ރައީސް، ފެންވަރު ރަނގަޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ސިޔާސަތުތައް ކަނޑައަޅުއްވައިފި
ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަމުގައި ހެދުމަށް ބޭނުންވާ ސިޔާސަތުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސް މި ސިޔާސަތުތައް ކަނޑައެޅުއްވީ އިއްޔެ ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، އެކަމާއިބެހޭގޮތުން ސިއްހަތާބެހޭ ވުޒާރާއިން ހުށަހަޅުއްވާފައިވާ ކަރުދަހާމެދު ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކުއެވެ. އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމަވާފައިވާ ކަންކަމުގެ ތެރޭ...