އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލް ކުރުމުގެ މައްސަލައަކީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އިންޑިއާ އައުޓް ހަރަކާތެއް ފަށާފައި ވަނިކޮށް ގައުމުތަކާ ދެކޮޅަށް އެފަދަ ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ގަރާރެއް ނެރުއްވި އެވެ. އެ ގަރާރުގެ ދަށުން އިންޑިއާ އައުޓް ބެނާތަކާއި ޕޯސްޓަރުތައް ފުލުހުން ނެގި […]
ހުސައިން ހަބީބް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުރިހާ ރައްޔިތުން އަތާއި އަތް ގުޅާލައި ޑރ. މުއިއްޒު އިންތިޚާބު ކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ. އޭނާ މިހެން ގޮވާލެއްވީ ގއ. ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝަހީމް ވިދާޅުވީ މުއިއްޒަކީ ހުރިހައި ފަންތިއެއްގެ ހުރިހައި ގިންތިއެއްގެ ބޭފުޅުންނާއިއެކުވެސް ކުރިއަށް ދެވޭނެ ގާބިލް ބޭފުޅެއް ކަމަށާއި ރާއްޖޭގެ ޒަޢާމަތުގައި އިންނަންޖެހޭނީ އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ގ...
މުޙައްމަދު އަފްރާޙް
ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެ ސޮއި ކޮށްފިއެވެ. ސަރުކާރުގެ ޑޭޓާ ސެންޓަރުތަކާއި އެހެނިހެން ކްރިޓިކަލް ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާތައް ކްލައުޑް ބޭސްޑް ގަވަމެންޓް ޑިޖިޓަލް ސާވިސަސް (ޖީޑީއެސް) ޕްލެޓްފޯމަކަށް ބަދަލުކޮށް ތަރައްގީ ކުރުމަށް އެމެރިކާގެ ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އޭޖެންސީ (ޔޫއެސްޓީޑީއޭ) އިން މިނިސްޓްރީ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއެކު ގްރާންޓް އެގްރީމަންޓެއްގައި ސޮއި ކޮށްފައިވަ...
މުޙައްމަދު އަފްރާޙް
ރާއްޖެގެ ބައެއް ސަރަހައްދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ބ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވާ ކަމަށެވެ. އަދި މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9 ޖެހުމާއި ހަމައަށް ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް […]
މުޙައްމަދު އަފްރާޙް
މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން، އިއްޔެ އިފްތިތާހުކޮށްފިއެވެ. މިކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އިފްތިތާހުކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓްގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ، ކުނި މެނޭޖްކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިޔަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއު މުޅިން ނިމިގެނ...
މުޙައްމަދު އަފްރާޙް
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީ، ޕީޕީއެމް ގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ގެ ކެމްޕެއިން ދަތުރެއް ރ. ބ. އަދި ޅ. އަތޮޅަށް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ. މުއިއްޒާއި ރަނިންމޭޓް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ގެ ތަރުޖަމާން އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ މިއީ މި އޮގަސްޓު މަހުގެ 29 ން ސެޕްޓެމްބަރު 1 ވަނަ ދުވަހަށް ކުރައްވާ ދަތުރެއް […]
މުޙައްމަދު އަފްރާޙް
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝާހު މާހިރު ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވައިފިއެވެ. ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝާހު، ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންނެވީ ޖޭޕީގެ މެމްބަރުކަމުންނާއި ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހުއެވެ. މަގާމުން އިސްތިއުފާ ދެއްވައި ޝާހު ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާ އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކަމަށެވެ. އެހެ...
މުޙައްމަދު އަފްރާޙް
ގއ. ކޫއްޑޫގައި ހިންގަމުންދާ އެއާޕޯޓު ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް ގއ. ވިލިނގިލީ ބިން ހިއްކާ އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހުވަދު އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރަން ޕޭލޭންތަކެއް ކޮށް...
މުޙައްމަދު
އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންވީ ވަކި ކުލަޔަކަށް ބަލައިގެން ނޫން ކަމަށާއި، ވޯޓު ދޭންވީ ޚިދުމަތުގެ ގޮތުންނާއި، އަޚުލާގީ ގޮތުންނާއި އަދި ކާމިޔާބުގެގޮތުން އެންމެ ކުރީގައި ހުރި ކެންޑިޑޭޓެއް ދެނެގަނެ އެމީހަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. މާމިގިލީ ދާއިރާގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވި ޤާސިމް މިހެން ވިދާޅުވީ، އަތޮޅުތެރެއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން އއ. ތޮއްޑޫއަށް ވަޑައިގެން ވާހަކަދައްވަމު...
ޔުމްނާ ޢަލީ
އޮޅުވާލައިގެން އޭގެ ނާޖާއިޒު ފައިދާ އެއް ނަގާފައެއް ނޯންނާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައްދުންމައްޗަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިސްދޫ އަށް ވަޑައިގެން ވާހަފުޅު ދައްކަވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ކަންކަން ކުރަމުން ދަނީ އޮޅުވާލުމުގެ އުސޫލުންކަން ހާމަކުރައްވާ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅުގައި ކަންތައް ކުރެއްވި ގޮތަށް ވަނީ އ...
މުޙައްމަދު އަފްރާޙް
މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފިއެވެ. އެކަން ހާމަކުރައްވަމުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ވިދާޅުވީ، މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފައި ވަނީ އެ ކޯޓުތަކުގެ ޖުޑީޝަލް އެލަވަންސް ހަމަހަމަ އުސޫލަކުން ދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށެވެ. މިގޮތުން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް، އަސާސީ މުސާރައިގެ 35 އިންސައްތަ އިތުރު ކުރެވިފައިވާ ކަމަށް ޑީޖޭއޭއިނ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ސައުދުﷲ ހިލްމީ އާ އެކު އެމްޑީޕީގެ އެންމެ ވަރުގަދަ ދެ ޒުވާނުން އެ ޕާޓީ ދޫކޮށް، އިދިކޮޅު ޕީޕީއެމްއާ ގުޅިއްޖެއެވެ. ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ސައުދުﷲ ފޯމް ހަވާލު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއެވެ. ސައުދުﷲ ވަނީ މީގެކުރިން ޕީޕީއެމާ ވަކިވެވަޑައިގަތުމަށް ފަހު، ސިޔާސީ ހަރަކާތްތަކާ ދުރުގައި ހުންނަވައިފައެވެ. ސައުދު ވަނީ ދާދި ފަހުން […]
މުޙައްމަދު
ތ. ކަނިމީދޫ، ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލަސްތަކެއް ނުވެ ބިޑަށް ހުޅުވާލާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕެއިން ޖަލްސާގައި އެ އަތޮޅު ތިމަރަފުށިގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސާލިހު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ގެންނަ ބޮޑު ބަދަލާއެކު ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރެއްވުން ކަމަށެވެ. ދެވަނަ ދައުރުގައި ވެސް ފަތުރުވެރިކަމ...
މުޙައްމަދު އަފްރާޙް
އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުން ރިޓަޔާ ކުރީމަ ހާއްސަ އެލެވެންސްއެއް ތައާރަފް ނިންމާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދޫ އަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ވާހަކަ ނުދައްކާތީ، އެ އުމުރުފުރާގެ […]
މުޙައްމަދު
ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވިދާޅުވީ މިއީ ކުރިއާ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ. މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ އޯގަސްޓު މަހުގެ 23 ވަނަ ދުވަހު ކަމަށާއި މި ތަކެތި އަތުުލައިގަތީ މެލޭޝިޔާ އިން ރާއްޖެގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލައި، ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސް […]
މުޙައްމަދު އަފްރާޙް