ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް ރިޕޯޓްނުކޮށް ސީން ދޫކޮށް ދިޔަ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދުމުގެ މައްސަކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަމުންދާކަމަށެވެ. ފުލުހުން ވަނީ އެކްސިޑެންޓާ ގުޅޭ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.

Ad
rt

ފުލުހުން ބުނެފައިވަނީ އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައި ނުވާކަމަށެވެ.

އެ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ވީޑިއޯއިން ފެންނަނީ ސައިކަލްގައި ދިޔަ ދެ މީހަކު ޕާކްކޮށްފައި އޮތް ކާރެއްގައި ޖެހި ވެއްޓޭ މަންޒަރެވެ. އެ ސައިކަލު ކައިރީގައި ތިބީ ދެ އަންހެނުންނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ކުޑަ ވަގުތުކޮޅެއް ފަހުން އެ ތަނަށް ސައިކަލްތަކެއްގައި އިތުރު ބަޔަކު އާދެއެވެ. އެ އެންމެން ވާހަކަ ދައްކަން ތިބުމަށްފަހު، އެތަނުން އެއް އަންހެނުން ކުއްޖަކު ސައިކަލުގައި ބަލާ ފިރިހެނަކު އާދެއެވެ. އަދި އެ އަންހެން ކުއްޖާ އޭނާއާ އެކު ދިޔުމުން، ސައިކަލު ކައިރީގައި ހުރި އަނެއް އަންހެން ކުއްޖާ ވެސް ސައިކަލަށް އަރައިގެން އެކުއެކީގައި ނައްޓާލައެވެ.