މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 867 ވަނަ ޞަފްޙާ

ކޯވިޑް ބަލީގައި ދޮށީ އުމުރު މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި ދޮށީ އުމުރު މީހަކު ނިޔާވެއްޖެ

ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އެއީ އުމުރުން 70 އަހަރުގެ މީހެކެވެ. އެމިހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ މއަދުގެ ހަވީރު 18:00 ގައެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ މިހާރު ވަނީ 101 އަށް އަރާފަ އެވެ. ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކްޓިވް […]

ޖަލްވާން ޖާދުﷲ
ހާލަތު ގޯސްވެދާނެތީ ގުރައިދޫ ހާސްކަމެއްގައި

ހާލަތު ގޯސްވެދާނެތީ ގުރައިދޫ ހާސްކަމެއްގައި

ކޯވިޑް-19ގެ ހާލަތު ތ. ގުރައިދޫގައި އިތުރަށް ގޯސްވެދާނެތީ އެރަށުގެ ބައެއް މީހުންގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. ގުރައިދޫން ފުރަތަމަ މީހެއް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މާލެ ދަތުރުކުރާ ބޯޓެއްގަ އުޅޭ ބަންގްލަދޭޝް މީހެކެވެ. ލ. އަތޮޅަށް ދަތުރުކުރުމަށްފަހު އެރަށަށްދިޔަ އެއް ގެއެއެއްގެ 5 މީހަކު ވެސް އެމީހާއާއި އެއްދުވަހު ޕޮޒިޓިވްވިއެވެ. އެމީހުން ޕޮޒިޓިވްވީ ރޯދަމަހުގެ ފަހު ހަފުތާގައެވެ. ގުރައިދޫ ސިއްހީ މަރުކަޒުން އާންމު ކުރިމައުލޫމާތަށް ބަލާއިރު އެރަށުން މިހާތަނަށް ނެގުނު 69 ސާމްޕަލްގެ ތެރެއިން 30 ސާ...

ޔުމްނާ ޢަލީ
އާ ކައުންސިލަރުން މަގާމްގެ ހުވާ ކުރައްވައިފި

އާ ކައުންސިލަރުން މަގާމްގެ ހުވާ ކުރައްވައިފި

ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރައްވައިފި އެވެ. މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށް ދިޔަ ރަސްމިއްޔާތުތަކުގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، މެންބަރުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި، މެންބަރުންވަނީ ހުވާކޮށްފަ އެވެ. ކައުންސިލަރުން ހުވާކުރުމުގެ އިތުރުން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުނަށް މަގާމުގެ ލިޔުން ހަވާލު ކުރުން ވެސް މިއަދު އޮތެވެ. ގިނަ ކައުންސިލަރުން ހުވާ ކުރެއްވީ އޮންލައިން ކޮށެވެ. ނަމަވެސް މަދު ރަށްރަށުގ...

ޔުމްނާ ޢަލީ
ކޯވިޑް ބަލީގައި އަނެއްކާވެސް މީހަކު ނިޔާވެއްޖެ، ޢަދަދު 99 އަށް!

ކޯވިޑް ބަލީގައި އަނެއްކާވެސް މީހަކު ނިޔާވެއްޖެ، ޢަދަދު 99 އަށް!

ކޯވިޑް-19 ބަލީގައި އަނެއްކާ ވެސް ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވީ 64 އަހަރުގެ ފިރިހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އޭނާ ނިޔާވީ މިރޭ މެންދަމު 12:14 ގައެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލް ޑީއެޗް11ގައި ފަރުވާއަށް އެޑްމިޓްކޮށްފައި އޮތް މީހެކެވެ. މިއީ މިބަލީގައި މިއަދު ނިޔާވި 5 ވަނަ މީހާ އެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 99 އަށް އަރައިފަ އެވެ. މިއަދު މިބަލީގައި އިތުރު 4 […]

ޝިއުނާ އާދަމް
ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި އެއީ އުމުރުން 80 އަހަރުގެ މީހެކެވެ. އެމިހާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ދިވެހި އަންހެނެކެވެ. މިއީ މިބަލީގައި މިއަދު ނިޔާވި ހަތަރު ވަނަ މީހާ އެވެ. އަދި ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ ވަނީ 98 އަށް އަރައިފަ އެވެ. މިއަދު ކުރިން ނިޔާވި ތިން މީހުންނަކީ ވެސް ހުޅުމާލޭ މެޑިކަލް […]

ޔުމްނާ ޢަލީ
ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ހާއްސަ ހަރަކާތެއް

ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ހާއްސަ ހަރަކާތެއް

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ އުދުވާނާއި ގުޅިގެން، ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މި ހަރަކާތަކީ، ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. ރާއްޖޭއަށް މި ދަނޑިވަޅުގައި ކުރިމަތިވެފަ ކޯވިޑްގެ ނުރައްކާތެރި ހާލަތުގެ ސަބަބުން މިޙަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފަ ވަނީ ގޭތަކުގެ ބެލްކަނީގައި ތިބެގެންނެވެ. މިޙަރަކާތް ރާވާ އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، މިޙަރަކާތުގައި ބައި...

Thiladhun
ސޯދުބެ ޕޮޒިޓިވްވެ، ފަރުވާ ދެނީ

ސޯދުބެ ޕޮޒިޓިވްވެ، ފަރުވާ ދެނީ

ދިވެހި ބަހުގެ އުސްތާޒު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ލިބިވަޑައިގެންފައިވާ އަބްދުﷲ ސޯދިގު(ސޯދުބެ) ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އުމުރުފުޅުން 86 އަހަރުވެފައިވާ ސޯދުބެ، ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ. ސޯދުބެގެ އާއިލާއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފަވާގޮތުގައި، ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ހާލު ސީރިއަސް ވެގެން ނޫނެވެ. އަދި ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ކުއްލި އަކަށް ބަލި ބޮޑުވެދާނެ ކަމަށްޓަކައި...

ޔުމްނާ ޢަލީ
އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

އެލްޖީއޭގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. މި ފުރުޞަތަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މޭ 23 އަދި 24 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް އެ އޮފީހުން ވިދާޅުވެއެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ ގޮތްވަނީ ހަމަޖ...

ޔުމްނާ ޢަލީ
ކޮވިޑް ބަލީގައި 30 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި 30 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޮވިޑް19 އަށް ފަރުވާހޯދަމުންދިޔަ 30 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ޒުވާނާ ނިޔާވެފައިވަނީ ރޭފަތިހު 4:30 ގައި ކަމަށެވެ. މިއީ ދެ ދަރިންގެ މަންމައެކެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 96 ވަނަ މީހާއެވެ. މިޒުވާނާގެ އިތުރުން 81 އަހަރުގެ ފިރިހެނަކުވެސް ހަމަ އެހޮސްޕިޓަލުގައި ރޭ ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެމީހާ ނިޔާވެފައިވަނީ ރޭ 2:38 ގައެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ. އި...

އިބްރާހިމް އަސްވާޤް
ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށް ރަށަށް ދަތުރު ނުކުރެވޭ މުއްދަތު އިތުރުކޮށްފި

ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށް ރަށަށް ދަތުރު ނުކުރެވޭ މުއްދަތު އިތުރުކޮށްފި

ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި ވުމާއެކު، އަތޮޅުތަކުގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދަން ނޫނީ މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައޮތް އޮތުން އިތުރު 14 ދުވަހަށް ދަންމާލައިފިއެވެ. ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި މެނުވީ، މާލެ ސަރަޙައްދުގައި ހިމެނޭ މާލެ، ވިލިނގިލި، ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ފިޔަވައި، މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ […]

އައިޝަތު އިލްމާ އަދުނާން
ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބުނު އަނިޔާ ފެންނަ ފޮޓޯތަކެއް މަޖިލީހުން އާއްމުކޮށްފި

ރައީސް ނަޝީދުގެ ހަށިކޮޅަށް ލިބުނު އަނިޔާ ފެންނަ ފޮޓޯތަކެއް މަޖިލީހުން އާއްމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ އަނިޔާތައް ދައްކައިދޭ ފޮޓޯތަކެއް ރައްޔިތުންގެ މަޖިލީހުން އާއްމު ކޮށްފިއެވެ. މަޖިލީހުގެ ރަސްމީ ޓުވިޓަރ މެދުވެރިކޮށް މި ފޮޓޯތައް އާއްމު ކުރަމުން ވިދާޅުވެފައި ވަނީ މިފޮޓޯތައް އާންމުކޮށްފައިވަނީ އެމަނިކުިފާނުގެ އިޒުނަފުޅާއެކު ކަމަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން މަޖީދީ މަގަށް ނުކުމެވަ...

ޔުމްނާ ޢަލީ
ތޫފާން "ޓައުޓޭ" ތުރާކުނުގެ އުތުރުން 400 މޭލު ބޭރުން ދަތުރުކުރަނީ ރާއްޖެއާ ދުރަށް!

ތޫފާން "ޓައުޓޭ" ތުރާކުނުގެ އުތުރުން 400 މޭލު ބޭރުން ދަތުރުކުރަނީ ރާއްޖެއާ ދުރަށް!

އިރުދެކުނު އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަ ތޫފާނަކަށް ބަދަލުވެއްޖެ އެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ “ޓައުޓޭ” އެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވިދާޅުވީ، މި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށެވެ. މިއަދު ފަތިހު 5:00 ގައި ތޫފާން ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއްވަ އެވެ. ތޫފާނާ ގުޅިގެން […]

ޙުސައިން ޝަހުދީ
ކަރަންޓީނު މުއްދަތަށް ބަދަލު ގެނެސްފައިވާތީ ލަންކާއަށް ދަތުރުކުރާނަމަ ސަމާލުވާން އެދެފި

ކަރަންޓީނު މުއްދަތަށް ބަދަލު ގެނެސްފައިވާތީ ލަންކާއަށް ދަތުރުކުރާނަމަ ސަމާލުވާން އެދެފި

ސްރީލަންކާގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، އެގަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ކަރަންޓީން އުސޫލަށް ބަދަލުގެނަސްފައިވާތީ އެކަމަށް ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އެދިއްޖެއެވެ. މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް ދަތުރުކުރާ ފަރާތްތައް، ލަންކާ ސަރުކާރުން ކަނޑައަޅާ ކަރަންޓީން ހޮޓަލެއް ނުވަތަ ކަރަންޓީން ސެންޓަރެއް، ނުވަތަ ރައްކާތެރިކަމަށް ކަނޑައެޅިފައިވާ ލެވެލް 1ގެ ހޮޓަލެއްގައި 14 ދުވަހު ކަރަންޓީންވާންޖެހޭނެ ކަމަށް ލަންކާ ސަރުކާރުންފަވާކަމަ...

އައިޝަތު އިލްމާ އަދުނާން
ކޯވިޑް ޖެހޭ ކުޑަކުދިން ގިނަވިޔަސް އަދި ނުރައްކާވާތަނެއް ނުފެނޭ: ޑރ.ފައިސަލް

ކޯވިޑް ޖެހޭ ކުޑަކުދިން ގިނަވިޔަސް އަދި ނުރައްކާވާތަނެއް ނުފެނޭ: ޑރ.ފައިސަލް

ކޯވިޑް-19 ޖެހޭ ކުޑަކުދިން ގިނަވިޔަސް އަދި ނުރައްްކާވާތަނެއް ނުފެންނަ ކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ކޯވިޑް ޖެހޭ ކުޑަކުދިންނަށް ފަރުވާ ދޭނީ، ހުމާއި ރޯގާ އަދި ބޭރަށް ހިންގުން ޖެހުމުން ވެސް ކަންތައްކުރާ ގޮތަށް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި ފަރުވާދޭނި ކޯވިޑް ޖެހޭ ކުއްޖާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ކަމަށް ވެސް ވިދާޅުވިއެވެ. https://twitter.com/Faisalnaifaru/status/1392881787412488192?s=19 ޑރ. ފައިސަލް މި މައުލޫމާތު ހިއްސާ ކުރެއްވީ، ކުރެއްވި ޓުވީޓެއްގައެވެ. އިތުރު ޓްވީޓްތ...

އައިޝަތު އިލްމާ އަދުނާން
ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ ޢަދަދު 4 އަށް!

ކޯވިޑް ބަލީގައި މިއަދު ނިޔާވި މީހުންގެ ޢަދަދު 4 އަށް!

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ހޯދަމުން އިތުރު މީހަކު މިއަދު ނިޔާވެއްޖެ އެވެ. އެޗްޕީއޭއިން ވިދާޚުވީ، މިއަދު ރާއްޖެއިން ނިޔާވި 4 ވަނަ މީހަކީ އިންދިރާގާންދީ މެމޯރިއަލް ހޮސަޕިޓަލުގެ އެމާޖެންސީ ރޫމްގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. އުމުރުން 78 އަހަރުގެ އެ މީހާ ނިޔާވީ މިއަދު މެންދުރުު 12:48 ގައެވެ. އެއީ ދިވެހި ފިރިހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރަށްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 91 ވަނަ […]

ޖަލްވާން ޖާދުﷲ