މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ލ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (20:35 އިން 02:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,831 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 17 ވަނަ ޞަފްޙާ

ނަފްސާނީ ހެލްޕްލައިނަށް އެހީއަށް އެދި 23،000 އަށް ވުރެ ގިނަ ކޯލު

ނަފްސާނީ ހެލްޕްލައިނަށް އެހީއަށް އެދި 23،000 އަށް ވުރެ ގިނަ ކޯލު

ނަފުސާނީ މައްސަލަތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ސަރުކާރުން ޤާއިމުކުރި ހެލްޕްލައިނަށް މިހާތަނަށް 23،000 އަށް ވުރެ ގިނަ މީހުން ގުޅައި،  އެހީތެރިކަން ހޯދާފައިވާކަމަށް ސިއްޙަތާއި އާއިލީ އަދި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަހާއި ގުޅުވައި އެ ވުޒާރާއިން ބުނީ ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ކަންކަމަކީ ބޮޑު ކަންބޮޑުވުމެއް އޮތް ދާއިރާއަކަށް ވުމާއެކު، ނަފުސާނީ ބަލީގެ ފަރުވާގެ ނިޒާމު ތަރައްޤީކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ އަހަންމިއްޔ...

ޔުމްނާ ޢަލީ
އެކަނިވެރިކަމުގައި ތިބި މީހުންގެ އަޑު ނާހައި ހަގީގީ އެހީތެރިކަމެއް ނުދެވޭނެ: ޤީލާ

އެކަނިވެރިކަމުގައި ތިބި މީހުންގެ އަޑު ނާހައި ހަގީގީ އެހީތެރިކަމެއް ނުދެވޭނެ: ޤީލާ

އެކަނިވެރިކަމާއި ހިތްދަތިކަމުގައި ނަފުސާނީ ގޮންޖެހުންތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ އަޑުއެހުމުން ނޫނީ އެމީހުންނަށް ބޭނުންވާ ހަގީގީ އެހީތެރިކަން ފޯރުކޮށްނުދެވޭނެ ކަމަށް ސިއްހަތާއި އާއިލީ އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ “ކޮމިއުނިޓީ ކަލަރ ރަން” ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮންމެ އަހަރެއްގެ ވެސް އ...

ޔުމްނާ ޢަލީ
ހުޅުމާލޭ ފިހާރައަކުން އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި އަތުލައިގެންފި

ހުޅުމާލޭ ފިހާރައަކުން އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި އަތުލައިގެންފި

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފިހާރައެއްގައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، އެ ފިހާރަ ބަލައިފާސްކޮށް އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި މައުލޫމާތު ދައުރުވުމާ ގުޅިގެން އެ އިދާރާއިން އެކަން ބަލަން ފެށި ކަމަށެވެ. އެގޮތުން، […]

ޔުމްނާ ޢަލީ
ދޮރު ވައްޓާލައި ފުލުހުން ވަތްއިރު މަސްތުވާތަކެތި ހުރީ ހާމައަށް މޭޒުމަތީގައި

ދޮރު ވައްޓާލައި ފުލުހުން ވަތްއިރު މަސްތުވާތަކެތި ހުރީ ހާމައަށް މޭޒުމަތީގައި

ވިލިމާލޭގައި ފުލުހުން އިއްޔެ ހިންގި އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ރާއްޖޭގެ މަގުބޫލު ތިން ފިލްމީ ތަރިން ހިމެނޭހެން ހައްޔަރުކުރި މީހުން ތިބި ކޮޓަރިއަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަތްއިރު، އެތަނުގައި ހުރި މޭޒެއްގެ މަތީގައި ހާމައަށް މަސްތުވާތަކެތި ހުރި ކަމަށް ކޯޓު އަމުރުން ހާމަވެއްޖެ އެވެ. މި މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ […]

ޝިއުނާ އާދަމް
ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް އާ މިސްކިތުގެ ބިންގާ އަޅައިފި

ވިލިމާލޭގައި އަޅާ ޖާގަ ތަނަވަސް އާ މިސްކިތުގެ ބިންގާ އަޅައިފި

ވިލިމާލޭގައި ހުންނަ މަސްޖިދުއްސަލާމް މިހާރު ހުރި ބިމުގައި އިމާރާތްކުރާ ޒަމާނީ ފެންވަރުގެ އާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމަށްޓަކައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ފިޔަ ފައުންޑޭޝަނުން ބިނާކުރާ މި މިސްކިތަކީ އެއްފަހަރާ 1،000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއާއެކު މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި އަޅާ ޖާގަ ތަނަ...

ޔުމްނާ ޢަލީ
ބަޔަކު މާލޭ ގެއަކަށް ވަދެ ފޭރުނު މައްސަލައެއް ބަލަނީ

ބަޔަކު މާލޭ ގެއަކަށް ވަދެ ފޭރުނު މައްސަލައެއް ބަލަނީ

މާލޭގެ ގެއަކަށް ވަދެ ބަޔަކު ފޭރުނު މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައި ވަނީ ރޭގައެވެ. ”މާލެ، ގަލޮޅުގަައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން” ފުލުހުން ބުނެފަވެއެވެ. މި ހާދިސާގެ އިތުރު މައުލޫމާތު ފަހުން ހިއްސާނެ ކުރާނެކަމަށް ވެސް ފުލުހުން ބުންޏެވެ. މިހާދިސާއާއި ގުޅިގެން މީސް މީޑިއާގައިދައުރުވާ ފުލުހުން އަދި ކަށަވަރުނުކޮށްދޭ މައުލޫމާތުގައިވާގޮތުން މާލޭ ގެއަކަށް ފޭރުމަށް ބަޔަ...

ޔުމްނާ ޢަލީ
ރާއްޖޭގެ ކޮންމެ 5 މީހަކުން އެކަކަށް ޑިޕްރެޝަން؛ ސާވޭގެ ބިރުވެރި ނަތީޖާއެއް

ރާއްޖޭގެ ކޮންމެ 5 މީހަކުން އެކަކަށް ޑިޕްރެޝަން؛ ސާވޭގެ ބިރުވެރި ނަތީޖާއެއް

ދިވެހިރާއްޖޭގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ މީހެއްކަން ސިއްހަތާއި އާއިލާ އަދި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފިއެވެ. ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ނެރުނު މި ނޫސްބަޔާނުގައި އެ ވުޒާރާއިން ހާމަކުރި ގޮތުގައި، 2020 އިން 2021 އަށް ކުރިއަށް ގެންދިޔަ ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު އަންނަނީ މާޔޫސްވުމުގެ ނުވަތަ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލ...

ޝިއުނާ އާދަމް
ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ދައުވާ ސާބިތެއް ނުވި؛ ސަބަބަކީ ފޯނު ޑޭޓާއަށް އުފެދުނު ޝައްކު!

ނިރުބަވެރި ހަމަލާއެއް ދޭން އުޅުނު ކަމުގެ ދައުވާ ސާބިތެއް ނުވި؛ ސަބަބަކީ ފޯނު ޑޭޓާއަށް އުފެދުނު ޝައްކު!

ތ. ތިމަރަފުށީގައި އޮޕަރޭޓްކުރަމުންދިޔަ، އައިސިސް ޖަމާއަތަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ދިވެހިރާއްޖޭގައި ޓެރަރިސްޓް (ނިރުބަވެރި) ހަމަލާއެއް ދޭން ރޭވި ކަމަށް ބުނެ ކުރި މައިގަނޑު ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ކޯޓުން އެ ދައުވާތައް ސާބިތުނުވާ ކަމަށް ނިންމި މައިގަނޑު ސަބަބަކީ ހެއްކެއްގެ ގޮތުގައި މައްސަލައަށް ހުށަހެޅި މޮބައިލް ފޯނަކުން ނެގި ޑޭޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވުމެވެ. މި މައްސަލައިގައި ދައުލަތުން ޖުމްލަ ހަތް ދައުވާއެއް ކޯޓަ...

ޝިއުނާ އާދަމް
''ޓެމޫ ފަދަ ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނަން، ރެއާ ދުވާލު މިއުޅެނީ އެކަމާ''

''ޓެމޫ ފަދަ ޕްލެޓްފޯމްތަކުން ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭނަން، ރެއާ ދުވާލު މިއުޅެނީ އެކަމާ''

އޮންލައިންކޮށް ވިޔަފާރިކުރުމުގައްޔާއި ޚާއްސަކޮށް ޓެމޫ މެދުވެރިކޮށް ތަކެތި ގަތުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ “ރައްޔިތުންގެ އަޑު” ސިލްސިލާ ޕްރޮގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. “ރައްޔިތުންގެ އަޑު” ސިލްސިލާގައި މި ހަފުތާގައި ކުރިއަށް ގެންދެވީ މި ސިލްސިލާގެ ނުވަވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގައި ބައިވެރިވި އާންމު...

ޔުމްނާ ޢަލީ
މަކުނުދޫ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނުނެއްޓުމަށް އިލްތިމާސްކޮށްފި

މަކުނުދޫ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނުނެއްޓުމަށް އިލްތިމާސްކޮށްފި

ހދ. މަކުނުދޫގެ އެކި މަގުތަކާއި ގޯޅިތަކުގައި ހަރުކުރެވިފައިވާ، މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނައްޓަމުންދާތީ، އެކަން ނުކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. މި ކަމާގުޅިގެން ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަގުމަތި ބައްތިތަކުގެ ދަނޑީގެ ކަވަރުތައް ނެއްޓުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމެއްކަމަށެވެ. އަދި އެ ގޮތަށް ބައްތިތަކުގެ ކަވަރުތައް ނެއްޓުމުގެ ސަބަބުން، ބައްތީގެ އެތެރޭގައި ހުންނަ ކަރަންޓު ނަރުތައް ބޭރަށް ހާމަވުމުން، މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނާއ...

ފާތިމަތު ސަޙާ
ސޯސަން މަގު އެކްސިޑެންޓް: ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް

ސޯސަން މަގު އެކްސިޑެންޓް: ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް

މާލޭގެ ސޯސަން މަގުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ދިގަމިގިލީ، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސ...

ޔުމްނާ ޢަލީ
ރަށްތައް އެކަހެރިކޮށް އޮތުމަކީ ފަރުވާ ލަސްވާންޖެހޭ ސަބަބެއް ނޫން: މެޑަމް ސާޖިދާ

ރަށްތައް އެކަހެރިކޮށް އޮތުމަކީ ފަރުވާ ލަސްވާންޖެހޭ ސަބަބެއް ނޫން: މެޑަމް ސާޖިދާ

ޖޯގްރަފީ ގޮތުން ރާއްޖޭގެ ރަށްތައް އެކަހެރިކޮށް އޮތުމަކީ ޚިދުމަތް ލިބުމަށް އޮތް ހުރަހަކަށް ނުވަތަ ދެވޭ ފަރުވާގެ ފެންވަރާއި ފަރުވާ ލިބިދިނުމުގެ އަވަސްމިން ކަނޑައެޅޭ ސަބަބަކަށް ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ 7 ވަނަ އަހަރީ ސިމްޕޯޒިއަމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. “ފްރޮމް ޑިޓެކްޝަން ޓު ރިކަވަރީ: އޮޕްޓިމައިޒިންގ ބްރެސްޓް ކެ...

ޔުމްނާ ޢަލީ
ބެކްލޮގުގައި އޮތް 2،600 ޕާސްޕޯޓު ކްލިއާކޮށް، އާދިއްތައިގައި ފުރިހަމަ ޚިދުމަތް ފަށަނީ

ބެކްލޮގުގައި އޮތް 2،600 ޕާސްޕޯޓު ކްލިއާކޮށް، އާދިއްތައިގައި ފުރިހަމަ ޚިދުމަތް ފަށަނީ

ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން މެދުކެނޑުމެއް އައިސްފައިވާ ޕާސްޕޯޓުގެ ޚިދުމަތް، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ލިބެމުންދާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ޕާސްޕޯޓު ދޫކުރުމުގެ މަސައްކަތަށް އެޅުނު ހުރަހުގެ ސަބަބުން މިހާރު ބެކްލޮގުގަ...

ޔުމްނާ ޢަލީ
ބްރިޖް ހައިވޭގައި އަނެއްކާވެސް އެކްސިޑެންޓެއް

ބްރިޖް ހައިވޭގައި އަނެއްކާވެސް އެކްސިޑެންޓެއް

ސިނަމާލެ ބްރިޖް ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖް ހައިވޭގެ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓުބަރު 08 ވަނަ ދުވަހުގެ ހަވީރު 16:55 އެހައިކަންހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓ...

ޔުމްނާ ޢަލީ
މެލޭޝިއާގައި ދިވެހި ދަރިވަރަކު ނިޔާވި އެކްސިޑެންޓް: ޑްރައިވަރުގެ މައްޗަށް 3 ދައުވާއެއް އުފުލައިފި

މެލޭޝިއާގައި ދިވެހި ދަރިވަރަކު ނިޔާވި އެކްސިޑެންޓް: ޑްރައިވަރުގެ މައްޗަށް 3 ދައުވާއެއް އުފުލައިފި

މެލޭޝިއާގައި ދިވެހި ދަރިވަރަކު ނިޔާވެ، އިތުރު ދަރިވަރަކަށް އަނިޔާވި ނުރައްކާތެރި ކާރު އެކްސިޑެންޓާ ގުޅިގެން، އެ ދަރިވަރުން ދަތުރުކުރި އީ-ހެއިލިން ކާރު ދުއްވަން އިން ޑްރައިވަރުގެ މައްޗަށް އެ ގައުމުގެ ކޯޓުގައި ތިން ދައުވާއެއް އުފުލައިފިއެވެ. މި އެކްސިޑެންޓާއި ގުޅިގެން މިއަދު (8 އޮކްޓޫބަރު)، ޝާހް އާލަމް މެޖިސްޓްރޭޓް ކޯޓުގައި އުފުލި މި ދައުވާތަކަށް ޑްރައިވަރު ވަނީ އިންކާރުކޮށްފައެވެ. މެލޭޝިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މުހައްމަދު ޝަފީގު އިބްރާހި...

ނާޒިމާ އަލީ