މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,871 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 637 ވަނަ ޞަފްޙާ

ސަޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސަޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ، ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މިއަހަރުގެ ސަޓާ އެވޯޑަށް ނަން ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 10ވަނަ ދުވަހެވެ. އެވޯޑްއަށް އޮންލައިންކޮށް ސަޓާ އެވޯޑް ވެބްސައިޓް http://www.southasiantravelawards.com މެދުވެރިކޮށް ހުށައެޅޭނެއެވެ. 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ މި އެވޯޑް ދިނުމުގެ މަގުސަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު...

މުޙައްމަދު އަފްރާޙް
ކުނި ނަގަން ވަދެ ގެއަކަށް ބޮޑުކަމުދިޔަ ވެމްކޯގެ މުވައްޒަފު ސަސްޕެންޑް

ކުނި ނަގަން ވަދެ ގެއަކަށް ބޮޑުކަމުދިޔަ ވެމްކޯގެ މުވައްޒަފު ސަސްޕެންޑް

ކުނި ނަގަން ވަދެ، ގެއަކަށް ބޮޑުކަމުދިޔަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފު ސަސްޕެންޑް ކޮށްފިއެވެ. ވެމްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭގެ ގޭގެއަށް ކުނި ނަގަން ދާ އެ ކޯޕަރޭޝަން ގެ މުވައްޒަފަކު ގެއެއްގެ ތެރެއަށް ބޮޑުކަމު ދިޔަ މައްސަލައިގައި އެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކުންފުނިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މިކަމުގައި އެ ކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށާއި ކުރިއަށް އޮތް […]

މުޙައްމަދު އަފްރާޙް
އެހެން ބަޔަކަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ޕްރައިމަރީ ގަޑުބަޑުކޮށްގެން، އެކަމަށް ސަމާލުވާންޖެހޭ: ރައީސް

އެހެން ބަޔަކަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ޕްރައިމަރީ ގަޑުބަޑުކޮށްގެން، އެކަމަށް ސަމާލުވާންޖެހޭ: ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކަށް ވެރިކަމަށް އައުމުގެ ފުރުސަތެއް ކިރިޔާ ވެސް އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި، އެކަމުގެ މަސައްކަތްތައް ބަޔަކު ކުރާތަން ފެނިވަޑައިގަންނަވާ ކަމަށާއި އެހެންވެ އެކަމަށް އެމްޑީޕީ މެންބަރުން ސަމާލުވުމަށް އެ ޕްރައިމަރީގައި ވާދަ ކުރަށްވާ އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މިއަދު އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ދެއްކ...

ޔުމްނާ ޢަލީ
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް

ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް

ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައީސްކަން ކުރައްވާ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުގައި ބުނާ އަދަދަށް އެ ޕާޓީގައި މެމްބަރުން ހަމަނުވާތީ އެވެ. ގާނޫނު އޮންނަ ގޮތުން 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް ކޮމިޝަނުން އުވާލަން ޖެހެ އެވެ. ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު […]

ހުސައިން ހަބީބް
މިފަހަރުގެ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް: ރައީސް

މިފަހަރުގެ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް: ރައީސް

މި ފަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އއ. މާޅޮހަށް މިއަދު ވަޑައިގެން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީން އަމަލުކުރާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެމްޑީޕީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށް ވެސް ރަ...

މުޙައްމަދު އަފްރާޙް
އައްޑޫގައި ފަތުރުވެރިކަން ތަރައްގީނުވެ އޮތުމަކީ ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ: ނަޝީދު

އައްޑޫގައި ފަތުރުވެރިކަން ތަރައްގީނުވެ އޮތުމަކީ ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ: ނަޝީދު

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީނުވެ އޮތުމަކީ ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް  އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންނަށް ނަޝީދު އިއްޔެ ވަނީ އައްޑޫ ސިޓީ އަށް ވަޑައިގަންނަވާފައެވެ. އެ ސިޓީގެ ހިތަދޫގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ އެއާޕޯޓަށް ފަތުރުވެރިއަކު އައިސް ރިސޯޓަކަށް ގޮސް ދ...

ޔުމްނާ ޢަލީ
ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ: ޝަމީމް

ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ: ޝަމީމް

ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ ކަމަށް  ޝަމީމް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ހެއްކާބެހޭ ގާނޫނާއެކު ޝަރީޢަތްކުރުމުގެ ނިޒާމް ފުރިހަމަވެ، ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި މި ގާނޫނު ލިޔެވިފައިއޮތީ އެމަގަށް ބާރުއަޅާގޮތަށް، މުޅި ނިޒާމު މަސައްކަތްކުރާގޮތަށްވެސް މުހިއްމު ބަދަލުތަކެއް އ...

މުޙައްމަދު އަފްރާޙް
ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ ނަޝީދު ކުރިން ވެސް ދޯކާ ދެއްވި: ޝަރީފް

ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ ނަޝީދު ކުރިން ވެސް ދޯކާ ދެއްވި: ޝަރީފް

ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު، ކުރިން ވެސް ބައެއް ބޭފުޅުންނަށް ދޯކާ ދެއްވި ކަމަށާއި، މިފަހަރު ވެސް އެހެން ހެއްދެވުން ގާތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އިއްޔެ ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންއިރު އަރިހުގައި އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި،...

ޔުމްނާ ޢަލީ
ސަފާރީއެއް ފަރަށް އަރައިފި

ސަފާރީއެއް ފަރަށް އަރައިފި

ސަފާރީއެއް ފަރަށް އަރަށް އެރުމުގެ ހާދިސާއެއް ރޭ ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސަފާރީއެއް ތ. މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. “ރެޑްމޫން” ނަމަކަށްކިޔާ މި ސަފާރީ ފަރަށް އަރައިގެން އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައި ވަނީ ރޭގެ 19:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެ...

ޔުމްނާ ޢަލީ
މުޅި ރާއްޖެއަށް ހުދު ސަމާލު، ބޯކޮށް ވާރޭ ވެހި، ގުގުރާނެ

މުޅި ރާއްޖެއަށް ހުދު ސަމާލު، ބޯކޮށް ވާރޭ ވެހި، ގުގުރާނެ

ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާގެ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 6:30 އިން މިރޭ މެންދުރު 12:30 އާއި ހަމައަށެވެ. މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނީ، މިއަދު ހެނދުނު 6:30 އިން މެންދުރު 12:30 އާއި ދެމެދު ރާއްޖޭގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރައި، ވިލާގަނޑު ގައި […]

ޔުމްނާ ޢަލީ
ފަތުރުވެރިންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭންޖެހޭ: މައުސޫމް

ފަތުރުވެރިންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭންޖެހޭ: މައުސޫމް

ފަތުރުވެރިން ގޯހެއް ހެދީމާ އޭގެ ނޭދެވޭ އަސަރު އެންމެނަށް ވެސް ކުރާނެ ކަމަށާއި، އެ މީހުންނަށް ފުރިހަމަ މައުލޫތު ފޯރުކޮށްދޭންޖެހޭ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެންމެއެކަށޭނަ ގޮތުގައި ޓޫރިސްޓުންނަށް މައުލޫމާތު ނުލިބޭ ކަމަށް އެމީހުން ބުނާ ކަމަށެވެ. އެހެންވީމާ މައުލޫމާތު ދެވޭނެ ފުރިހަމަ އިންތިޒާމްތައް ހަަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުތެރޭގައި ބޯޑުތައް ޖެހުމާއި ހޮޓ...

މުޙައްމަދު އަފްރާޙް
އިހަވަންދިއްޕޮޅުގައި ހައިޑްރޯގްރަފިކް ސާވޭ ފަށައިފި

އިހަވަންދިއްޕޮޅުގައި ހައިޑްރޯގްރަފިކް ސާވޭ ފަށައިފި

އިހަވަންދިއްޕޮޅުގައި ހައިޑްރޯގްރަފިކް ސާވޭ ފަށައިފިއެވެ. މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްއާއި، އެމްއެންޑީއެފް ކޯސްޓްގާޑް އަދި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރަފިކް އޮފީސް ގުޅިގެން ކުރިއަށް ގެންދާ މި ސާރވޭ ފެށީ މިއަދުއެވެ. މޯލްޑިވްސް ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ 28ގެ ނިޔަލަށް މި ސާރވޭ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި ސާރވޭގައި ކުދި ބޯޓުފަހަރު ބޭނުންކޮށްގެން އެ ސަރަހައްދުގައި ޖޮއިންޓް ޓީމުން ހަރަކާތްތެރިވެ، ރަށްތަކުގެ ކޯސްޓްލައިން ކުރެހުމަށް ޖީ.ޕީ.އެސް ރިސީވަރ...

މުޙައްމަދު އަފްރާޙް
ވެމްކޯގެ ކުރީގެ އެމްޑީގެ މައްސަލަ ހައިކޯޓުން ވެސް ނިންމީ ނުބެލޭނެ ކަމަށް

ވެމްކޯގެ ކުރީގެ އެމްޑީގެ މައްސަލަ ހައިކޯޓުން ވެސް ނިންމީ ނުބެލޭނެ ކަމަށް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުއަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް އިއްޔެ ނިންމައިފި އެވެ. ޝިފާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ކުރީ، ވެމްކޯއަށް ޑިސެމްބަރު, 2017 ގައި ޑަމްޕް ޓްރަކެއް ގަންނަން ޝިފާއުއާ ވިޔަފާރީގެ ގުޅުން އޮންނަ މީހެއްގެ، ކިއުބެކް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދި މައްސަލައިގަ އެވެ. ވެމްކޯއަށް […]

ހުސައިން ހަބީބް
ތޮއްޑޫން މި އަހަރުތެރޭ 200 ގޯތި ދޫކުރާނަން: ރައީސް

ތޮއްޑޫން މި އަހަރުތެރޭ 200 ގޯތި ދޫކުރާނަން: ރައީސް

އއ. ތޮއްޑޫން މިއަހަރު ތެރޭ ޖުމްލަ 200 ގޯތި ދޫކުރެވައްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ދިވެހިރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މިއަދު ތޮއްޑޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތޮއްޑޫގައި އޮތް ބޯހިޔާވަހިކަން ހައްލު ކުރުމަށް ރައްޔިތުން އެދޭ އެދުން ވަރަށް ބޮޑު ކަމަށެވެ. ރައީސް ވިދާޅުވީ އެރަށުން 100 ގޯތި ދޫކުރުމަށް މިހާރު ނިންމާފައި އޮތްއިރު، އެ 100 ގޯއްޗަށް އެރަށުގައި ޑިމާންޑް އޮތް މިންވަރު އެނގިވަޑައިގަންނަވާ ކަމަށެ...

ޔުމްނާ ޢަލީ
ކުރީގެ ދެ ބަންޑާރަނައިބެއް ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފި

ކުރީގެ ދެ ބަންޑާރަނައިބެއް ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފި

ވެރިކަން ކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑިޕީ)ގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސައީދާއި ޑރ. މުހައްމަދު މުނައްވަރު ނިންމަވައި، ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންފިއެވެ. މި ދެ ބޭފުޅުން ނަޝީދުގެ ކެމްޕޭނާއި ގުޅިވަޑައިގެންފައިވާއިރު، ނަޝީދު އައްޑޫ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ނަޝީދު ގެ އަރިހުގައި އެ ދެ ބޭފުޅުން މިހާރު ދަނީ ބައިވެރިވެވަޑައިގަނ...

މުޙައްމަދު އަފްރާޙް