މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 208 ވަނަ ޞަފްޙާ

ފްލައިޓުގައި ލައިޓަރު ގެންދެވޭގޮތް ހަދައިފި

ފްލައިޓުގައި ލައިޓަރު ގެންދެވޭގޮތް ހަދައިފި

ދިވެހިރާއްޖެއިން ފުރާ ފްލައިޓްތަކުގައި ފަސެންޖަރުން ދަތުރުކުރާއިރު ކޮންމެ ފަސިންޖަރަކަށް އެއް ލައިޓަރު ގެންދެވޭގޮތަށް އުސޫލަށް ބަދަލުގެނެސްފިއެވެ. ރާއްޖެއިން ފުރާ ފްލައިޓްތަކާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ލައިޓަރު ނުގެންދެވޭގޮތަށް އަމަލު ކުރަމުން އަންނަތާ މިހާރުވަނީ އަހަރުތަކެއްވެފައެވެ. މިކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން ނެރުނު ސާކިއުލަރއެއްގައި ބުނެފައިވަނީ، މި ހުއްދަ ދީފައިވަނީ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް (އެންސީއޭއެސްޕީ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އ...

އިބްރާހިމް ޚަލީލް
އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ޣަނީ އައްޔަންކުރައްވައިފި

އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ޣަނީ އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ހެންވޭރު ހޯސްޓްސައިޑް ޢަބްދުލްޣަނީ މުޙައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. ހުވައިކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. އައު އުއްތަމަ ފަނޑިޔާރަކީ ތަޢުލީމީ ގޮތުން އަދި ތަޖުރިބ...

ޔުމްނާ ޢަލީ
އެކްސިޑެންޓްވި 17 އަހަރުގެ ޒުވާނަަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

އެކްސިޑެންޓްވި 17 އަހަރުގެ ޒުވާނަަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ފުވައްމުލަކު ސިޓީގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ޒުވާނެއް ނިޔާވެއްޖެ އެވެ. މި ހިތާމަވެރި ހާދިސާ ހިނގީ ފުވައްމުލަކު ފުނާޑު އަވަށުން ހުސްނުހީނާ މަގުގައެވެ. ފުލުހުންދިން މައުލޫމާތުގައިވާ ގޮތުން، އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސައިކަލް ފާރުގައި ޖެހި ކޮންޓްރޯލް ގެއްލުމުން، މަގުބައްތި ހަރުކޮށްފައިވާ ހޮޅިދަނޑީގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ދަންވަރު 2:40 ހާއިރުއެވެ. މި ކުއްޖަ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމ...

ޔުމްނާ ޢަލީ
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ޑރ. މުހަައްމަދު މުޢިއްޒުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެވެ. ރައީސް އޮފީހުން މިރޭ ބުނީ، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންފައި ވަނީ މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރެޔެވެ. ރައީސް ވަނީ މިދިޔަ ޖޫން މަހުގެ 29 އިން މި ޖުލައި މަހުގެ […]

ޔުމްނާ ޢަލީ
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް މިހާރު ލިބޭނެ

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ އެއް އަހަރަށް މިހާރު ލިބޭނެ

ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދޫކުރާ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ތަންފީޒުކުރަން ފަށާނީ 2025 ވަނަ އަހަރުގެ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެވެ. މިކަން ހާމަކޮށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނީ ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އަދި ޞިއްޙީ ފަރުވާ ހޯދުމަށް ދަތުރުކުރާ ޤައުމަކަށްވެފައި، މި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ވިސާއާ ގުޅޭ ކަންކަމުގައި ދިމާވާ ގޮންޖެހުންތަކ...

ޔުމްނާ ޢަލީ
ނައިފަރުން ގެއްލުނު ކުއްޖާ އެރަށު މަގުމަތިން ފެނިއްޖެ

ނައިފަރުން ގެއްލުނު ކުއްޖާ އެރަށު މަގުމަތިން ފެނިއްޖެ

ޅ. ނައިފަރުން ގެއްލިގެން ހޯދަމުން ދިޔަ ކުއްޖާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ގެއްލިގެން ހޯދަމުންދިޔައީ އުމުރުން 15 އަހަރުގެ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ޅ. ނައިފަރު/ސީނިޔާގެ އެވެ. ފުލުހުން އަންގާރަ ދުވަހުގެރޭ ބުނިގޮތުގައި މައިސަރާ ވަނީ މިހާރު ފެނިފައެވެ. އޭނާ ފެނިފައި ވަނީ އެރަށުގެ މަގުމަތިންނެވެ. އެކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ. މައިސަރާގެ އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ...

ޔުމްނާ ޢަލީ
އިމިގްރޭޝަނުން ކަނޑުއުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމެއް ގާއިމުކޮށްފި

އިމިގްރޭޝަނުން ކަނޑުއުޅަނދުފަހަރު މޮނިޓަރކުރުމުގެ ނިޒާމެއް ގާއިމުކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުގެ ސީޕޯޓު ޑިވިޜަނުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފިއެވެ. އިމިގްރޭޝަނުން އާންމުކުރި ވީޑިއޯ މެސެޖެއްގައި ބުނެފައިވާ ގޮތުގައި، މި އައު ނިޒާމަކީ ޔުނިވަރސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޤާއިމުކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރ...

ޔުމްނާ ޢަލީ
15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދަނީ

15 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިންގޮތުގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 15 އަހަރުގެ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، ޅ. ނައިފަރު/ސީނިޔާގެ އެވެ. އާއިލާއަށް މައިސަރާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މައިސަރާ ގެއްލުނުއިރު ލައިގެންހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑ...

ޔުމްނާ ޢަލީ
މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައްވައި، ޚާއްޞަ އިނާމާބެހޭ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢު ކުރައްވާފައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” http://app...

ޔުމްނާ ޢަލީ
ޔަހޫދީން އަޤްޞާ މިސްކިތުގެ ހުރުމަތްކެނޑުން ދިވެހި ސަރުކާރުން ކޮށްވެރިކޮށްފި

ޔަހޫދީން އަޤްޞާ މިސްކިތުގެ ހުރުމަތްކެނޑުން ދިވެހި ސަރުކާރުން ކޮށްވެރިކޮށްފި

އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް އިޒްރޭލުގެ ޤައުމީ ސަލާމަތާބެހޭ ޖައްބާރު ވަޒީރު އިތަމާރް ބެން ގަވީރް އާއި އެހެން ޔަހޫދީންތަކެއް ވަދެ، އެ މާތް މިސްކިތުގެ ހުރުމަތް ކެނޑުމާ ގުޅިގެން ދިވެހި ސަރުކާރުން އެ ޢަމަލު ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި، އިސްލާމީ މުޤައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން، އެފަދަ ތަންތަ...

ޔުމްނާ ޢަލީ
ބޯންމެރޯ ހަދަން އިތުރު 7 ކުދިން ފޮނުވަން ތައްޔާރުވެއްޖެ

ބޯންމެރޯ ހަދަން އިތުރު 7 ކުދިން ފޮނުވަން ތައްޔާރުވެއްޖެ

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް އިތުރު 7 ކުދިން ފޮނުވަން ތައްޔާރުވެފައިވާކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ ހަތް ކުދިންނާއި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހީމް މިއަދު ވަނީ ބައްދަލުކުރަށްވާފައެވެ. ސަރުކާރުގެ “ހަފުތާ 14” ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ތެލަސީމިއާގެ ފަރުވާ ހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރ...

ޔުމްނާ ޢަލީ
ހުސެންގެ ފިހިން ގޮއިދޫ އަށް ހިތްގައިމުކަން

ހުސެންގެ ފިހިން ގޮއިދޫ އަށް ހިތްގައިމުކަން

ށ. ގޮއިދޫ އަށް ނިސްބަތްވާ އާޓިސްޓެއް ކަމަށްވާ އެ ރަށު ހީނާމާގެ، ޙުސައިން ވަޙީދުގެ ފަންނުވެރި ކުރެހުންތަކުން ރަށުތެރެ ޒީނަތްތެރިކޮށްލައިފިއެވެ. އެގޮތުން ޙުސައިންގެ މި މަސައްކަތުގެ ތެރެއިން ވަނީ ރަށުތެރެ ޒީނަތްތެރިކޮށް ފަންނުވެރި ހުނަރު ފާޅުކުރުމުގެ މަޤުސަދުގައި ދިވެހިރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ދިވެހިންގެ މަސައްކަތްތެރިކަން ދައްކުވައިދޭ ފުރިހަމަ ކުރެހުންތަކެއް ރަށުގެ ފާރެއްގައި ތަސްވީރުކޮށްފައެވެ. މި ކުރެހުންތަކަކީ 124 ފޫޓް ދިގު، 6.5 ފޫޓް އުސް ފާރެއްގައި (ޖުމްލަ 806 އަކަފޫޓް) ކުރެހިފައިވާ މ...

އައިޝަތު އައިނީ އާމިރު
ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ފަށައިފި

ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް މިއަދު ފަށައިފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އެ ހޮސްޕިޓަލްގައި އޮރިއެންޓޭޝަން ޕްރޮގްރާމް ވަނީ ބާއްވާފައެވެ. ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުން ކަމަށްވާއިރު، މި ޕްރޮގްރާމަކީ ޑޮކްޓަރުކަމުގެ ދާއިރާއިން ތަމްރީނު ހޯދުމަށް ކޮންމެހެން ބޭނުންވާ މުހިންމު ޕްރޮގްރާމެކެވެ. މާލެ ސަރަހައްދުގައި މިހާރު މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ހިންގަ...

ޔުމްނާ ޢަލީ
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން މި އިލްތިމާސްކޮށްފައި ވަނީ މޫސުމާ ބެހޭ އިދާރާއިން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުން ބާރުގަދަވެ، މުޅި ރާއްޖެއަށް ވިއްސާރަވެ، އާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީއެވެ. މި ދުވަސްވ...

ޔުމްނާ ޢަލީ
ޔަހޫދީން އަޤްސާ މިސްކިތަށް ވަދެގަތުން ޝަހީމް ކުށްވެރިކުރައްވައިފި

ޔަހޫދީން އަޤްސާ މިސްކިތަށް ވަދެގަތުން ޝަހީމް ކުށްވެރިކުރައްވައިފި

އަލް އަޤްސާ މިސްކިތަށް ޔަހޫދީން ވަދެގަނެ އިއްޔެ ހިންގި އަމަލުތައް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ. މި ކަމާ ގުޅޭ ގޮތުން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ކަންކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. “ބައިނަލްއަޤުވާމީ ރިޒޮލިއުޝަންތަކާއި ކޮންވެންޝަންތަކާ ހިލާފަށް ޒަޔަނިސްޓުން ހިންގާ މިފަދަ އަމަލުތައް ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢ...

ޔުމްނާ ޢަލީ