ދަރަނބޫދޫ އަކީ މޮޅު އެތުލީޓުން ގިނަ ރަށެއް، ފުޓްބޯޅަ ދަނޑާއިއެކު ދުވާ ޓްރެކެއް ތަރައްގިކޮށްދޭނަން: ރައީސް
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫއަކީ މޮޅު އެތުލީޓުން ގިނަ ރަށެއް ކަމަށާއި، އެކަމަށް ހިތްވަރުދެއްވުމުގެ ގޮތުން ފުޓްބޯޅަ ދަނޑަކާއެކު ދުވާ ޓްރެކެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ދަރަނބޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުދައްކަވަމުންނެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އެރަށުގ...