މާލޭގެ ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ ނުވަ އުޅަނދެއް ފުލުހުން ޓޯކޮށްފިއެވެ. މި އުޅަނދުތައް ޓޯކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް މަގުމަތިން ނެގުމަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ މަސައްކަތުގެ ތެރެއިންނެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ބޮޑުތަކުރުފާނުމަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ރެޔާއި ހަމައަށް ހަތަރު ފުރޮޅުލީ ނުވަ އުޅ...
ޔުމްނާ ޢަލީ
މިނިސްޓްރީތަކުން ހިންގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ “އަހާ” ފޯރަމްގެ އަށްވަނަ ބައްދަލުވުން، ކުރިއަށް އޮތް އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައި، ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މިއަންނަ އާދިއްތަ ދުވަހުގެ ރޭ 21:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމް ޖުމްލަ ދެ ގަޑިއިރުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މި ފަހަރުގެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުންނަކީ އެޓ...
ޔުމްނާ ޢަލީ
ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މުޅިރާއްޖޭގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެކި ރަށްރަށުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ވަނީ ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު 3 ސަރަޙައްދުގައި ވެސް ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. “ޑޯންޓް މިސް އަ ބީޓް” މި ޝިޢާރުގެ ދަށުން ބޭއްވި މި ހަރަކާތުގެ މައިގަނޑ...
ޔުމްނާ ޢަލީ
”ދައުލަތުން ފައިސާ ނަގައިގެން ގައުމުގެ އިގްތިސޯދު ފުނޑާލަން މަސައްކަތްކުރާ” ސިޔާސީ ޕާޓީތަކާ ދެކޮޅަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ. މެމްބަރު ޢަބްދުﷲ ޝަރީފް މިހެން ވިދާޅުވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އީސީ އާއި އޭސީސީ އަދި ރައްޔިތުންގެ މަޖިލިސް ޓެގް ކުރަށްވާ ކުރެއްވި މި ޕޯސްޓްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުން މިވަގުތު ފެންނަމުންދަނީ ގައުމު އިސްކުރުމުގެ ބަދަލުގައި،...
އަލީ އާދިލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި ދިވެހި ފިރިހެނެއްގެ އަތުން ވަޒަނެއްގެ ހުސް ދޯރިއެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ 2026 އޮކްޓޫބަރު 02 ވީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ތައްޔާރުވަމުން ދިޔަ ދިވެހި ފިރިހެނެއްގެ އަތުން ވަޒަނުގެ ހުސް ދޯރި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައާ ގުޅިގެން […]
ޔުމްނާ ޢަލީ
މި އަހަރުގެ މިހައިތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް ފައިސާގެ ޢަދަދު، ވޭތުވެދިޔަ 2025ވަނަ އަހަރު މުޅިއެކު ލިބުނު ޖުމުލަ ޢަދަދަށް ވުރެ އިތުރުވެއްޖެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އަންނަ މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފިއެވެ. އެ އިދާރާއިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، 2026ވަނަ އަހަރުގެ 1 ޖަނަވަރީ އިން ފެށިގެން 30 ސެޕްޓެންބަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 109,262,025.69 (އެއްސަތޭކަ ނުވަ މިލިއަން ދެލައްކަ ފަސްދޮޅަސް […]
ފާތިމަތު ސަޙާ
ކޮންގްރެސްގެ ނަމުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން “ހޭވީ ވަރަށް ބޮޑު ހަޑިއެއް” ކަމަށާއި ”ގޮތް ހުސްވުމުން ވާނީ ވެސް އެހެން” ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. އެމްޑީޕީގެ ފަސް ވަނަ ކޮންގްރެސް ރޭ ރަސްމީކޮށް ފަށާފައިވާއިރު، މި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ބޭރުގެ އެކި ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވި އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި […...
އަލީ އާދިލް
ދިވެހިރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން ޢާންމު ޢިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމު ތަންތަނުގައި އުޅޭ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން މަގުމަތީގައާއި އާންމު އެކި ތަންތަނުގައި އު...
ފާތިމަތު ސަޙާ
ޚާއްޞަ އެހީއަށް ބޭނުންވާ އުމުރުން 19 އަހަރުގެ ފައްޔާހް ހަސަން ފަޔާޒް (ދޮންކަލޯ) އަށް ރައްކާތެރި ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ދިވެހި ޓިކްޓޮކް ކޮމިއުނިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ ޚާއްޞަ ފަންޑްރައިޒިން އިވެންޓުން، ރެކޯޑް އަދަދެއް ކަމަށްވާ 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ”ހިޔާ ފޯ ދޮންކަލޯ”ގެ ނަމުގައި ރޭ ބޭއްވި މި ޚާއްޞަ ލައިވް އިވެންޓް ކުރިއަށް ގެންގޮސްފައިވަނީ ދޮންކަލޯގެ ބައްޕަ، ފަޔާޒްގެ ރަސްމީ ޓިކްޓޮކް އެކައުންޓް މެދުވެރިކޮށެވެ. މި ހަރަކާތަކީ ދޮންކަލޯގެ އާއިލާއަށް...
ފާތިމަތު ސަޙާ
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަސް ވަނަ ކޮންގްރެސް މިރޭ ފަށައިފިއެވެ. މާލެ ސިޓީ ހޯލުގައި މިރޭ މި ކޮންގްރެސް ފަށާފައިވާއިރު، އެމްޑީޕީގެ ލީޑާޝިޕާއި، ކައުންސިލަރުންނާއި ގައުމީ މަޖިލީހާއި ގޮފިތަކުގެ ރައީސުންގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކުގެ ޢިއްޒަތްތެރިން ވެސް ދަނީ ބައިވެރިވަމުންނެވެ. ކޮންގްރެެސްގެ ދެ ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހު އިންވެސްޓްމަންޓް ފޯރަމެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، ހޮނިހިރު ދުވަހު ކޮންގްރެސްގެ ރިޕޯޓު ހުށަހެޅުމާއި އެމްޑީޕީގެ އެޕްލިކޭޝަ...
ޔުމްނާ ޢަލީ
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، އުފެއްދުންތެރިކަން މައްޗަށް ގެންދިއުމަށާއި، ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ހުރިހާ ގޮތަކުންވެސް މިހާރަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް މިފަދައިން ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ....
ޔުމްނާ ޢަލީ
ހއ. އުތީމު ގަނޑުވަރު ހިމެނޭ ސަރަޙައްދު ލޭންޑްސްކޭޕްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް “އެކްސެސް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑް” އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ އިންޑިއާ ސަރުކާރުން ދެއްވި ގްރާންޓްގެ ދަށުން، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަންނީ ލަފަޔާއި އިރުޝާދު އަދި ހުއްދައާއެކުގައި ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. އުތީމު ކައުންސިލްގެ ރައީސް “ތިލަދުން”އަށް ވިދާޅުވީ، ގާތްގަނޑަކަށް 2 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް...
ފާތިމަތު ސަޙާ
ރާއްޖޭގެ އިސްލާމީ މާލީ ދާއިރާ ފުޅާކޮށް ކުރިއެރުވުމަށާއި ސަރުކާރުގެ މާލީ ބޭނުންތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި، “ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ކުންފުނި އުފެއްދެވީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2026/1...
ޔުމްނާ ޢަލީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށާއި، އެ ފަރާތްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް އެފަދަ 416 ފަރާތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް ސިއްހަތާއި، އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ވަޒީރު ޤީލާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމަޢުގައި ބާކީނުވެ، ޢިއ...
ޔުމްނާ ޢަލީ
ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު 1,000 ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި، އެ ޚިދުމަތުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހާސިލުކުރެވިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ވަޠަނީ ޚިދުމަތަށް އެއް އަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، 01 އޮކްޓޫބަރު 2025 ގައި މި ސަރުކާރުން ފެށި މި ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި އެ ޒުވާނުންގެ ޢާއިލާތަކަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވާ ކަމަށެ...
ޔުމްނާ ޢަލީ