޯޓްލިބިފައިވެ އެވެ. އިބްރާހީމް ރަމީޒުއަށް ލިބިފައިވަނީ 1 ވޯޓެވެ. މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮނ...

އިބްރާހިމް އަސްވާޤް
ރާއްޖެ ސަރަހައްދުން ބޭރުގެ ފަސް ބޯޓެއް އަތުލައި، ސިފައިންގެ ބެލުމުގެ ދަށަށް!

ރާއްޖެ ސަރަހައްދުން ބޭރުގެ ފަސް ބޯޓެއް އަތުލައި، ސިފައިންގެ ބެލުމުގެ ދަށަށް!

ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ފަސް މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑް އަތުލައިގެންފި އެވެ. އެ މަސްބޯޓުތައް ރާއްޖެ ސަރަޙައްދަުގައި ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ރާއްޖޭގެ އީއީޒެޑް ސަރަޙައްދު ޕެޓްރޯލް ކުރަމުންދަނިކޮށެވެ. މިގޮތުން އެ ބޯޓުތައް އަތުލީ، މ. އަތޮޅާއި ވ. އަތޮޅާ ދިމާ އިރުން އީއީޒެޑްގެ 30 ނޯޓިކަލް މޭލު އެތެރެއިން ނެވެ. މި ބޯޓްތައް އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށް ފެނުނުއިރު ބޯޓްތައް […]

ޝިއުނާ އާދަމް
ފަތުރުވެރިކަމުގެ ދާއިރާގެ އެންމެނަށް ވެކްސިން ދޭން ކެމްޕޭނެއް

ފަތުރުވެރިކަމުގެ ދާއިރާގެ އެންމެނަށް ވެކްސިން ދޭން ކެމްޕޭނެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެންމެނަށް ވެސްކްސިން ދިނުމަށް “އައި އެމް ވެކްސިނޭޓެޑް” ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރތޮއްޔިބު މުހައްމަދުއެވެ. އެމްއެމްއެމް ޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފެށި މި ކެމްޕޭނުގެ ދަށުން ރާއްޖެއަކީ ދުނިޔޭގެ ފުރަތަމަ “ފުލީ ވެކްސިނޭޓެޑް” މަންޒިލަށް ހަދަން މަސައްކަތްކުރެވޭނެ ކަމަ...

އަޙްމަދު ވަހީދު
އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން އިން ރޭ ބޭއްވި މުޒާހަރާ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ. ފުލުހުން ވިދާޅުވި ގޮތުގައި މުޒާހަރާ އިން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި އެ އެންމެން ދޫކޮށްލި ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އެމީހުން ހައްޔަރުކުރީ ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ގިނަ މީހުން އެއްވެ އުޅުމުންނެވެ. މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައި އިދިކޮޅު ލީޑަރު، […]

އަލީ އާދިލް
ޓްރެފިކްކުރަން ރޭވުމާއި، އަމުރުކުރުމަކީ ކުށެއްކަމުގައި ބަޔާންކުރާ ބިލު ތަޞްދީޤުކުރައްވައިފި

ޓްރެފިކްކުރަން ރޭވުމާއި، އަމުރުކުރުމަކީ ކުށެއްކަމުގައި ބަޔާންކުރާ ބިލު ތަޞްދީޤުކުރައްވައިފި

ބޮޑެތި މީހުންކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ އަމުރު ކުރުމަކީ ކުށެއްކަމުގައި ބަޔާންކުރާ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުއަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލުގެ ޒަރިއާއިން މި ގެންނެވި އިޞްލާޙުގައި މީހުން ޓްރެފިކުކުރުން ކަމުގައި ބެލެވޭ ކަންކަން ވަނީ މި ޤާނޫނުގެ 12 ވަނަ މާއްދާގައި ތަފްޞީލުކޮށް ބަޔާންކޮށްދީފައެވެ. މި ޤާނޫނުގެ 14 ވަނަ މާއްދާގައި ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަން...

އާއިޝަތު ރަފާހް ޢަލީ
ހޮނޑާފުށިން ދައްކަން ޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިން ގޮތް ސާފުކޮށްދޭން އެދެފި

ހޮނޑާފުށިން ދައްކަން ޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިން ގޮތް ސާފުކޮށްދޭން އެދެފި

ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ހޮނޑާފުށި އައިލެންޑް ރިސޯޓްގެ އިތުރުން އަދި އެ ބޭފުޅާގެ މަސްލަގަތު އޮންނަ އިތުރު ދެ ރިސޯޓަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާތަކެއް ދެއްކުން ފަސްކޮށްދިން ގޮތް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އުޝާމް ވިދާޅުވެއްޖެއެވެ. 2019 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ރިސޯޓް ހިންގުމުގެ ހުއްދަ ބާތިލް ކޮށްފައިވާ ހަ […]

އިބްރާހިމް ޚަލީލް
މާލޭ ރައްޔިތުންގެ ހިޔާލު ނުހޯދާ މަގުތަކަށް ވެހިކަލް އިތުރުވާ ގޮތަށް ނުނިންމުމަށް މުޢިއްޒު އެދިވަޑައިގެންފި

މާލޭ ރައްޔިތުންގެ ހިޔާލު ނުހޯދާ މަގުތަކަށް ވެހިކަލް އިތުރުވާ ގޮތަށް ނުނިންމުމަށް މުޢިއްޒު އެދިވަޑައިގެންފި

މާލޭ ސިޓީގެ ރައްޔިތުންގެ ހިޔާލާއި، މަޝްވަރާ ނުހޯދާ މާލޭގެ މަގުތަކަށް ވެހިކަލްތައް އިތުރުވާނެ ގޮތަށް ކަންކަން ނުނިންމުމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ޓެގް ކުރަށްވާ ކުރެއްވި ޓްވީޓެއްގަ އެވެ. ޑރ. މުޢިއްޒު ވިދާޅުވީ، މާލޭ ސިޓީގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއިނުލައި، އެއްވެސް ހިފެހެއްޓުމެއްނެތި މާލޭ ސިޓީގެ މަގުތައް މައްޗަށް ވެހިކަލްތައް އިތުރުވާނެ ގޮތަށް އެއްވެސް ޤާނޫނެއް، ޤަވާޢިދެއް އިސްލާޙް ނުކުރ...

އަލީ އާދިލް
ތަރާވީހްގައި ތިއްބާ ވަގަށް ނެގި ފަންޑް ފޮށި ފެނުނީ އެއްލާލާފައި އޮއްވާ!

ތަރާވީހްގައި ތިއްބާ ވަގަށް ނެގި ފަންޑް ފޮށި ފެނުނީ އެއްލާލާފައި އޮއްވާ!

އދ. ދަނގެތީގައި ތަރާވީހް ނަމާދު ކުރަމުން ދަނިކޮށް މިސްކިތުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި ފަންޑުފޮށި އެރަށު ގޯއްޗެއްގެ ތެރެއަށް އެއްލާލާފައި އޮށްވާ ފެނިއްޖެއެވެ. ދަނގެތި މިސްކިތުގައި ބަހައްޓާފައިހުރި ފަންޑު ފޮށްޓެއް ވަގަށް ނަގާފައިވާކަމުގެ މައުލޫމާތު ރޭ 21:15 ހައިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަ ކުރަށްވާފަ އެވެ. ދަނގެތީ މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑް ފޮށްޓަކީ އެ ރަށު ޖަމިއްޔާތަކާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާއި ގުޅިގެން ފަގީރުންނަށް އެހީވުމަށާއި ސަދަ...

އަލީ އާދިލް
އޭދަފުށީގެ ކޯވިޑް ހާލަތު ގޯސް، މާދަމާ ރެންޑަމް ސާމްޕަލް ނަގަނީ!

އޭދަފުށީގެ ކޯވިޑް ހާލަތު ގޯސް، މާދަމާ ރެންޑަމް ސާމްޕަލް ނަގަނީ!

ބ. އޭދަފުށިން މިހާތަނަށް 109 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައި ވުމާއެކު، އެރަށުގެ ކޯވިޑްގެ ހާލަތު ވަޒަންކުރަން މާދަމާ ރެންޑަމް ސާމްޕަލް ނަގަން ނިންމައިފިއެވެ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްއިން ވިދާޅުވީ، އެރަށުގައި ޕޮޒިޓިވްކޭސްތައް އިތުރުވެ ރަށުގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ، މާދާމާ އެ ހޮސްޕިޓަލްގައި ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް ގެންދަން ނިންމާފަވާ ކަމަށެވެ. ރެންޑަމް ސާމްޕަލް ނެގުން އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ މާދާމާ ހެނދުނު 10:00 އިން މެންދުރު […]

ޔުމްނާ ޢަލީ
ފުލުސް އިސްތިއުނާފް ކޮމިޓީއަށް 5 ބޭފުޅުން އައްޔަންކޮށްފި

ފުލުސް އިސްތިއުނާފް ކޮމިޓީއަށް 5 ބޭފުޅުން އައްޔަންކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާ “އިސްތިއުނާފު ކޮމިޓީ” އެކުލަވާލައްވައި، އެ ކޮމިޓީއަށް 5 ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ 89 ވަނަ މާއްދާގެ (ހ)ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ “އިސްތިއުނާފު ކޮމިޓީއަށް” ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަސް ބޭފުޅުން އައްޔަނު ކުރަށްވައިފިކަން ހޯމް މިނިސްޓްރީއިން މިއަދު ވަނީ ހާމަކުރަށްވާފަ އެވެ. އިސްތިއުނާފް ކޮމިޓީއަށް އައްޔަންކުރެއްވި 5 ބޭފުޅުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރޓ) މުހައްމަދު ސޯދިގު،...

އާއިޝަތު ރަފާހް ޢަލީ