މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ޖެހުނު ގަދަ ވަޔާ އެކު ކުޅުދުއްފުށީ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 07:00 ހާޢިރު ކަމަށެވެ.

Ad
rt

ހާދިސާގައި ގެއްލުންވި ގޭގެ ފުރާޅު އެމްއެންޑީއެފް ނޮރދާން އޭރިއާގެ ސިފައިންނާ ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ވަނީ ރަނގަޅުކޮށްދީ، އާންމު ހާލަތަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

އަދި އެގޭގެ ފުރާޅުގެ ހާލަތު މިހާރު ވަނީ އާންމު ހާލަތަށް ގެނެސްދެވިފަ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.