މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:00 އިން 01:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (20:35 އިން 02:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,831 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 18 ވަނަ ޞަފްޙާ

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށް، އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފި

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށް، އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ‘ސީ.އޭ.އޭ.2’ އިން ‘ސީ.އޭ.އޭ.1’ އަށް މަތިކޮށް، ރޭޓިންގެ އައުޓްލުކް ‘ސްޓޭބަލް’ އަށް ބަދަލުކޮށްފި އެވެ. މިކަން ހާމަކޮށްފައި ވަނީ މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ. މޫޑީސް އިން 8 އޮކްޓޫބަރު 2026 ގައި ނެރުނު ރިޕޯޓާ ހަވާލާދީ އެ ވުޒާރާއިން ބުނީ، ރޭޓިންއަށް މި ކުރިއެރުން ގެނެސްފައި ވަނީ ކުރުމުއްދަތުގައި […]

އަޙްމަދު ވަހީދު
މި ދައުރު ނިމުމުގެ ކުރިން ވެލިދޫގެ އައު ހޮސްޕިޓަލް ހުޅުވާނެ: ޤީލާ

މި ދައުރު ނިމުމުގެ ކުރިން ވެލިދޫގެ އައު ހޮސްޕިޓަލް ހުޅުވާނެ: ޤީލާ

މި ހިނގާ ރިޔާސީ ދައުރު ނިމުމުގެ ކުރިން ނ. ވެލިދޫގައި އިމާރާތްކުރަމުންދާ އައު ހޮސްޕިޓަލް ހުޅުވައި، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ލިބެން ފަށާނެ ކަމަށް މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ވެލިދޫ ސިއްޙީ މަރުކަޒުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ތަރައްޤީގެ ދަތުރު...

ފާތިމަތު ސަޙާ
ފުލުހުންގެ ކުއްލި އޮޕަރޭޝަނެއް: ފިލްމީ ދާއިރާގެ 3 މީހަކު ހިމެނޭހެން 4 މީހަކު ހައްޔަރުކޮށް ބަލައިފާސްކުރަނީ

ފުލުހުންގެ ކުއްލި އޮޕަރޭޝަނެއް: ފިލްމީ ދާއިރާގެ 3 މީހަކު ހިމެނޭހެން 4 މީހަކު ހައްޔަރުކޮށް ބަލައިފާސްކުރަނީ

ވިލިމާލޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށް، ބަލައިފާސްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ވިލިމާލޭގައި ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މިހާރު ދަނީ ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި ހަތަރު ފިރިހެނުނ...

ޔުމްނާ ޢަލީ
18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދަވައިފި

18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް އުފައްދަވައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ޤައުމީ އިދާރާތަކުން ދޭ ޚިދުމަތްތައް އަތޮޅުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ ގޮތުން 18 އަތޮޅެއްގައި “ސަރުކާރުގެ ޚިދުމާތު މަރުކަޒު” ގެ ނަމުގައި އިދާރާތަކެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި މަރުކަޒުތައް އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. އަލަށް އުފެއްދެވި މި މަރުކަޒުތަކުގެ ބަލަދުވެރި...

ޔުމްނާ ޢަލީ
ފުލުހުން އަތުލައިގަތް 2،500 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

ފުލުހުން އަތުލައިގަތް 2،500 އަށް ވުރެ ގިނަ ބަނގުރާ ފުޅި ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ދޫނިދޫގައި ނައްތާލައިފިއެވެ. ފުލުހުން ބުނީ ނައްތާލި މި ތަކެއްޗަކީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތިން އިންސިޑެންޓެއްގައި ހިމެނޭ ބަނގުރާ ކަމަށެވެ. މި ތަކެތި ނައްތާލުމުގެ ހަރަކާތް ދޫނިދޫގައި ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ މަހުގެ 5 ވަނަ ދުވަހުއެވެ. އެ ދުވަހު ނައްތާލި ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 500 އެމްއެލްގެ 2،547 ފުޅި […]

އަލީ އާދިލް
ފައިސަލް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަށްވަން ނިންމަވައިފި

ފައިސަލް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަށްވަން ނިންމަވައިފި

އެމްޑީގެ ދެވަނަ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވަން ނިންމަވައި އެކަން މިއަދު ރަސްމީކޮށް ޢިއުލާންކުރަށްވައިފިއެވެ. ފައިސަލް މިކަން ޢިއުލާންކުރެއްވީ ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ބޮޑަށް މަޝްވަރާ ކުރައްވެމަށްފަހު އެމަނިކުފާނުގެ ތާއީދާ އެކުގައެވެ. އަދި އެ ގޮތުގައި ކުރިއަށް ގެންދެވޭނަމަ...

ޔުމްނާ ޢަލީ
އިނާޔަތާއި ސަނަދު ލިބޭ ގޮތަށް ޒުވާނުން ޓޫރިޒަމަށް ނެރެން ބޮޑު ޕްރޮގްރާމެއް، އަންހެނުންނަށް ޚާއްސަ އިސްކަމެއް

އިނާޔަތާއި ސަނަދު ލިބޭ ގޮތަށް ޒުވާނުން ޓޫރިޒަމަށް ނެރެން ބޮޑު ޕްރޮގްރާމެއް، އަންހެނުންނަށް ޚާއްސަ އިސްކަމެއް

ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އަމަލީ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، މާލީ އިނާޔަތާއި ރަސްމީ ސަނަދު ލިބޭ ގޮތަށް ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ދަށުން، މި ދާއިރާގައި ދިވެހި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ އިސްކ...

ޔުމްނާ ޢަލީ
މަސްވެރިންގެ ދުވަހުގެ އެވޯޑަށް ހުޅުވާލައިފި، މިއަހަރު އަންހެން މަސްވެރިޔާގެ އެވޯޑުވެސް ދެނީ!

މަސްވެރިންގެ ދުވަހުގެ އެވޯޑަށް ހުޅުވާލައިފި، މިއަހަރު އަންހެން މަސްވެރިޔާގެ އެވޯޑުވެސް ދެނީ!

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދޭ ހާއްސަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. ކޮންމެ އަހަރަކު ވެސް ފާހަގަކުރާ މި އެވޯޑުތަކުގެ ތެރޭގައި، ހިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު މިއަހަރު އަލަށް ވަނީ ހިމަނައިފައެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މާލޭގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގައި ޖުމްލ...

ޔުމްނާ ޢަލީ
ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވި ނަމަވެސް ސީރިއަސްއެއް ނޫން

ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވި ނަމަވެސް ސީރިއަސްއެއް ނޫން

ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން މިރޭ ބުނީ، ވިލިމާލެއާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓްކޮށްފައި ވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހަވީރު 16:50 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ […]

ޔުމްނާ ޢަލީ
ފޯޅަވަހި ސަރަހައްދަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް

ފޯޅަވަހި ސަރަހައްދަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް

ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) ސަރަހައްދަށް 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނެފިއެވެ. ޗާގޯސް އާކިޕެލަގޯ ރީޖަން އަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ ރާއްޖޭގެ އައްޑޫ ސިޓީ އާއި 833 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ. ބިންހެލުމުގެ މައުލޫމާތު ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) ސަރަޙައްދަށް މެދުމިނުގެ ބ...

ޔުމްނާ ޢަލީ
ތިން މަސް ވަންދެން މީހަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތު، ފުލުހުންގެ ތަހުގީގެއް ފަށައިފި

ތިން މަސް ވަންދެން މީހަކަށް ފުރައްސާރަކުރި ކަމުގެ ތުހުމަތު، ފުލުހުންގެ ތަހުގީގެއް ފަށައިފި

ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން މީހަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެ މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހެނދުނު 06:00 އެހައިކަންހާއިރު ކަމަށެވެ. އަދި މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އާންމުވި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯއިން ފެންނަނީ ކަސްރަތަށް ނުކުމެ އުޅުނު...

ޔުމްނާ ޢަލީ
ވާހަކަދެއްކުމާއި ބަޙުސްކުރުމުގެ މުބާރާތްތަކުގެ ސަބަބުން ޤައުމަށް އުފަންވަނީ ހަރުދަނާ ޖީލެއް: ހީނާ

ވާހަކަދެއްކުމާއި ބަޙުސްކުރުމުގެ މުބާރާތްތަކުގެ ސަބަބުން ޤައުމަށް އުފަންވަނީ ހަރުދަނާ ޖީލެއް: ހީނާ

ވާހަކަދެއްކުމާއި ބަޙުސްކުރުމުގެ މުބާރާތްތަކުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލު އުޖާލާވެ، ހަރުދަނާ ދިވެހި ދަރީންތަކެއް އުފެދިގެންދާ ކަމަށާއި މީހަކީ ހަރުދަނާ ޝަޚުސިއްޔަތަކަށް ވަނީ ލިބިފައިވާ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތަކުން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވާހަކަދެއްކުމާއި ބަޙުސްކުރުމުގެ މުބާރާތްތަކުގެ ސަބަބުން ޤައުމަށް އުފަންވަނީ ހަރުދަނާ ޖީލެއް: ވަޒީރު ހީނާ ވަޒީރު މިހެން ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން އިންތިޒާމުކޮށްގެން އައްޑޫ ސ...

ޔުމްނާ ޢަލީ
އެކްސިޑެންޓްވީ ވަގަށް ނަގާފައިވާ ސައިކަލަކަށް ތިން މީހުން އަރައިގެން ދުއްވަނިކޮށް، 4 މީހެއްގެ ހާލު ސީރިއަސް

އެކްސިޑެންޓްވީ ވަގަށް ނަގާފައިވާ ސައިކަލަކަށް ތިން މީހުން އަރައިގެން ދުއްވަނިކޮށް، 4 މީހެއްގެ ހާލު ސީރިއަސް

ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވި ހާދިސާގައި އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ ދަންވަރު 02:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައެވެ. ދެ ސައިކަލު ޖެހި ހިނގި މި ހާދިސާގައި އަނިޔާވި މީހުންނަށް ވަގުތުން ފަރުވާ ދޭން ފަށާފައިވެއެވެ. މި ހާދިސާގައި އަނިޔާވި ފަސް […]

ޔުމްނާ ޢަލީ
ޓެކުހުން ލިބުނު އާމްދަނީ މަތިވެ އާމްދަނީ 30 ބިލިއަނަށް، އާސަންދަ އާއި ސަބްސިޑީއަށް ބޮޑު ހޭދައެއް

ޓެކުހުން ލިބުނު އާމްދަނީ މަތިވެ އާމްދަނީ 30 ބިލިއަނަށް، އާސަންދަ އާއި ސަބްސިޑީއަށް ބޮޑު ހޭދައެއް

މިއަހަރުގެ ސެޕްޓެމްބަރު 24 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30.205 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާއިން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 28.750 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.1 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވުމެވެ. މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވ...

ޝިއުނާ އާދަމް
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް: ފަސް މީހަކަށް އަނިޔާވެ ފަރުވާދެނީ

ހުޅުމާލޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް: ފަސް މީހަކަށް އަނިޔާވެ ފަރުވާދެނީ

ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ. ފުލުހުންގެ އިދާރާއިން މިއަދު ހެނދުނު މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގުގައެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 7 ވަނަ ދުވަހުގެ މެންދަމު 2:55 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ. މި...

ޔުމްނާ ޢަލީ