އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ މައުރަޒު ފަށައިފި
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދާ ‘މީޑިއާ މައުރަޒު 2025’ މިއަދު ހަވީރު ރަސްމީކޮށް ފަށައިފިއެވެ. މި މައުރަޒުގެ މައިގަނޑު މަޤްސަދަކީ އެވުޒާރާގެ އެކި ސެކްޝަންތަކުން ކުރިއަށް ގެންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫޢުތަކާ ގުޅޭ މައުލޫމާތު އާއްމުންނާއި މީޑިއާތަކަށް ގާތުން ފޯރުކޮށްދިނުމެވެ. މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މީޑިއާ މައުރަޒު 2025 ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ހަވީރު އިސްލާމީ މަރު...