ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާގެ ހަނދާނުގަައި ބާއްވާ ތައުބީންގެ ޖަލްސާ މިރޭ ގުރައިދޫގައި ބާއްވަން ނިންމައިފިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ބުނީ ރިޟާގެ ތައުބީން ޖަލްސާ މިރޭ ގުރައިދޫގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ އަވަހާރަވީ 22 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
ރިޟާ އަވަހާރަވީ ފަރުވާއަށް މެލޭޝިއާއަށް ވަޑައިގެން ހުންނަވަނިކޮށް އެ ޤައުމުގައެވެ.
އަލްއުސްތާޛު އަލްމަރްޙޫމް އިބްރާހީމް ރިޟާގެ ތަޢުބީންގެ ޖަލްސާ މިރޭ ކ. ގުރައިދޫގައި އޮންނާނެ. pic.twitter.com/pAiqvGS1vO
— Progressive Party of Maldives (@ProgressPartyMV) March 10, 2023
ރިޟާ ވަނީ ދިގު މުއްދަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. ރިޟާ އަކީ ޕީޕީއެމްގެ މެމްބަރެކެވެ. އަދި އޭނާ އަކީ ޑީއާރްޕީ އާއި ޕީޕީއެމް އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ރިޟާ އަވަހާރަވުމުން އެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާތީ އެ ގޮނޑީގެ ބައި-އިލެކްޝަންގައި ޕީޕީއެމުން ވާދަކުރަން ނިންމާފައި ވަނީ ރިޟާގެ ކޮއްކޮ ހުސައިން ރިޒާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!