ދަ ޑިމޮކްރެޓިކްސްގެ ފުރަތަމަ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ފުރަތަމަ ރައީސްގެ މަގާމު އެ ޕާޓީގެ މުއައްސިސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކާމިޔާބު ކުރައްވައިފިއެވެ. ހޮނިހިރު ދުވަހު އޮތް އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސްކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ހަސަން ކާމިޔާބު ކުރެއްވީ، އެސްޓީއޯގެ ކުރީގެ ސީއީއޯ/މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އަށް ދިގު އިންތިޒާރެއް ކުރަންޖެހުނުއިރު، […]
ޔުމްނާ ޢަލީ
އައްޑޫ ސިޓީގެ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި އަނެއްކާވެސް މާރާމާރީއެއް ހިނގައިފިއެވެ. ފުލުހުން ބުނިގޮތުގައި މި މާރާމާރީ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 15:30 ހާއިރުއެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން 20 އަހަރުގެ ޒުވާނަކު ވަނީ ޒަޚަމްވެފައެވެ. އެ މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ހުކުރު މިދިޔަ ހުކުރު ދުވަހުގެރޭ ވެސް […]
ޔުމްނާ ޢަލީ
އދ. ދިގުރަށު ކުނި ގޮނޑުން ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މިއަދު ފެނިފައިވާއިރު، އެ މައްސަލައިގެ ތުހުމަތުގައި ސްރީލަންކާ އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ސްރީލަންކާ އަންހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ދިގުރަށުން މާލެ އައިސް، ސްރީލަންކާ އަށް ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި ހުއްޓައެވެ. އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އ...
ޔުމްނާ ޢަލީ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ތުރުކީވިލާތަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. ރައީސްގެ ކެމްޕޭނުގައި އިންޑިއާ ސިފައިން ބޭލުމަށް ދެއްކިވާހަކަ މިއަދު ވެސް ތަފާތެއް ނުވާނެ ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ މިއަދާއި ހަމައަށް ވެސް ޑިޕްލޮމަސީގެ ރީތި އުސޫލުގެ ތެރެއިން...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސް ތުރުކީއަށް ވަޑައިގަތީ އެ ގައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އާއި ތުރުކީވިލާތުގެ ރައީސް ވަނީ އަންކާރާގައި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް ދެން ވަޑައިގެންނެވ...
ޔުމްނާ ޢަލީ
ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތި ޓުރެފިކް ކުރުމުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓް ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 2021 ގަ އެވެ. އޭރު ޕެސްޓްގެ އިތުރުން އިތުރު ތިން މީހަކު ވެސް ހައްޔަރުކުރި އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނުނިންމަ އެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އެހެންކަމުން ދައުލަތުން […]
ހުސައިން ހަބީބް
މޯލްޑިވްސް އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ގާއިމުވެފައިވާ 4 އަތޮޅަކުން ދިވެހި ޕާސްޕޯޓު ދޫކުރުން ދެގުނައަށް އަވަސްކުރުމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވައިފިއެވެ. އޭނާ މިގޮތަށް ނިންމެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް، ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ކޮންޓްރޯލާ ޖެނެރަލްގެ މި ނިންމެވުމާއެކު މިއަދުން ފެށިގެން އެއަށް އ...
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމުން އޭނާ ވަކި ކުރަން ހިފީ ކުރީ ސަރުކާރާ ދެކޮޅަށް ތެދުވެ އަޑު އުފުއްލެވުމުން ކަމަށާއި މިއީ އެމްޑީޕީގެ ސަރުކާރުން އޭނާ އަށް ދިން އަދަބެއް ކަމަށް މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ އިސްތިއުފާ ދެއްވާފައި ވަނީ އޭނާއާ ދެކޮޅަށް މަޖިލިހަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ. އީވާ މަގާމުން ވަކި ކުރަން މަޖިލިހަށް […]
މުޙައްމަދު
މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން އެ ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި މާރާމާރީ އާއި އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފުލުހުންގެ ހިދުމަތުން ފަށާފައިވާ ކަމަށެވެ. މިގޮތުން އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުންގެ އިތުރު...
މުޙައްމަދު
ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށު ކުނި ގޮނޑުން ފެނިއްޖެއެވެ. ފުލުހުން ބުނީ، އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އެރަށު ކުނިގޮނޑުން ފެނިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދު 09:20 އެހާކަންހާއިރުއެވެ. ”މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން.” ފުލުހުން ބުންޏެވެ. އެ ކުއްޖާ މަރުވެފައިވާކަމަށް ކުއްޖާ ބެއްލެ...
ތިލަދުން
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާ ހަވާލުކޮށްފިއެވެ. ރައީސް އޮފީހުން ބުނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި ހަވާލުކޮށްފައިވާ ކަމަށެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ ވަގުތީގޮތުން ހިންގަން ދިފާއީ ވަޒީރާއި ހަވާލުކުރެއްވީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ 23 ނޮވެމްބަރު 2023 ގައި ޗުއްޓީއެއްގައި ރާއްޖެއިން ބ...
ޔުމްނާ ޢަލީ
ކިޔެވުމެކޭ އެއްވަރަށް ކުޅިވަރުގައި ވެސް ކުދިން ކުރިއަށްގެންދިއުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. ރައީސްގެ އަނބިކަނބަލުން ސާޖިދާ މިހެން ވިދާޅުވީ، އިއްޔެ ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނެސްލޭ ކިޑްސް ނެޓްބޯލް ފެސްޓް 2023 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުދިންގެ ހެދިބޮޑުވުމުގައި ކުޅިވަރަކީ ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފަސްޓްލޭޑީ މެޑަމް ސާޖިދާގެ...
ޔުމްނާ ޢަލީ
އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއާއި ގުޅިގެން އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. 1 ޑިސެމްބަރު 2023 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ މާރާމާރީއަކާއިގުޅިގެން އެކަން އެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެ އިދާރާއިން އިއްޔެ މެންދުރުފަހު ވަނީ ހާމަކޮށްފައެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން 30 އަހަރުގެ ދިވެހި ފިރިހެނެއް ޒަޚަމްވެފައިވާ ކަމަށާއި، މީހާގެ [...
ޔުމްނާ ޢަލީ
ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ބޭއްވުނީ ކާމިޔާބު ބައްދަލުވުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ “ކޮޕް28″ ގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަތަމަ ފަހަރަށް އިއްޔެ ބައްދަލުކުރައްވައި، އެކިކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. ރައީސް @MMuizzu އާއި އެކު މިއަދު ކާމިޔާބު ބައްދަލުވުމެއް ވަނީ ކުރިއަށްގޮސްފައިއެވެ.އިންޑިއާއާއި ރާއްޖޭގެ އެކުވެރިކަން ފުޅާކުރެވޭނ...
މުޙައްމަދު
ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުން ހިނގާ ޚަރަދު ދަތުރުފުޅު ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރަން ރައީސް ނިންމަވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސް ވަނީ ހަމަޖައްސަވާފަ ކަމަށެވެ. ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް މުޢިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުޅެއް […]
ޔުމްނާ ޢަލީ