މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,833 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 23 ވަނަ ޞަފްޙާ

ރައީސް ދެއްވީ ޗައިނާގެ އެކުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް ސާބިތުވެތިބިކަމުގެ ޔަޤީންކަން

ރައީސް ދެއްވީ ޗައިނާގެ އެކުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް ސާބިތުވެތިބިކަމުގެ ޔަޤީންކަން

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް ރާއްޖެއިން ސާބިތުވެ އޮތްކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ޗައިނާގެ 77 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް އަދި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތީ އިތުބާރާއި،...

ޔުމްނާ ޢަލީ
ރާއްޖޭގެ ދިރުންތައް ހިމާޔަތްކުރަން ޔޫއެންޑީޕީއާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން ބޮޑު މަޝްރޫޢެއް ފަށަނީ

ރާއްޖޭގެ ދިރުންތައް ހިމާޔަތްކުރަން ޔޫއެންޑީޕީއާއެކު އެންވަޔަރަންމަންޓް މިނިސްޓްރީން ބޮޑު މަޝްރޫޢެއް ފަށަނީ

ރާއްޖޭގެ ތިމާވެއްޓާއި ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ޤައުމީ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ތިމާވެށި ހިމާޔަތްކުރުމުގެ ޚާއްޞަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، ދެ އ...

ޔުމްނާ ޢަލީ
ޝިޕް އިމާދުއްދީންގެ އޮޕަރޭޝަނެއްގައި ތުރާކުނު ބޭރުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެ ކުޅުދުއްފުއްޓަށް ގެންދަނީ

ޝިޕް އިމާދުއްދީންގެ އޮޕަރޭޝަނެއްގައި ތުރާކުނު ބޭރުން ބޭރުގެ މަސްބޯޓެއް އަތުލައިގަނެ ކުޅުދުއްފުއްޓަށް ގެންދަނީ

އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުން ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، މި ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރ...

ޔުމްނާ ޢަލީ
ސިޔާސީ ވިސްނުމުގައި އިންވެސްޓްމަންޓްތައް ބޭރުކުރުމުން ގެއްލުންވަނީ ހުރިހާ ދިވެހިންނަށް: އާޒިމާ

ސިޔާސީ ވިސްނުމުގައި އިންވެސްޓްމަންޓްތައް ބޭރުކުރުމުން ގެއްލުންވަނީ ހުރިހާ ދިވެހިންނަށް: އާޒިމާ

ސިޔާސީ ވިސްނުމުގައި ސަރުކާރު ބަލިކުރުމުގެ ބޭނުމުގައި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްތައް ބޭރުކުރުމުން އެކަމުގެ ގެއްލުން ވަނީ ވަކި ވެރިއަކަށް ނޫން ކަމަށާއި، އޭގެ ގެއްލުން ކުރަނީ ހުރިހާ ދިވެހިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީ ޢާއިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ސަރުކާރާއި، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލައްބާރު ގުޅިގެން ރަސްމާލޭގައި ތަ...

އަލީ އާދިލް
ރަސްމާލެ މަޝްރޫޢުން ލިބޭ އާމްދަނީ މުޅި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭވަރަށްވުރެ އިތުރުވާނެ: ޒަރީރު

ރަސްމާލެ މަޝްރޫޢުން ލިބޭ އާމްދަނީ މުޅި ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭވަރަށްވުރެ އިތުރުވާނެ: ޒަރީރު

ރަސްމާލޭގައި ތަރައްގީކުރާ “މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ” މަޝްރޫއުން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ، ރާއްޖޭގައި މިހާރު ހިންގާ 179 ރިސޯޓާއި، 16 ހޮޓަލާއި، 920 ގެސްޓްހައުސް އަދި 165 ސަފާރީ އުޅަނދުން ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީއަށްވުރެ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ. މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަރީރު ވިދާޅުވީ، ރަސްމާލެ މަޝްރޫއު ތަރައްގީކުރުމަށް ކަނޑައެޅިފައިވާ 10 އަހަރުގެ މުއްދަތުގެ ތެރޭގައި ދައުލަތަށް 11...

ޔުމްނާ ޢަލީ
ވަންދޫގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ވަންދޫގައި ސިހުރު ހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ތ. ވަންދޫގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން މިރޭ ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ސެޕްޓެމްބަރު 29 ވަނަ ދުވަހުގެ ހަވީރު 18:05 އެހައިކަންހާއިރުއެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޔުމްނާ ޢަލީ
އެމެރިކާގެ ފިޔަވަޅުތަކާއެކު ހުއްޓުނު އިރާގު-އީރާން ދަތުރުތައް އަލުން ފަށަނީ

އެމެރިކާގެ ފިޔަވަޅުތަކާއެކު ހުއްޓުނު އިރާގު-އީރާން ދަތުރުތައް އަލުން ފަށަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ޚާއްސަ އިސްތިސްނާއެއް ލިބުމާ ގުޅިގެން، އިރާގާއި އީރާނާ ދެމެދު ބާއްވާ ދަތުރުތައް އޮކްޓޯބަރު 2026 ގައި އަލުން ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވަމުންދަނީ އިރާގުގެ ގައުމީ އެއާލައިން، އިރާގީ އެއާވޭސްއިންނެވެ. އިރާގުގެ ދައުލަތުގެ ނިއުސް އޭޖެންސީ (އައިއެންއޭ) އިން އަންގާރަ ދުވަހު އާންމުކުރި އިރާގީ އެއާވޭސްގެ ބަޔާނެއްގައި ބުނީ، އެމެރިކާގެ ފިޔަވަޅުތަކުން އިސްތިސްނާއެއް ހޯދިފައިވަނީ އިރާގު ސަރުކާރާއ...

ނާޒިމާ އަލީ
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤްވާމީ ޤަރާރުގައި ރާއްޖެއިން ސޮއިކޮށްފި

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤްވާމީ ޤަރާރުގައި ރާއްޖެއިން ސޮއިކޮށްފި

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ނިޒާމު ވަރުގަދަކޮށް، އަނިޔާ ކޮށްގެން ހުށަހަޅާ މައްސަލަތަކަށް އިޖާބަދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި އެކުލަވާލާފައިވާ “ބޮގޯޓާ ކޯލް ޓު އެކްޝަން” ޤަރާރުގައި ދިވެހިރާއްޖެއިން އިއްޔެ ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ އިން ބުނީ ދިވެހިރާއްޖޭގެ ފަރާތުން މި ޤަރާރުގައި ސޮއިކުރެއްވީ މިނިސްޓަ...

ޝިއުނާ އާދަމް
''ތަކުރާރުކޮށް ޓްރެފިކް ގަވާއިދާ ހިލާފުވާ މީހުންނަށް ދެން ލުޔެއް ނެތް''

''ތަކުރާރުކޮށް ޓްރެފިކް ގަވާއިދާ ހިލާފުވާ މީހުންނަށް ދެން ލުޔެއް ނެތް''

މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކާއި ގަވާއިދުތަކަށް ބޯނުލަބާ ފަރާތްތަކާމެދު ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން އެންމެ މަތީ ދަރަޖައިގައި ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އާންމުކުރެއްވި މެސެޖެއްގައެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މެސެޖުގައި ވިދާޅުވެފައިވަނީ، މަގުމަތީގެ ޓްރެފިކް އާންމު އުސޫލުތަކަށާއި އަދަބުތަކަށް ބޯނުލަބާ މަދު ބައެއްގެ ސަބަބުން، ގިނަ ބައެއްގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ. އަދި އެފަދަ...

ޝިއުނާ އާދަމް
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރޭ ވަނީ ރާއްޖެ ވަޑައިގެންފައެވެ. ރައީސްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި އެ ޢައުމަށް ފުރާވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.

ޔުމްނާ ޢަލީ
ރާއްޖޭގެ 15-65 އަހަރާ ދެމެދުގެ %4.7 މީހުން ހިތުގެ ބައްޔާއި ސްޓްރޯކް ތަޙައްމަލު ކުރޭ: ރިޕޯޓް

ރާއްޖޭގެ 15-65 އަހަރާ ދެމެދުގެ %4.7 މީހުން ހިތުގެ ބައްޔާއި ސްޓްރޯކް ތަޙައްމަލު ކުރޭ: ރިޕޯޓް

ދިވެހިރާއްޖޭގެ 15 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ %4.7 މީހުންނަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ދުނިޔޭގެ ހިތުގެ ދުވަހާ ގުޅުވައިގެން އެޗްޕީއޭ އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި މަރުވާ މީހުންގެ %84 އަކީ ގައިންގަޔަށް ނާރާ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުން ކަމަށެވެ. ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ […]

ޔުމްނާ ޢަލީ
ރަސްމާލެ މަޝްރޫޢު ގަވަންކުރާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުން: އުޝާމް

ރަސްމާލެ މަޝްރޫޢު ގަވަންކުރާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުން: އުޝާމް

ރަސްމާލެ މަޝްރޫޢު ކުރިއަށް ގެންދާނީ އަލަށް އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުން ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ، ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް މެރީނާއެއް ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ކުއްޔަށް ދިނުން ހުއްޓާނުލައިފިނަމަ، ސަރުކާރު ބަދަލުވުމާއެކު އެކަމުގައި ބައިވެރިވި އިސްވެރިންނަށް އަދަބު ދޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިންޒާރު ދެއްވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން މީސްމީޑިއާގ...

ޝިއުނާ އާދަމް
ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓޭނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިގެން: އިޙްސާން

ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓޭނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވިގެން: އިޙްސާން

ސޭފްޓީ އެންޑް ސެކިޔުރިޓީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ އަޒުމަކަށްވާންވީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމަށް ދިވެހިރާއްޖެ ހެދުން ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފަޔަރ، ސޭފްޓީ އެންޑް ސެކިޔުރިޓީ އިންޑަސްޓްރީ (މަފްސީން) އިން އިންތިޒާމްކޮށްގެން ބާއްވާ ސޭފްޓީ އެންޑް ސެކިޔުރިޓީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކާގައެވެ. މި ކޮންފަރެންސް ފެ...

ޔުމްނާ ޢަލީ
ޔާމީން ތަހުގީގުގައި ހުރީ ހަނު, މިހާރު ކޯޓުގައި ދިފާއީ ހެކި ހުށަނޭޅޭނެ: ދައުލަތް

ޔާމީން ތަހުގީގުގައި ހުރީ ހަނު, މިހާރު ކޯޓުގައި ދިފާއީ ހެކި ހުށަނޭޅޭނެ: ދައުލަތް

ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަހުގީގުގައި ހަނު ހުރެފައިވާތީ, ޝަރީއަތުގައި ދިފާއީ ހެކި ހުށަނޭޅޭނެ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީންގެ މައްޗަށް ދައުވާ ކުރާއިރު, އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. […]

ހުސައިން ހަބީބް
އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ރ. އަނގޮޅިތީމު ގެއަކަށް ވަދެ 72 އަހަރުގެ ދިވެހި އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކޮށް، މަރާލާނެ ކަމަށް ބުނެ އިންޒާރުދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:30 ހާއިރުއެވެ. މި ހާދިސާގައި އަނިޔާ ލިބުނު އުމުރުން 72 އަހަރުގެ އަންހެން މީހާއަށް އަނގޮޅިތީމު ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ […]

ޔުމްނާ ޢަލީ