މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,874 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 525 ވަނަ ޞަފްޙާ

މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަނީ ވެރިކަން ހޯދަން، ދެވަނަ ދައުރެއް ނުދޭތި: ގާސިމް

މުސާރަތައް ބޮޑު ކުރާނެ ވާހަކަ ދައްކަނީ ވެރިކަން ހޯދަން، ދެވަނަ ދައުރެއް ނުދޭތި: ގާސިމް

ދައުލަތުގެ މުވައްޒަފުންގެ މުސާރަ %40 ބޮޑު ކުރާނެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައްކަވަނީ ވެރިކަން ހޯއްދަވަން ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދީގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ […]

މުޙައްމަދު
"ޒަމާނަކުން އައި ޒަމާނެކޭ" ތަފާތު އިވެންޓެއް! މާދަމާ ރޭ ސޯޝަލް ސެންޓަރުގައި

"ޒަމާނަކުން އައި ޒަމާނެކޭ" ތަފާތު އިވެންޓެއް! މާދަމާ ރޭ ސޯޝަލް ސެންޓަރުގައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ވަރަށް ޚާއްސަ ކެމްޕެއިން އިވެންޓެއް މާދަމާ (ބުރާސްފަތި) މާލޭގައި އޮންނާނެއެވެ. “ޒަމާނަކުން އައި ޒަމާނެކޭ” މި ސްލޯގަން އާއި އެކު ސޯޝަލް ސެންޓަރުގައި ކުރިއަށް ދާ މި އިވެންޓް އޮންނާނީ މާދަމާ ރޭ 8:15 ގައި އެވެ. މި ޙަރަކާތަކީ އެމް.ޑީ.ޕީއިން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއްކަމަށް އެޕާޓީން ބުނެއެވެ. މީގެ ކުރިންވެސް، އެމް.ޑީ.ޕީ ފާހަގަވެގެން ގޮސްފައިވަނީ ހަރުގެ ބައްދަލުވުންތަކާއ...

އަލީ އާދިލް
ގާސިމްގެ ވެރިކަމެއްގައި ކޮންމެ ރަށެއްގެ މަލަމަތީގައި މިސްކިތެއް އަޅައި ދެނީ

ގާސިމްގެ ވެރިކަމެއްގައި ކޮންމެ ރަށެއްގެ މަލަމަތީގައި މިސްކިތެއް އަޅައި ދެނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ކޮންމެ ރަށެއްގެ އަތިރިމަތީގައި ރީތި މިސްކިތެއް ބިނާކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ގާސިމް ކުރައްވާ ދަތުރުފުޅުގައި ނ. މާޅެންދު އަށް ވަޑައިގެން ގާސިމް ވިދާޅުވީ ކޮންމެ ރަށެއްގައި ރަނގަޅު ފެންވަރެއްގެ މިސްކިތެއް ބިނާ ކުރާނެ ކަމަށެވެ.  އެއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު […]

މުޙައްމަދު
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީ ދޭން، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީ ދޭން، އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ. ރިޔާސީ އިންތިހާބަށް އެ ޕާޓީން ހެދި “ހެޔޮވެރިކަން” މެނިފެސްޓޯގައި ވަނީ، މީޑިއާތަކަށް ދޫކުރާ ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓ...

އަލީ އާދިލް
ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން: މުޢިއްޒު

ކަނޑިތީމުގެ ކުނި މެނޭޖް ކުރުމާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ށ. އަދި ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ށ. ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެރަށަށް ވެސް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެބޮޑު އެއް މައްސަލަ ކަމަށްވާ ކުނި މެނޭޖް ކުރުމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށާއި...

މުޙައްމަދު އަފްރާޙް
ގާސިމްގެ ވައުދު: ހުރިހާ ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑެއް ހަރު ކުރުން!

ގާސިމްގެ ވައުދު: ހުރިހާ ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑެއް ހަރު ކުރުން!

ވެރިކަމަށް ވަޑައިގެންފި ނަމަ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހުރި ކްލާސް ރޫމެއް އޭސީކޮށް، ސްމާޓް ބޯޑް ހަރުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވައުދުވެވަޑައިގެންފިއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ހެނބަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ސްކޫލްތަކުގައި ހުރި ކޮމްޕިއުޓަރު ލެބްތައް […]

މުޙައްމަދު
ޑްރަގް މައްސަލައެއްގައި ކުރީގެ ގާޒީއަކު 15 އަހަރަށް ޖަލަށް

ޑްރަގް މައްސަލައެއްގައި ކުރީގެ ގާޒީއަކު 15 އަހަރަށް ޖަލަށް

ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ޑްރަގް މައްސަލައެއްގައި 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ ފަނޑިޔާރު ކަމުގައި ހުއްޓާ 2016 ވަނަ އަހަރުގެ ތެެރޭގައި ސައިކަލެއްގައި ދުއްވާފައިދަނިކޮށް ހުއްޓުވުމުން އޭނާގެ އެއްލާލި ރަބަރު ޕެކެޓެއްގައި ޑައިމޯފިން ހުރިކަން ތަހުލީލުން ހާމަވުމުންނެވެ. އެ މައްސަލާގައި އޭނާ އޭރު ހައްޔަރުކުރި ނަމަވެސް ފަހުން ދޫކޮށްލި އެވެ. އޭނާގެ މައްޗަށް ދައުވާ ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯ...

ޔުމްނާ ޢަލީ
ޅޮހީގެ ސާފް ޕޮއިންޓު އިތުރަށް ތަރައްގީކޮށް ފަތުރުވެރިކަމުގެ މަންޒިލަކަށް ހަދާނަން: އިލްޔާސް

ޅޮހީގެ ސާފް ޕޮއިންޓު އިތުރަށް ތަރައްގީކޮށް ފަތުރުވެރިކަމުގެ މަންޒިލަކަށް ހަދާނަން: އިލްޔާސް

ނ. ޅޮހީގައި އޮންނަ ސާފް ޕޮއިންޓު އިތުރަށް ތަރައްގީކޮށް އެ ރަށަށް ސާފުކުރަން އަންނަ ފަތުރުވެރިންނަށް އެއީ އެދާއިރާގެ ހިދުމަތްތައް ލިބޭނެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރިވިގެންދާނެ ކަމަށް ޑިމޮކްރެޓުންގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވައުދުވެވަޑައިގެންފިއެވެ. އެ ޕާޓީގެ ރިޔާސީ ކެމްޕޭނުގައި އެރަށަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އެ ސާފް ޕޮއިންޓަކީ ރާއްޖޭގައި ވެސް މަޝްހޫރު އަދި ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ތަނެއް ކަމަށެވެ. އެހެންވެ، އެ ސާފް ޕޮއިންޓުގައި ސާފްކުރަ...

މުޙައްމަދު އަފްރާޙް
މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް ހުރަހެއް ނޯންނާނެ: ގާސިމް

މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް ހުރަހެއް ނޯންނާނެ: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ސްކޫލްތަކުގެ އަންހެން ޓީޗަރުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވިދާޅުވެއްޖެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ގާސިމް ވަޑައިގަތީ ހެނބަދޫއަށެވެ. ހެނބަދޫން ގާސިމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވަން [...

މުޙައްމަދު
އެމްއެންޕީގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނަން: ނާޒިމް

އެމްއެންޕީގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ކަރަންޓުގެ ފުރަތަމަ 100 ޔުނިޓު ހިލޭ ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އައްޑޫސިޓީ ފޭދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ އެ ސިޓީގައި ވެސް ކަރަންޓާއި ފެން ބިލު ދެއްކުމަށް ދަތިި ނުވަތަ އެ ބިލުތައް ދެއްކޭނެ މާލީ ތަނަވަސްކަން ނެތް ފަރާތްތައް އެބަތިބި ކަމަށާއި އެހެންވެ، ފެން ބިލުން ވެސް ފުރަތަމަ […]

މުޙައްމަދު އަފްރާޙް
ޑރ. މުއިއްޒު މިއަދު ށ. އަދި ނ. އަތޮޅަށް

ޑރ. މުއިއްޒު މިއަދު ށ. އަދި ނ. އަތޮޅަށް

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ދަތުރުތައް ށ. އަދި ނ. އަތޮޅަށް މިއަދު ފައްޓަވާނެކަން ހާމަކޮށްފިއެވެ. މުއިއްޒުގެ ތަރުޖަމާން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ އައްޑޫ ސިޓީއަށާް ކުރެއްވި ދަތުރަށްފަހު މުއިއްޒު ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށާއި ށ. އަދި ނ. އަތޮޅަށް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ. މި ދަތުރުގައި އެ އަތޮޅުގެ […]

މުޙައްމަދު އަފްރާޙް
އެމްޑީޕީގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފި

އެމްޑީޕީގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފިއެވެ. މިކަން ހާމަކުރީ “އުފާވެރި އަމާންރާއްޖެ” ގެ ނަމުގައި ހިންގަމުންދާ ރައީސް ސާލިހު ގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައެވެ. އެ ޕާޓީގެ މެނިފެސްޓޯގެ “ހެޔޮވެރިކަން” ބައިގެ ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުންގެ ދަށުން ވަނީ ދައުލަތުގެ ހިންގުން ވަރުގަދަކުރުމުގެ ބައެއް ހިމަނާފައެވެ. އެބަ...

މުޙައްމަދު އަފްރާޙް
ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

އަހުމަދު އިބްރާހިމް ދީދީ ނުވަތަ އާންމުނަމުން ނަމަ، ސަންދާނު އަހަންމައިދީ ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ބަލިވެ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން އުމުރުން 72 އަހަރުގައެވެ. އަހަންމައިދީ އަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބިރު ކަނޑާލައި މިނިވަން ނޫސްވެރިކަމެއް އުފަން ކުރުމަށް ނެރުނު އިންޓަނެޓް މަޖައްލާ ‘ސަންދާން’ ގެ އެއް ބާނީއެވެ. ދިވެހި ދައުލަތާ ދެކޮޅަށް މަސައްކަތް ކުރުމުގެ ކުށުގައި 2002 ވަނަ އަހަރު، އޭނާ ވަނީ އުމުރަށް ޖަލަށް ވެސް ލާފައެވެ. އުމުރަށް ޖަލަށް ލުމަކީ […]

މުޙައްމަދު އަފްރާޙް
ކެމްޕޭނަށް ބޭރު ގައުމަކުން، ބައެއް އަތުން ފައިސާއެއް ނުހޯދަން: ގާސިމް

ކެމްޕޭނަށް ބޭރު ގައުމަކުން، ބައެއް އަތުން ފައިސާއެއް ނުހޯދަން: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޭރު ގައުމަކުން ނުވަތަ ބައެއްގެ އަތުން ފައިސާއެއް ހޯދާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ހދ. ފިނޭގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އެއް ބަޔަކު ބޭނުން ވާނީ ﷲ ގެ މަގުގައި އިހްލާސްތެރިކަމާ އެކުގައި މަސައްކަތްކޮށްގެން […]

މުޙައްމަދު
ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ: މުއިއްޒު

ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ: މުއިއްޒު

ދިވެހިންގެ މިނިވަންކަމަށްވުރެ އިސްކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓު، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމާއި ހަވާލުވުމަށްފަހު، މިނިވަންކަމުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ސާބިތުކަމާއިއެކު ކުރައްވާނެ ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހި ރައްޔިތުންގެ ވާޖިބެއް ކަމަށެވެ. ޗާގޮސް މައްސަލައަށް އިޝާރާތް ކުރައްވާ...

މުޙައްމަދު އަފްރާޙް