މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,863 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 836 ވަނަ ޞަފްޙާ

ހުޅުމާލޭ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެދި ޕެޓިޝަނެއް

ހުޅުމާލޭ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެދި ޕެޓިޝަނެއް

މާލޭ ސިޓީގެ ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން ސިޓީ ކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ބަދަލުކުރުމަށް އެދި އެސިޓީގެ ރައްޔިތުންގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓިޝަނާ ޙަވާލުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމައު މުޢިއްޒުއެވެ. ޕެޓިޝަން ޙަވަލުކުރެއްވީ ހުޅުމާލޭގެ ރައްޔިތެކެވެ. މާލޭ ސިޓީގެ މޭޔަރުގެ އަތްޕުޅަށް މި ޕެޓިޝަން އަރުވާފައި ވަނީ މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެތެރެއިން ރޭ ކުރިއަށް ދިޔަ ހުޅުމ...

ޔުމްނާ ޢަލީ
މުލިޔާގެ ކުރިމަތީގައި ހުރެ ބޮމެއް އޮތް ކަމަށް ބުނި މީހާ ދޫކޮށްލައިފި

މުލިޔާގެ ކުރިމަތީގައި ހުރެ ބޮމެއް އޮތް ކަމަށް ބުނި މީހާ ދޫކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާޣެ ކުރިމަތީގައި ހުރެ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ. އެމީހާ ހައްޔަރުކުރީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. އޭނާ އާ އެކު އެވަގުތު އިތުރު މީހަކު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް އެމީހާ ވަނީ ޖެހިގެން އައި ދުވަހު ދޫކޮށްލާފައެވެ. ބަންދުގައި ބަހައްޓާފައި ވަނީ އަތުގައި ބޮން އޮތް ކަމަށް ބުނި މީހާއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ […]

ޝިއުނާ އާދަމް
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރަކަށް ވުމަށް މި މަހުގެ 24 ގެ މެންދުރު ދޭއްގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން ވަނީ ހުޅުވާލާފައެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންގެ މަޖިލީހުގެ 9 މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިސްތިއުނާފްގެ ފަނޑިޔާރުން މަޖިލީހުގެ ރައީސްގެ ޝަރުތަކީ، ޕާޓީގެ މެންބަރެއްކަމުގައި ވުމުގެ އިތުރުން މަދުވެގެން ދ...

ޝިއުނާ އާދަމް
ނޭކުރެންދޫގައި އަޅާ ކަރެކްޝަންސް ބިލްޑިންއާ ގުޅިގެން މިނިސްޓަރ އިމްރާނަށް ސުވާލު!

ނޭކުރެންދޫގައި އަޅާ ކަރެކްޝަންސް ބިލްޑިންއާ ގުޅިގެން މިނިސްޓަރ އިމްރާނަށް ސުވާލު!

ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ކަރެކްޝަނަލް ސެންޓަރާ ގުޅޭގޮތުން ދާއިރާގެ މެމްބަރު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ސުވާލުކުރުމަށް ހުށަހަޅުއްވައިފިއެވެ. ހދ. ނޭކުރެންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ނޭކުރެންދޫ ކަރެކްޝަން ސެންޓަރާ ގުޅިގެން މިނިސްޓަރ އިމްރާން އާ ތިން ދުވާލެއް ކުރިމަތިކުރައްވާފައެވެ. އެގޮތުން އެ ސެންޓަރުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ އާއި، އެތަނުގެ މަސައްކަތާ ގުޅޭ ހުރިހާ މައުލޫމާތެއް މެމްބަރަށް ދިނުމަށް ވެސް އެދިފައިވެއެވެ. މީގެ އިތ...

ޝިއުނާ އާދަމް
ރައީސް ޔާމީންގެ ޝަރީއަތް މާދަމާ އަށް ތާވަލްކޮށްފި

ރައީސް ޔާމީންގެ ޝަރީއަތް މާދަމާ އަށް ތާވަލްކޮށްފި

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑު އެހުން މާދަމާ އަށް ތާވަލްކޮށްފިއެވެ. މާދަމާ އަށް ތާވަލްކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެވެ. މި ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރުއެވެ. މި މައްސަލައާއި ގުޅޭ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މި އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. އެ […]

ޝިއުނާ އާދަމް
އާރްޑީސީ ފުރާޅުމަތިން އަނެއްކާވެސް މީހަކު އަތުލައިގެންފި

އާރްޑީސީ ފުރާޅުމަތިން އަނެއްކާވެސް މީހަކު އަތުލައިގެންފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިންގާ އިމާރާތުގެ ފުރާޅުމަތިން އަނެއްކާ ވެސް މީހަކު އަތުލައިގެންފިއެވެ އާރްޑީސީން ބުނީ އެމީހާ އަތުލައިގަތީ އެތަނުގައި ގާޑުންނަށް ތިބި ދެމީހުން ކަމަށެވެ. އަދި އެއީ ކުރިން މި ހަފްތާ ކުރީކޮޅު އެތަނުން ވައްކަން ކުރި މީހާ ކަމަށާއި، އެކަމަށް އޭނާ އަމިއްލައަށް އެއްބަސްވި ކަމަށް ބުންޏެވެ.  “ކުރިން ވައްކަން ކުރަން އެރި އިރު އެތަނަށް ދޫވި އަންނައުނުތަކެއް ބަލައޭ ބުނީ މިފަހަރު އެރީ. އަތުގަ ހުރި ސާމާނުތަކެއް ނޭނގެ ކޯއްޗެއް ކަމެއް” އާރްޑީސީން […]

ޝިއުނާ އާދަމް
ކެމިސްޓްރީން A* ހޯދި 10 އަހަރުގެ ރަޔާން، ފުލުހުންގެ ލެބަށް

ކެމިސްޓްރީން A* ހޯދި 10 އަހަރުގެ ރަޔާން، ފުލުހުންގެ ލެބަށް

މިދިޔަ އޯލެވެލް އިމްތިހާނުގައި ކެމިސްޓްރީން އޭ* ހޯދި އުމުރުން 10 އަހަރުގެ ރަޔާން ރިޔާޒް އަށް ފުލުހުންގެ ލެބަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ. ރަޔާން އަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ފުލުހުންގެ ފޮރެންސިކް ލެބޯޓްރީއަށް އޭނާ ގެންގޮސް، އެތަނުގައި މަސައްކަތްކޮށްލުމުގެ ފުރުސަތު ވެސް އޭނާ އަށް ވަނީ ދީފައެވެ. އަދި އޭނާ އަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ފުލުހުންގެ ފަރާތުން އޭނާއަށް ހަނދާނީ ފިލައެއް ވެސް އަރުވާފައިވެއެވެ. ފުލުހުންގެ މަރުހަބާގެ މެސެޖުގައި ބުނީ “ބޯއި ޖީނިއަސް ރަޔާން […]

ޝިއުނާ އާދަމް
އިސްލާމް، ޤުރްއާން މުދައްރިސުންނާއި، އިމާމުންގެ ގަދަރު ކުޑަކުރަން ކުރާމަސައްކަތް ހުއްޓާލަން ގޮވާލައިފި

އިސްލާމް، ޤުރްއާން މުދައްރިސުންނާއި، އިމާމުންގެ ގަދަރު ކުޑަކުރަން ކުރާމަސައްކަތް ހުއްޓާލަން ގޮވާލައިފި

އިސްލާމް މުދައްރިސުންނާއި، ޤުރުއާން މުދައްރިސުންނާއި، ދީނީ ޢިލްމް ވެރިންނާއި އަދި އިމާމުންގެ ގަދަރު ކުޑަކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވައިލައްވައިފިއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، އިސްލާމް މުދައްރިސުންނާއި، ޤުރުއާން މުދައްރިސުންނާ...

އަލީ އާދިލް
ރަސްދޫ މަޑިވަރު ފަޅުން ވެލި ނަގާތީ ލިބޭ ގެއްލުމަށް ހައްލު ހޯދަން ހުށަހަޅަނީ

ރަސްދޫ މަޑިވަރު ފަޅުން ވެލި ނަގާތީ ލިބޭ ގެއްލުމަށް ހައްލު ހޯދަން ހުށަހަޅަނީ

އއ. ވެލިގަނޑު ރިސޯޓާއި، ވެލިފިނޮޅު ތަރައްގީކުރުމުގައި އއ. ރަސްދޫ މަޑިވަރު ފަޅުން ވެލި ނަގާތީ ފަރަށް ލިބެމުންދާ ގެއްލުމަށް ދާއިމީ ހައްލެއް ހޯދައިދީ އެ އެ މަސައްކަތް ހުއްޓުވުމަށް ސަރުކާރަށް ހުށަހަޅަން އއ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތަށް މަޑިވަރު ފަރުން ވެލިނެގުމުގެ ސަބަބުން ތިމާވެއްޓަށާއި، އެ ސަރަޙައްދުގު ޤުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުކުރުމާއި، ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދިމާވާނެތީ، އެ ސަރަހައްދުގައި ވަގުތީގޮތުން މަސައްކ...

ޝިއުނާ އާދަމް
މަހްލޫފްއަށް ތުހުމަތުވާ މައްސަލާގައި އިތުރު އާ ހެއްކެއް ނުހޯދަން: ފުލުހުން

މަހްލޫފްއަށް ތުހުމަތުވާ މައްސަލާގައި އިތުރު އާ ހެއްކެއް ނުހޯދަން: ފުލުހުން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ތުހުމަތުވާ މައްސަލާގައި އިތުރު އާ ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން މިހެން ވިދާޅުވެފައި ވަނީ، މަހުލޫފުގެ މައްސަލާގަައި ފުލުހުންނާ ގުޅިގެން މައްސަލައަށް ކޮންމެހެން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހޯދަމުންދާ ކަމަށް އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން...

އަލީ އާދިލް
ރައީސް މާލެ ވަޑައިގެންފި

ރައީސް މާލެ ވަޑައިގެންފި

ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގެންފިއެވެ. ތ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ކުރު ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަތް ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން އެ އަތޮޅު ތިމަރަފުއްޓަށާއި، ކިނބިދޫއަށާއި، އޮމަދޫއަށާއި، ވޭމަންޑޫއަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން ވަންދޫއަށާއި، ކަނޑޫދޫއަށާއި، ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ. ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ބައެއް ތަންތަނ...

ޝިއުނާ އާދަމް
މިދިޔަ ކުއާޓަރުގައި އޭސީސީން ޕީޖީއަށް ފަސް މައްސަލަ

މިދިޔަ ކުއާޓަރުގައި އޭސީސީން ޕީޖީއަށް ފަސް މައްސަލަ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފަސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ. އެ ކޮމިޝަން އިން އާންމުކުރި މައުލޫމާތައް ބަލާއިރު، އެ ފަސް މައްސަލަ ވެސް ހުށަހަޅާފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އެގޮތުން މަހުގެ ފުރަތަމަ ދުވަހު 3 މައްސަލަ، 7 ވަނަ ދުވަހު މައްސަލައެއް އަދި 22 ވަނަ ދުވަހު އެއް މައްސަލަ ހުށަހަޅާފައިވެއެވެ. އެ ކޮމިޝަނުން ހުށަހަޅާފައިވާ ފަސް […]

ޝިއުނާ އާދަމް
ޓީއެންއޭގެ ހުށަހެޅުންތަކަށް، މިނިސްޓްރީއާއި ދަރިވަރުންނާ ދެމެދު މަޝްވަރާކޮށްފި

ޓީއެންއޭގެ ހުށަހެޅުންތަކަށް، މިނިސްޓްރީއާއި ދަރިވަރުންނާ ދެމެދު މަޝްވަރާކޮށްފި

ނެޝަނަލް ޓްރެއިނިންގ ނީޑްސް އެނާލިސިސްއިން، މީހުން ބިނާ ކުރުމުގައި އިސްކަންދޭން ބޭނުންވާ ދާއިރާތައްކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުން، ފުރަތަމަ ޑިގްރީ ހެދުމަށް ދަރިވަރުންނަށް މަގުފަހިކުރެވޭނެ ގޮތްތަކާމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާ ދަރިވަރުންނާ މެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ 60 ދަރިވަރުންނަށް ދަޢުވަތު ދީގެން ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސް ބައެއް ވެރިންނާއި މުވައްޒަފުން މިބައްދަލު...

ޝިއުނާ އާދަމް
ސައްހަނޫން ސްލިޕެއް ފޮނުވައިގެން ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި

ސައްހަނޫން ސްލިޕެއް ފޮނުވައިގެން ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި

މާލޭގެ ފިހާރައަކަށް ސައްހަނޫން ސްލިޕެއް ފޮނުވައިގެން މަކަރާއި ހީލަތުން 171،292 ރުފިޔާގެ ވިޔަފާރިކޮށްފި އެވެ. ފުލުހުން ވިދާޅުވީ، މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު މާލޭގެ ފިހާރައަކުން، އޮޅުވައިލާއިގެން މަކަރާއި ހީލަތުން ކޮށްފައިވާ މި ވިޔަފާރީގަ ހިމެނޭ ތަކެތި ހޯދައި އެ ތަކެތީގެ ވެރިފަރާތާ މިހާރު ހަވާލުކުރެވިފާ ވާކަމަށެވެ. މަކަރާއި ހީލަތުން ފޭކް ސްލިޕެއް ފޮނުވައިގެން އެ މީހާ ވިޔަފާރި ކޮށްފައި ވަނީ، މާލޭގައި ހިންގާ ޑައިވް ޝޮޕަކުންނެވެ. އެތަނުން ޑައިވް ކޮމްޕްރެޝަރަކާއި […]

އަޙްމަދު އަރުޝަމް
ކުޑަ ކުއްޖާގެ މަރުގެ މައްސަލަ: ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް

ކުޑަ ކުއްޖާގެ މަރުގެ މައްސަލަ: ދައުވާތައް ސާބިތުވެއްޖެނަމަ 100 އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް

ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ދެމީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވަން ތައްޔާރު ވެފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ. އޭގެ ތަފްސީލްތައް ހިއްސާކުރައްވަމުން ޕީޖީ ޝަމީމް މިއަދު ވިދާޅުވީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ އުމުރުން 27 އަހަރުގެ […]

ޝިއުނާ އާދަމް