މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,875 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 469 ވަނަ ޞަފްޙާ

ޕީއެންއެފް އުފައްދަން އީސީން ހުއްދަދީފި

ޕީއެންއެފް އުފައްދަން އީސީން ހުއްދަދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ. ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީގައި އެދުނީ 26 ނޮވެމްބަރު 2023 ގައެވެ. މި ޕާޓީ އުފެއްދުމަށްޓަކައި 3000 މީހުންގެ ސޮއި ހޯދުމާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގެ ހުއްދަ އީސީން މިއަދު […]

ޔުމްނާ ޢަލީ
އިސްރާއީލުން ހިންގާ ޖަރީމާތައް ތަހުގީގު ކުރުމަށް ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް، ރާއްޖެއިން ގޮވައިލައިފި

އިސްރާއީލުން ހިންގާ ޖަރީމާތައް ތަހުގީގު ކުރުމަށް ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް، ރާއްޖެއިން ގޮވައިލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްރާއީލުން ފަލަސްތީނުގައި ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ރާއްޖޭގެ ނަމުގައި ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓަށް ގޮވައިލައްވައިފިއެވެ. ރާއްޖޭގެ ރައީސް ޑރ. މުޢިއްޒު މިގޮތަށް ގޮވައިލައްވާފައި ވަނީ، މިއަދު ފާހަގަކުރާ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި ރައީސް ވަނީ، އިސްރާއީލުން ފަލަސްޠީނަށް ގަދަކަމުން ވެރިވެގަނެ، އެ ޤައުމުގައި ކުރަމުން ގެންދާ ހަނގުރާމަ...

ޔުމްނާ ޢަލީ
އެފްކޮންސްގެ ބޮޑު ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނުލިބުނު

އެފްކޮންސްގެ ބޮޑު ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނުލިބުނު

ތިލަމާލެ ބްރިޖްގެ މަސައްކަތްކުރާ އެފްކޮންސް ކުންފުނީގެ މައްޗަށް ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފި އެވެ. ތިލަމާލެ ބްރިޖް ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެފްކޮންސްގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި، ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ކުންފުނި 69 މިލިއަން ރުފިޔާއިން ޖޫރިމަނާކުރަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިންމި ނިންމުން އެންވަޔަރްމަންޓް މިނިސްޓަރު ވެސް އޮތީ ދަމަހައްޓަވައިފަ އެވ...

ހުސައިން ހަބީބް
އީވާ ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

އީވާ ވަކިކުރުމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލިހަށް ހުށަހެޅި މައްސަލަ އަންނަ އާދިއްތަ ދުވަހު ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން ނިންމައިފި އެވެ. އީވާގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން އެ މައްސަލަ މި މަހުގެ 13 ވަނަ ދުވަހު މަޖިލިހަށް ހުށަހެޅުއްވީ 50 މެމްބަރުންގެ ސޮޔާއެކުގައެވެ. އެއީ އެމްޑީޕީގެ 49 މެމްބަރުންނާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު […]

މުޙައްމަދު
މޫސާ ސިރާޖު ޕީއެންސީ އަށް

މޫސާ ސިރާޖު ޕީއެންސީ އަށް

ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މޫސާ ސިރާޖު، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިއްޖެއެވެ. މޫސަ ޕީއެންސީ އާއި ގުޅިވަޑައިގެންކަން ޢިއުލާން ކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާ ގައެވެ. މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގުމުގެ ބައިގައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ، މަޖިލީހުގެ ފެލިދޫ ދާއިރާގެ މެންބަރަކަށް ހުންނެވި […]

ޙުސައިން ޝަހުދީ
ފަލަސްތީނަށް ތާއީދުކުރުން މަތީ ދިވެހިން ދެމިތިބޭނެ: ރައީސް

ފަލަސްތީނަށް ތާއީދުކުރުން މަތީ ދިވެހިން ދެމިތިބޭނެ: ރައީސް

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް އެއްބާރުލުންދިނުމުގައި ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީގެ ޗެއާމަން އަދި ރައީސް، ޕްރޮފެސާ ޑޮކްޓަރު ނޫމާން ކުރްތުލުމުސްއާ އަދި ޕާލަމަންޓުގައި ވަޑައިގެން ތިއްބެވި މެންބަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ފަ...

ޔުމްނާ ޢަލީ
ތުރުކީން ރާއްޖެއަށް ދޭ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލާޝިޕްތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ތުރުކީން ރާއްޖެއަށް ދޭ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލާޝިޕްތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ތުރުކީވިލާތުން ދިވެހިރާއްޖެއަށ ްދޭ ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި، ސްކޮލާޝިޕް ފުރުޞަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާކުރައްވާފައި ވަނީ، ތުރުކީވިލާތުގެ މިނިސްޓަރ އޮފް ނޭޝަނަލް އެޑިއުކޭޝަން، ޔޫސުފް ތެކިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއިއެކު އިއްޔެ ކުރިއަށް ގެންދެވި ބައްދަލުކޮށްލެއްވުމުގައެވެ. ތުރުކީގެ ރައީސް، އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އަންކާރާގައި ހުންނަ ޕްރެޒިޑެންޝ...

ޔުމްނާ ޢަލީ
ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖެހޭ: ސީއެސްސީ ނައިބު ރައީސް

ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ޖެހޭ: ސީއެސްސީ ނައިބު ރައީސް

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ކުރިން ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ޖެހޭ ކަމުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ. އިބްރާހިމް ރަޝީދު އެގޮތަށް ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ކައުންސިލް މެމްބަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ލަފާ ދީފައި ވަނިކޮށެވެ. ލާމަރުކަޒީ ކޮމިޓީން ބަޖެޓު ކޮމިޓީ އަށް ލަފާ ދީފައި ވަނީ ކައުންސިލ...

މުޙައްމަދު
ތުރުކީގެ އެހީތެރިކަމާއެކު ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަން މަޝްވަރާކޮށްފި

ތުރުކީގެ އެހީތެރިކަމާއެކު ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރާއްޖޭގައި ހިންގަން މަޝްވަރާކޮށްފި

ތުރުކީގެ އެހީތެރިކަމާއެކު ދަނޑުވެރިކަމުގެ ދާއިރާއިން ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގަން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކުރިއަށް ގެންދަވާފައި ވަނީ އުރްދުޣާންގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިހާރު ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިބްރާހީމް ޔުމާކްލީ މިއަދު ރައީސް ޑރ. މުޢިއްޒާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ދ...

ޔުމްނާ ޢަލީ
ޕީއެންއެފް އުފެއްދުމަށް ހުއްދަ ދިނުމާމެދު މާދަމާ ގޮތެއް ނިންމަނީ

ޕީއެންއެފް އުފެއްދުމަށް ހުއްދަ ދިނުމާމެދު މާދަމާ ގޮތެއް ނިންމަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައެއް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އީސީން މިއަދު ބުނެފިއެވެ. ރައީސް ޔާމީން އުފައްދަވަން މަސައްކަތްކުރާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން އެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒެއިން ގެ ފަރާތުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު މާދަމާ […]

ޔުމްނާ ޢަލީ
ސަރުކާރު ހިއްސާވާ 20 ކުންފުޏަކަށް އެމްޑީން ޢައްޔަނުކޮށްފި

ސަރުކާރު ހިއްސާވާ 20 ކުންފުޏަކަށް އެމްޑީން ޢައްޔަނުކޮށްފި

ސަރުކާރު ހިއްސާވާ 20 ކުންފުންޏަކަށް މެނޭޖިންޑިން ޑިރެކްޓަރު (އެމްޑީ) އިން ޢައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ އުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން ސަރުކާރު ހިއްސާާވާ 21 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. މިގޮތުން ސަރުކާރު ހިއްސާާވާ 21 ކުންފުންޏެއް އެމްޑީކަމަށް ހަމަޖެއްސެވި ބޭފުޅުން: މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރަ...

ޔުމްނާ ޢަލީ
ލަމްހާ އަނެއްކާވެސް ބަންދުކޮށްދޭން އެދި ޕީޖީން ހައި ކޯޓަށް

ލަމްހާ އަނެއްކާވެސް ބަންދުކޮށްދޭން އެދި ޕީޖީން ހައި ކޯޓަށް

އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލުމުން ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ލަމްހާ ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު، ތިން މަސް ދުވަހަަށެވެ. ލަމްހާ ބަންދުން ދޫކޮށްލީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ […]

ޔުމްނާ ޢަލީ
''ތުރުކީގައި ދިވެހި އެމްބަސީއެއް ހުޅުވަން މަޝްވަރާކޮށް، ލުއި ހޯދައިދޭން މަސައްކަތް ކުރާނަން''

''ތުރުކީގައި ދިވެހި އެމްބަސީއެއް ހުޅުވަން މަޝްވަރާކޮށް، ލުއި ހޯދައިދޭން މަސައްކަތް ކުރާނަން''

ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެކަމަށާއި، ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މުޢިއްޒު މި ޔަގީންކަން ދެއްވީ، ރައީސްގެ ދެކަނބަލުން ތުރުކީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ބައްދަލުކ...

ޔުމްނާ ޢަލީ
ނައިބު ވަޒީރުކަމުގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ނައިބު ވަޒީރުކަމުގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އެކި ވުޒާރާތަކުގެ ނައިބު ވަޒީރުންގެ މަގާމަށް 26 ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ. އެ ބޭފުޅުން އައްޔަނު ކުރެއްވި ވުޒާރާތައް ރައީސް އޮފީހުން މިއަދު ވަނީ ހާމަކުރައްވާފައެވެ. މިގޮތުން ޢައްޔަނުކުރެއްވި ބޭފުޅުންނާއި، އެ ބޭފުޅުން ޢައްޔަނުކުރެއްވި ވުޒާރާތަކަކީ، 1. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ނައިބުގެ މަގާމަށް، ޞާލިޙް ޙުސައިން 2. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގެ ނައިބުގެ މަގާމަށް، ޢާއިޝަތު ޝަހުދާ ޢަބްދުﷲ 3. މ...

ޔުމްނާ ޢަލީ
އިހަވަންދިއްޕޮޅާއި ލ. އަތޮޅުގައި ކޮމާޝަލް ޕޯޓެއް އަޅަން ވަރަށް އަވަހަށް އިއުލާންކުރަނީ

އިހަވަންދިއްޕޮޅާއި ލ. އަތޮޅުގައި ކޮމާޝަލް ޕޯޓެއް އަޅަން ވަރަށް އަވަހަށް އިއުލާންކުރަނީ

ހއ. އިހަވަންދިއްފޮޅާއި ލ. އަތޮޅުގައި ކޮމާޝަލް ޕޯޓު ހެދުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ސައީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލ. ގާދޫ ކައިރީގައި ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުގައި ތަރައްގީކުރާ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ކުރިއަށް ދާނެ...

މުޙައްމަދު