އެކްސިޑެންޓް ހިނގި ގޮތް ސައްހަކޮށް ކުރަހައި ތަހުގީގުކުރަން އައު ސޮފްޓްވެއާއެއް
މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް، އަވަސްކުރުމުގެ ގޮތުން “ސްމާޓް ޑްރޯ” ނަމަކަށް ކިޔާ ޓްރެފިކް އިންވެސްޓިގޭޝަން ސޮފްޓްވެއާއެއް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. މި ސޮފްޓްވެއާ ބޭނުންކުރަން ފަށާފައިވަނީ ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް އިތުރަށް މަތިކުރުމުގެ މަގުސަދުގައެވެ. މި ސޮފްޓްވެއާ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. “ސްމާޓް ޑްރޯ” އަކީ އ...