ކޮވިޑް19 އަށް ފަރުވާހޯދަމުންދިޔަ 30 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ ޒުވާނާ ނިޔާވެފައިވަނީ ރޭފަތިހު 4:30 ގައި ކަމަށެވެ. މިއީ ދެ ދަރިންގެ މަންމައެކެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 96 ވަނަ މީހާއެވެ.

Ad
rt

މިޒުވާނާގެ އިތުރުން 81 އަހަރުގެ ފިރިހެނަކުވެސް ހަމަ އެހޮސްޕިޓަލުގައި ރޭ ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. އެމީހާ ނިޔާވެފައިވަނީ ރޭ 2:38 ގައެވެ. މިދެމީހުންނަކީވެސް ދިވެހިންނެވެ.

އިއްޔެ ރާއްޖެއިން ވަނީ 1007 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 43،782 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 15،666 ކޭސް އެވެ. މި ބަލިން 28،013 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 260 މީހަކަށެވެ.