މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް (15:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,873 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 406 ވަނަ ޞަފްޙާ

ޔާމީނަށް އިއްވި ހުކުމްތައް ބާތިލްކޮށް, މިނިވަންކޮށްފި

ޔާމީނަށް އިއްވި ހުކުމްތައް ބާތިލްކޮށް, މިނިވަންކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހަތް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލް ކުރުމާ އެކު, މައްސަލަ އަލުން ބަލަން އަމުރު ކުރުމުން އެމަނިކުފާނު މިރޭ މިނިވަންވެއްޖެ އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް, އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް، ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި […]

ހުސައިން ހަބީބް
ޔާމީނަށް އިއްވި އެއް ހުކުމް ބާތިލްކޮށްފި

ޔާމީނަށް އިއްވި އެއް ހުކުމް ބާތިލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދެންމެ ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަންގައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވީ މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށް، ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމެކެވެ. އެ މައްސަލަ […]

ހުސައިން ހަބީބް
ފީފާއިން އެފްއޭއެމަށް 190 މިލިއަން ދިން, ބޮޑު ބައެއް ބޭނުންކުރީ ބައްސާމްގެ އަމިއްލަ ކަންކަމަށް: ޕީޖީ އޮފީސް

ފީފާއިން އެފްއޭއެމަށް 190 މިލިއަން ދިން, ބޮޑު ބައެއް ބޭނުންކުރީ ބައްސާމްގެ އަމިއްލަ ކަންކަމަށް: ޕީޖީ އޮފީސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން 12 މިލިއަން ޑޮލަރު (191 މިލިއަން ރުފިޔާ) ދިންއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ބޭނުންކުރީ އެފްއޭއެމްގެ ރައީސް ރައީސް ބައްސާމް ޢަދީލް ޖަލީލްގެ އަމިއްލަ ބޭނުމަށް ކަމަށް ޕްރޮސެކިއުޓަރ ޖެެނެރަލް އޮފީހުން ބުނެފިއެވެ.  ޕީޖީ އޮފީހުގެ ނިއުސްލެޓަރ އުންސުރުގެ 6 ވަނަ އަދަދުގައި މިއަދު ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން 2018 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ފީފާއިން 12 […]

ހުސައިން ހަބީބް
ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވަން ފަށައިފި

ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވަން ފަށައިފި

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅިގެން ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ މަޖިލިހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ދަނީ ފުލުހުންނާ ގުޅިގެން ކަމަށް އީސީން ބުނެފައިވެއެވެ. އީސީން ބުނި ގޮތުގައި މިއަދު އެ ތަކެތި ފޮނުވަން ހަމަޖެހިފައި ވަނީ ހއ، ހދ، އއ، އދ، […]

މުޙައްމަދު
އަންޑަމަން އައިލޭންޑްސް ކައިރިއަށް 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް

އަންޑަމަން އައިލޭންޑްސް ކައިރިއަށް 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް

އަންޑަމަން އައިލޭންޑްސް ކައިރިއަށް 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. އަންޑަމަން އައިލޭންޑްސް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ ހދ. ހަނިމާދޫ އާއި 2250 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ.

ޔުމްނާ ޢަލީ
އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި

އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި

ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގަންނަވާ މެމްބަރުން ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް އެ ބިލް ތަސްދީގުކުރެއްވުމާ އެކު އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ ބިލަކީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ...

މުޙައްމަދު
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެމްބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޛު އިސްހާގު ހުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއު...

މުޙައްމަދު
އިންތިހާބުގައި ޕީއެސްއެމްއިން ބޭނުންކުރި ސޮފްޓްވެއާއަށް ހަ ލައްކަ ރުފިޔާ ދޭން ޖެހިއްޖެ

އިންތިހާބުގައި ޕީއެސްއެމްއިން ބޭނުންކުރި ސޮފްޓްވެއާއަށް ހަ ލައްކަ ރުފިޔާ ދޭން ޖެހިއްޖެ

ޕީއެސްއެމްއަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްދިން ސޮފްޓްވެއާގެ އަގަށް 39،000 ޔޫރޯ (640,000ރ.) ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ ގެނެސްދޭ ސޮފްޓްވެއާ ފޯރުކޮށްދިނުމަށް ޕީއެސްއެމް އިން 2018 ވަނަ އަހަރު ވިސްޑަމް ޓެލެވިޒަން – ސިސްޓެމަސް އިންފޯމަޓިކޮސް ޕެރާ ޓެލެވިޒޯ ކިޔާ ކުންފުންޏަކާ އެކު އެއްބަސްވެފައިވަނީ ސޮފްޓްވެއާގެ އަގުގެ ގޮތުގައި ޖުމްލަ 72،500 ޔޫރޯ ދައްކަން ޖެހޭ ގޮތަށެވެ. ޕީއެސްއެމް އިން ވަނީ […]

ހުސައިން ހަބީބް
މިނިސްޓަރު އިހުސާނާއި ފުލުހުންގެ އޮފިސަރުންތަކެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަނީ

މިނިސްޓަރު އިހުސާނާއި ފުލުހުންގެ އޮފިސަރުންތަކެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލަނީ

ރާއްޖެ ގެނައި 119 ކިލޯގެ ޑްރަގް މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި، އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެޖެންޑާކޮށްފި އެވެ. ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރު އިހުސާން އިރުޝާދުގެ ދަށުން ފުލުހުން ވަނީ ނޫސްވެރިންގެ […]

ހުސައިން ހަބީބް
އީސީގެ މެމްބަރު ކަމަށް ހަސަން ޢައްޔަންކޮށްފި

އީސީގެ މެމްބަރު ކަމަށް ހަސަން ޢައްޔަންކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ޙަސަން ޒަކަރިއްޔާ، ޢައްޔަން ކުރައްވައިފިއެވެ. އީސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހަސަން ފުރުއްވަމުން ގެންދެވީ އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމެވެ. އީސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޙަސަން ޒަކަރިއްޔާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ކުރ...

ޔުމްނާ ޢަލީ
ވެހިކަލް ގަންނަން މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ބަލަނީ

ވެހިކަލް ގަންނަން މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް ބަލަނީ

މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އިން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނީ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް އެ އިދާރާއަށް މި މަހު ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގައި އިތުރު ބަޔަކަށް ގެއްލުން ލިބިފައިވޭތޯ ބަލަން އިއުލާނުކޮށް، އޭގެ […]

މުޙައްމަދު
އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެ، މާލެ އަދި ގެމަނަފުއްޓަށް

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެ، މާލެ އަދި ގެމަނަފުއްޓަށް

ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާއިގައި މާލެ އާއި ހުޅުލެ އަދި ގއ. ގެމަނަފުއްޓަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް މޯލްޑިވްސް މީޓިއަރޮލޮޖީ ސާވިސް އިން ހާމަކޮށްފިއެވެ. މެޓް އޮފީހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އިން ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް 108.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެވަނަ އަށް އެންމެ ގިނައިން ވެހުނީ މާލެއަށެވެ. މާލެއަށް 103.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި […]

މުޙައްމަދު
ޓެކުހުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދާނަން: ރައީސް

ޓެކުހުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދާނަން: ރައީސް

ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ޓެކްސްތަކުން ބައެއް ކައުންސިލްތަކަށް ޖަމާވާ ގޮތަށް ގާނޫނު އިސްލާހު ކުރެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ފ. ފީއަލީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިހާތަނަށް ކުރެއްވި ދަތުރުފުޅުގައި 168 ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރެއްވުނު އިރު، އެތަންތަން ބާރުވެރި ކުރުވަން ޖެހޭ ކަން އެ ބައްދަލ...

މުޙައްމަދު
ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް ނިލަންދޫ ހަދައިދޭނަން: ރައީސް

ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް ނިލަންދޫ ހަދައިދޭނަން: ރައީސް

ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް އެ އަތޮޅުގެ ވެރިރަށް ނިލަންދޫ ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ފ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ނިލަންދޫއަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާގޮތަކަށް ކަންކަން ކުރުމެވެ. އެގޮތުން މި ސަރުކާރ...

ޔުމްނާ ޢަލީ
މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް އީސީ އަށް ހުށަހަޅައިފި

މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް އީސީ އަށް ހުށަހަޅައިފި

މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ 41 މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. އެ ކޮމިޝަނުން ބުނީ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގެ ތެރެއިން 38 މައްސަލައެއް ބަލަން ނިންމައި ހަތަރު މައްސަލައެއް މިހާރު ވެސް ބަލަން ފަށާފައިވާ ކަމަށެވެ. އީސީ އަށް އެންމެ ގިނަ ހުށަހެޅީ ވޯޓުލުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެ. އެގޮތުން 26 މައްސަލައެއް ކޮމިޝަނަށް ހުށަހެޅިއެވެ. އޭގެއިތުރން ކެމްޕެއިން ކުރުމާ ގުޅޭ […]

މުޙައްމަދު