މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,869 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 732 ވަނަ ޞަފްޙާ

އަންނަ އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާގެ އެހީ

އަންނަ އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާގެ އެހީ

އަންނަ 2023 ވަނަ އަހަރުގެ ބަޖެޓުން ލޯކަލް ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޭން ސަރުކާރުން ނިންމައިފިއެވެ. ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓާ ގުޅޭ ސާކިއުލާގައި ވަނީ ސަރުކާރުން ދޭ “ބްލޮކް ގްރާންޓް” ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ވަކިވަކި ކައުންސިލްތަކަށް ދޭން ލަފާ ކުރާ އެހީގެ އަދަދުތައް ހިމަނާފައެވެ. މި އެހީގެ އެންމެ ބޮޑު އިންސައްތައެއް ދޭން ހިމަނާފައި ވަނީ ހަތަރު ސިޓީ ކައުންސިލަށެވެ. މިގޮތުން ކައުންސިލްތަކަށް […]

އަލީ އާދިލް
ތިލަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ތިލަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

މާލެއާއެކު ތިލަފުށި، ގުޅީފަޅު އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ބްރިޖު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ. މިގޮތުން މި މަޝްރޫޢުގެ ރަސްމީކޮށް ފެށުމަށް އެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އިންޑިއާގެ ނިއުދިއްލީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފެށިއިރ...

އަލީ އާދިލް
ޓިކްޓޮކް ތަރި ހުނޫ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓަށް

ޓިކްޓޮކް ތަރި ހުނޫ ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާލިބޭ ޓިކްޓޮކް ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. މާލޭގެ ގެއަކުން ހުނޫ އާއި އިތުރު ދެ ފިރިހެނުން ޑްރަގާ އެކު ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ. އެ މައްސަލާގައި އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށްފަހު މިދިޔަ މަހު ކްރިމިނަލް ކޯޓުން ހުނޫ ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހައި […]

ހުސައިން ހަބީބް
ޔާމީނާއި ރިލްވާންގެ މަރުގެ މައްސަލަ: ތިން މީހަކަށް ދައުވާކޮށްފި

ޔާމީނާއި ރިލްވާންގެ މަރުގެ މައްސަލަ: ތިން މީހަކަށް ދައުވާކޮށްފި

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާން އާއި، ބޮލްގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ދައުލަތުން، ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިއެވެ. ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ބުނި ގޮތުގައި، ޔާމީން ރަޝީދު މަރާލި މައްސަލައާއި, އަޙްމަދު ރިލްވާން ޢަބްދުﷲ ރަހީނުކޮށް މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އިތުރަށް ތަޙުޤީޤުކޮށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ...

އަލީ އާދިލް
"އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް 2022" ފަށައިފި

"އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް 2022" ފަށައިފި

ޔުނައިޑެޓް ސްޓޭޓްސް އިންޑޯ ޕެސިފިކް ކޮމާންޑާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގުޅިގެން ބާއްވާ “އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް 2022″، ރާއްޖޭގައި މިއަދު ފަށައިފިއެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް، ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް ޓ...

އަލީ އާދިލް
މާލޭގައި ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތް ފަށައިފި

މާލޭގައި ސްޕެޝަލް ކޮންސްޓެބިއުލަރީ ހިދުމަތް ފަށައިފި

މާލެ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންނާއި ދެމެދު ވެފައިވާ ސްޕެޝިއަލް ކޮންސްޓެބިއުލަރީ ސަރވިސް ޤާއިމުކުރުމުގެ އެއްބަސްވުމުގެ ދަށުން މިއަދު އެ ޙިދުމަތް މާލޭގައި ފަށައިފިއެވެ. މާލެ އާއި ވިލިމާލެ މޮނިޓަރ ކުރުމަށްޓަކައި ކުރިއަށް ގެންދާ މި ހިދުމަތް މިއަދު ފަށާފައި ވަނީ ސާޅީސް ފުލުހުންނާއިއެކު އެވެ. މި ޚިދުމަތުގެ ދަށުން ކަންކަން ބެލުމަށްފަހު މަގުމަތީގައި އުޅޭމީހުންނަށް އުނދަގޫވެ، ނުރައްކާވާގޮތަށް ހަދާ އިމާރާތް ތަކާއި، އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި، ބެލްކަނީތަކުގަޔާއި އަދި ގޭގޭގެ ފާރުމަތީގައި ތ...

ޔުމްނާ ޢަލީ
މޫސުމީ މައްސަލަތައް ރާއްޖޭގައި ވެސް ދަނީ ގޯސްވަމުން: ނައިބު ރައީސް

މޫސުމީ މައްސަލަތައް ރާއްޖޭގައި ވެސް ދަނީ ގޯސްވަމުން: ނައިބު ރައީސް

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަތައް ރާއްޖޭގައިވެސް އިތުރަށް އަންނަނީ ގޯސްވަމުންކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، ޔުނައިޑެޓް ސްޓޭޓްސް އިންޑޯ ޕެސިފިކް ކޮމާންޑާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގުޅިގެން ބާއްވާ “އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިޔުރިޓި ފޯރަމް 2022” ފޯރަމް ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އިންޑޯ-ޕެސިފިކް އެންވަޔަރަމަންޓް ސެކިއުރިޓީ ފޯރަމަކީ ސަރަޙައްދުގެ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގެ ތެރެއިން އަންނަ...

ޔުމްނާ ޢަލީ
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ބުރާސްފަތި ދުވަހުގެ ނިޔަލަށް

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެކަމަށް  ޤައުމީ އިނާމާބެހޭ ކޮމިޓީއިން ބުނެފި އެވެ. މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލެއްވީ، މިއަހަރުގެ ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވާނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ޚިދުމަތްކުރި ނުވަތަ ޚިދުމަތްކުރާ މުވައްޒަފެއްގެ ނަން، އިނާމަށް...

އަލީ އާދިލް
ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމި ޚަބަރު ނޫސްތަކުގައި ޖެހުމުން އިކްރާމްގެ ފާޑުކިޔުން

ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމި ޚަބަރު ނޫސްތަކުގައި ޖެހުމުން އިކްރާމްގެ ފާޑުކިޔުން

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަށް ދޭން އެ ކޯލިޝަނުން ނިންމި ޚަބަރު ނޫސްތަކުގައި ލިޔުމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ފާޑުވިދާޅުވެއްޖެއެވެ. އެކަން އިއުލާން ކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޚަބަރު ނޫސްތަކުން ރޭގައި ވަނީ ގެނެސް ދީފައެވެ. އެކަމަށް ފާޑުވިދާޅުވެ އިކްރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅު...

އަލީ އާދިލް
ޔާމީނާ ދެކޮޅަށް ހުށަހެޅި ހެއްކެއްގައި 2026 ގެ ތާރީޚެއް

ޔާމީނާ ދެކޮޅަށް ހުށަހެޅި ހެއްކެއްގައި 2026 ގެ ތާރީޚެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެއްކެއްގައި 2026 ވަނަ އަހަރު ތާރީޚެއް ޖަހާފައިވާ މައްސަލަ ފެންމަތިވެއްޖެ އެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓެއް ހެދި ފުލުސް މީހާ ހާޒިރުކޮށް، ކްރިމިނަލް ކޯޓުން މިއަދު ހެކިބަސް ނަގަމުން ދަނިކޮށް ފެންމަތިވީ ޗެކް ޑިޕޮޒިޓްކުރި ލިޔުމުގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީޚެއް އޮތް […]

ހުސައިން ހަބީބް
ސީލް ހިފައި އެއަށް ގޯނާ ނުކުރުމަށް އީޕީއޭއިން އިލްތިމާސް ކޮށްފި

ސީލް ހިފައި އެއަށް ގޯނާ ނުކުރުމަށް އީޕީއޭއިން އިލްތިމާސް ކޮށްފި

ސީލް ހިފައި އެއަށް ގޯނާ ނުކުރުމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން އީޕީއޭއިން ކުރި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަން މަސައްކަތް ނުކުރުމަށާއި، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އައްޑޫން ފެނުނު ބާވަތުގެ ސީލަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއް ނޫންކަން އީޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ. އައްޑޫ ސިޓީން  އިއްޔެ...

ސަނިއްޔާ އަބޫބަކުރު
ރައީސް، އިންޑިއާއަށް ފުރާވަޑައިގެންފި

ރައީސް، އިންޑިއާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވާ ރަސްމީދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސް ސާލިހް އިންޑިއާއަށް މިކުރައްވާ ރަސްމީ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މިދަތުރުފުޅުގައި ނިއުދިއްލީއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި، އިންޑިއާގެ ރައީސް، ދްރައުޕަތީ މުރްމު އާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ. އަދި ދެޤައުމުގެ ގުޅުން ބަދަހި ކުރެ...

ޔުމްނާ ޢަލީ
ރައީސް ޞާލިޙްގެ އިތުބާރުގެ މައްސަލަ މަޖިލީޙަށް ހުށަހެޅުމުގެ ފުރުސަތުބޮޑު: އާދަމް ޝަރީފް

ރައީސް ޞާލިޙްގެ އިތުބާރުގެ މައްސަލަ މަޖިލީޙަށް ހުށަހެޅުމުގެ ފުރުސަތުބޮޑު: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދާނަމަ، އެއާއިއެކު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އިތުބާރުގެ މައްސަލަ ވެސް މަޖިލީހަށް ވެއްދުމުގެ ފުރުސަތު ބޮޑުކަމަށް އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު...

އަލީ އާދިލް
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ޔާމީނަށް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ޔާމީނަށް

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަށް ދޭން އެ ކޯލިޝަނުން ނިންމައިފި އެވެ. އެކަން އިއުލާން ކުރެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ. ރައީސް ޔާމީން އެކަން ގަބޫލުކުރައްވާފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވެފަވެއެވެ. ‘މަރުހަބާ! ރައީސް ޔާމީން،” އެ ޓުވީޓްގައި އަބްދުއްރަހީމް ވިދާޅުވިވެފަވެއެވެ. އިދިކޮޅު ރިޔާސީ ޓިކެޓް ޔާމީނަށް ދޭން ނިންމި އިރު އެމަނިކުފާނުގެ މައްޗ...

އަލީ އާދިލް
ރަޙްމަތްތެރިޔަކީ ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު: އިމްރާން

ރަޙްމަތްތެރިޔަކީ ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު: އިމްރާން

ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގު ބޮޑު އެއް ޖަވާހިރު ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ސައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ރަޙްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން އިއްޔެ ހަވީރު ބޭއްވި އިސްރައްވެހިންގެ ހަވީރުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ ހެޔޮލަފާ، ހެޔޮ އެދޭ ރަޙްމަތްތެރިއަކީ އޭނާގެ ދެދުނިޔެ ބާއްޖެވެރި ކުރުމަ...

ޔުމްނާ ޢަލީ