ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ، ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މިއަހަރުގެ ސަޓާ އެވޯޑަށް ނަން ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 10ވަނަ ދުވަހެވެ. އެވޯޑްއަށް އޮންލައިންކޮށް ސަޓާ އެވޯޑް ވެބްސައިޓް http://www.southasiantravelawards.com މެދުވެރިކޮށް ހުށައެޅޭނެއެވެ.
2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ މި އެވޯޑް ދިނުމުގެ މަގުސަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު ވަޒަންކުރުމެވެ. މިއެވޯޑް ދިނުމުގެ ހަރަކާތް ކޮންމެ އަހަރަކުވެސް ކުރިއަށް ދާއިރު، ދެކުނުގެ އޭޝިއާގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިވެއެވެ.
މިއީ ސަޓާ އެވޯޑް ބާއްވާ 7 ވަނަ އަހަރެވެ. މިއެވޯޑް ދެނީ މިސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުންނެވެ.
ސަޓާ އެވޯޑް ދޭ ކެޓަގަރީތަކުގެ ތެރޭގައި "ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން"، "ބެސްޓް އިންޓަރނޭޝަނަލް ޑެސްޓިނޭޝަން" ފަދަ ކެޓަގަރީތައް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!