ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް، ގ.އާބިން، ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ.

މި ޢައްޔަންކުރެއްވުމާ ގުޅިގެން، ޑރ. ޢާއިޝަތު ރަމީލާ ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، އެޗްއާރުސީއެމްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. މި މަޤާމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ރައީސް މުޢިއްޒު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ރަމީލާއާ ރަސްމީކޮށް ޙަވާލުކޮށްދެއްވާފައެވެ.

ރަމީލާ އަކީ މި ސަރުކާރުގެ ފުރަތަމަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރެވެ. ރައީސް މުޢިއްޒު، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރުގެ މަޤާމަށް ޑރ. ރަމީލާ ޢައްޔަނުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް އެކުލަވާލި ދުވަހު 17 ނޮވެމްބަރު 2023 ގައެވެ. ނަމަވެސް ބަލިހާލަތު ހުރިގޮތުން މަގާމުގެ މަސްއޫލިއްޔަތާ ވަގުތީގޮތުން ދުވަސްތަކަކު ދުރުގައި ހުންނެވުމަށްފަހު ރަމީލާ ވަނީ 1 ޑިސެމްބަރު 2024 ގައި މަގާމުން އިސްތިއުފާދެއްވާފައެވެ.