އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އަިޖީއެމްއެޗް)ގެ ނަރުހުން އެކި ޑިޕާޓްމަންޓްތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމާއި، އެ ހޮސްޕިޓަލްގެ އިމާޖެންސީ ޑިޕާޓުމަންޓުގައި މަސައްކަތްކުރާ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާއި އެއްވެސް ގުޅުމެއްނެތްކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގެ ނަރުހުން އެކި ވޯޑުތަކަށް ބަދަލުކުރުމާއި، އެ ހޮސްޕިޓަލްގެ ޑިޕާޓްމަންޓެއްގެ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނަކާއި ގުޅުވައިގެން ބައެއް މީޑިއާތަކުން ފަތުރާ ޚަބަރަކީ...
އަލީ އާދިލް
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ މަންކީޕޮކްސް (މަކުނު ވިދުރި) އަށް ޓެސްޓް ކުރަން ބޭނުންކުރާ 250 ޕީސީއާރް ޓެސްޓް ކިޓް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ. މިބައްޔާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޑަބްލިއުއެޗްއޯ އިން ވަނީ އިއުލާންކޮށްފަ އެވެ. މި ބައްޔަށް ޓެސްޓް ކުރުމަށް ސިއްހަތުޖަމިއްޔާގެ މި އެހީ މިއަދު ރާއްޖެއަށް ފޯރުކޮށްދިންއިރު މިއަދު މިކަމަށްޓަކައި ރާއްޖޭގެ ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެހީއާއި ހަވާލ...
ޔުމްނާ ޢަލީ
ހެއްކާބެހޭ ޤާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވުންތައް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ދަންނަވައިފިއެވެ. އެމްޖޭއޭގެ މެމްބަރުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތާއި, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މިބައްދަލު ކުރެއްވުމުގައި އެމްޖޭއޭގެ ފަރާތުން ވަނީ، ހެއްކާބެހޭ ޤާނޫ...
އަލީ އާދިލް
މަސްތުވާތަކެތި ކަމަށް ބުނެ މާލޭގެ ގެއަކުން ފުލުހުން އަތުލައިގަތް ތަކެއްޗަކީ ބޭކިން ޕައުޑަރުތޯ ނުވަތަ އަސްލު ވެސް މަސްތުވާއެއްތޯ ސުވާލު އުފެދުމުން، ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ. ދިވެހި ފިރިހެނަކު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގެއެއްގެ ބަދިގޭގައި ހުރި ކަބަޑެއްގެ ތެރެއިން ޑްރަގް ކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓެއް ފެނުނު ކަމަށް ބުނެ އެވެ. އެއީ ޑްރަގް ނޫން ކަމަށް އޭނާ ހައްޔަރުކުރި ވަގުތު ބުންޏެވެ. ކްރިމިނަލް ކޯޓުގެ އަމުރުގައިވާ […]
ހުސައިން ހަބީބް
މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކުރިން ނެރުނު ރީނދޫ ސަމާލުގެ ވަގުތު މިއަދު 16:00 އަށް ހަމަވާނެއެވެ. ނަމަވެސް މިހާރު މިވަގުވަނީ މިރޭ 21:00 އާއި ހަމައަށް ދަންމާލާފައެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައިވެއެވެ. […]
ޔުމްނާ ޢަލީ
“ބަދަލަކަށް” އިންތިހާބު ކުރި މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ 4 ވަނަ ދަޢުރުގެ ކައުންސިލްގެ ފަސް މެމްބަރުންނަށް އެ ރަށު ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލި، މިނިއަނަލަށް ވުރެ ގިނަ ރުފިޔާއިން ކައުންސިލް ދަރަނިވެރިވެ، ކައުންސިލްގެ ހިންގުން ހުއްޓާލަން ޖެހޭ ޙާލަތަށް ހިނގައްޖެއެވެ. ފައިސާ ބެލެހެއްޓުމާއި، އަދި ބަޖެޓު މެނޭޖު ކުރުމުގައިވެސް، މީގެ އިތުރުން ކައުންސިލަށް ހޯދަން ޖެހޭ ބައެއް ތަކެތި ހޯދުމުގައިވެސް، ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ކުރަމުން އަންނާތީ، ކައުންސިލްގައި...
އަލީ އާދިލް
ޗެންނާއީގައި ހުންނަ އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕާސިންގ އައުޓް ޕެރޭޑްގެ ރިވިއުވިންގ އޮފިސަރެއްގެ ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ބައިވެރިވެ ވަޑައިގެން އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، މިހާރު އުޅުއްވަނީ އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފްގެ ދައުވަތަކަށް އެ ޤައުމަށް ވަޑައިގެންނެވެ. މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، އިންޑިއަން އާމީ އޮފިސަރ ޓްރެއިނިންގ އެކެޑެމީގެ ޕަރަމެސްވަރަން […]
އިބްރާހިމް އަސްވާޤް
ރައީސް އިބްރާހީް މުޙައްމަދު ޞާލިޙު ޒިނޭކުރައްވާ މަންޒަރު ފެންނަ 4 ފޮޓޯއެއް ލިބިވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ތުހުމަތުތައް ތަހުގީގުކުރުމަށް އިދިކޮޅު ގޮވާލައިފި އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް އިއްތިހާދުން މިހެން ގޮވާލާފައިވަނީ ރޭ ނެރުނު ނޫސްބަޔާނެއްގަ އެވެ. އިދިކޮޅުން ނެރުނު އެބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގެ ތެދުދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާ ކަމަށާއި އަދި އެ މައްސަލައިގެ ތަހުގީގެއް ހިންގުމަށް ދިވެހި ފުލުހުން...
އަލީ އާދިލް
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސާބިތު ލީޑަރޝިޕްއަށް، އެމްޑީޕީ އެމްޕީއެއްގެ ހައިސިއްޔަތުން ފަހުރުވެރިވާކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް ކޯޅުން ބޮޑުވެފައިވަނިކޮން މެންބަރު އިކްރާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުދަގޫ ހާލަތުގާވެސް މިއަދުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަމަޖެހުން ދެމެހެއްޓުމަށް ކެތްތެރި ކަމާއި އެކު އެދެއްވާ އިސްކަމުން ދައްކުވައިދެނީ ގިނަ އަހަރު ތަކެއްގެ ސިޔާސީ ރަނގަޅު...
އަލީ އާދިލް
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުވަނީ ގަދަވެފައިކަމަށް މުސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ. މެޓް އޮފީހުން ވިދާޅުވީ، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި އެކު ކުރިއަށް އޮތް 3 ދުވަހު ރާޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުރުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިވިއްސާރައިގައި ޚާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް ބުންޏެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއް...
އިބްރާހިމް އަސްވާޤް
الله سبحانه وتعالى ގެ ކޯފާޔަށްވުރެ ގަދަފަދަ އެއްވެސް އެއްޗެއްނުވާ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނިކޮށް މިއަދު ވަނީ އެމްޑީޕީގެ ގައުމީމަޖިލިސްގެ ވަޓްސްއެޕް ގްރޫޕް ވަރަށް ހޫނުވެފައެވެ. އެ ގްރޫޕްގެ ޗެޓްލޮގްތަކެއް މިއަދު ލީކުވެފައިވާއިރު އެ ގްރޫޕްގައި ރައީސް ނަޝީދުވަނީ ރައީސް އިބްރާޙީމް މުޙައްމަދ...
އަލީ އާދިލް
ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގުރޫޕަށް މުއްދަތު ޖަހައިފި އެވެ. އެއްޖިންސުން ގުޅުން ހިންގާ ލިވާތުކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ގެ ބަންދަށް ޖެހީ 7 ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ މިއަދު އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށްފަހުގަ އެވެ. ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ވަޒީފާ އަދާ ކުރާ...
އަލީ އާދިލް
ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ބޮލުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެޅުއްވި ތުޙުމަތަކީ “ކަނޑައެޅިގެން ދޮގު” ކަމުގައި ސަރުކާރުންގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. ރައީސް ސޯލިހް ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވާ ދެއްކެވި ވާހަކަތަކާއި ގުޅޭގޮތުން މިނޫހުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް ރައީސް ނުކުރައްވާ ކަމުގެ ޔަގީން...
އަލީ އާދިލް
ކުށްކުރާ މީހުންނަށް އަދަބެއް ދިއުމާ ހަމައަށް ދަނީ ވަރަށް ގިނަކަންކަން ފެއިލް ވެގެންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ހއ.ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، ކުށެއް ކޮށްގެން މީހެއްގެ މައްޗަށް ޝަރުޢީ ޤާނޫނީ އަދަބެއް އަންނަނީ ހަތަރުވަނައަށް ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށެވެ. ނުވަތަ 3 ކަމެ...
އަލީ އާދިލް
ހޯމް މިނިސްޓްރީން ހއ. ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އަޅައިފި އެވެ. އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯރަފުށީގައި މިއަދު ބިންގާ އެޅިގެންދިޔަ ހާފްވޭ ހައުސްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީ ކޮޅު ނިމިގެންދާނެ ކަމަށާއި އެއީ ސަރުކާރު ފުރަތަމަ ފެށީއްސުރެ ކުރަހާފައޮތް ރީތި މަގުތަކުގައި ހިނގަމުން އައިސް އޭގެ ނަތީޖާއާ ހަމައަށް ދެވޭ […...
އަލީ އާދިލް