މާރާމާރީއެއްގައި އަނިޔާލިބުނު މީހަކަށް ފަރުވާދެނިކޮށް އޭނާ އަށް ފަރުވާ ދޭންތިބި ސިއްހީ މުވައްޒަފުންނަށް މަރުގެ އިންޒާރުދިނުމުންނާއި އޭނާގެ އަތުން ވަޅިއެއް ފެނުނު މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ލޫތު އިބްރާހީމް، ފުރުސަތު/ގދ. ވާދޫ އެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި މި މައްސަލައިގައި ލޫތު އިބްރާހިމް ހައްޔަރުކޮށްފައިވަނީ 19 ސެޕްޓެމްބަރ 2025 ވަނަ ދުވަހުއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ 14 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހިނގި މާރާމާރީއެއްގައި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް، ހަމަ އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މެޑިކަލް މުވައްޒަފުންނަށް މަރުގެ އިންޒާރު ދީ ބިރުދެއްކުމާއި، އޭނާގެ ޖީބުން ވަޅިއެއް ފެނުނު މައްސަލައިގައެވެ.
ކޯޓަށް ހާޒިރުކުރުމުން، ލޫތު އިބްރާހިމްގެ މައްޗަށް ކުރެވިފައިވާ ތުހުމަތާ ގުޅިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!