މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1104 ވަނަ ޞަފްޙާ

”އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން”ގެ ސެޝަންތައް ނިއްމާލައިފި

”އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން”ގެ ސެޝަންތައް ނިއްމާލައިފި

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ)އިން ސްޕޮންސަރކޮށް ކުރިއަށްގެންދިޔަ ”އެން އަޕްޑޭޓް އޮން ޓްރާންސްފިއުޝަން މެޑިސިން” ހޯމަ ދުވަހު ނިންމާލައިފިއެވެ. ޓްރޭނިންގ އާއި ސީ.އެމް.އީ ހިމެނޭގޮތަށް ހޮޓެލް ޖެންއާއި އައި.ޖީ.އެމް.އެޗްގެ އޯކިޑް ހޯލުގައި ކުރިޔަށް ގެންދިޔަ ސެޝަން ތައް ބާއްވާފައިވަނީ މިމަހުގެ 19 ން 21ގެ ނިޔަލަށެވެ. މިއީ އައި.ޖީ.އެމް އެޗް ގެ ލެބޯޓްރީ މެޑިސިން، ނޭޝަނަލް ހެލްތު ކެއަރ އެކަޑެމީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް ޓްރާންސްފިއުޝަން މެޑިސިންއިން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ހަރަކާ...

ފާތިމަތު ސިނާޒާ
ހަރުކަށި ފިކުރު ފަތުރާކަމަށްބުނެ 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރު ފަތުރާކަމަށްބުނެ 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރު ފަތުރާކަމަށްބުނެ 35 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ. ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް މީހުން ފޮނުވާކަމަށާއި ހަރުކަށި ފިކުރު ފަތުރާކަމަށްބުނެ ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި އެ މީހާއަކީ ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށެވެ. އަދި އޭނާއަކީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތްކުރާ ފަރ...

އިބްރާހިމް އަސްވާޤް

ވޯލްޑް ބޭންކްގެ އޮފީހެއް ރާއްޖޭގައި ހުޅުވަނީ

ވޯލްޑް ބޭންކްގެ އޮފީހެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވޮޝިންޓަން ޑީސީގައި ކުރިއަށްދިޔަ ވޯލްޑް ބޭންކް އަހަރީ ޖަލްސާގައި ރާއްޖޭގައި އޮފިސް ހުޅުވުމާއި ގުޅޭގޮތުން  މި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި މަހުގެ 18 އިން 20 އަށް ކުރިއަށްދިޔަ ވޯލްޑް ބޭންކް އަހަރީ ޖަލްސާގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ވޯލްޑް ބޭންކްގެ ފަރާތުން މި އެއްބަސްވުމުގައި […]

އިބްރާހިމް އަސްވާޤް
"ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019" ނައިބު ރައީސް ޝަރަފުވެރި ކޮށްދެއްވައިފި

"ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019" ނައިބު ރައީސް ޝަރަފުވެރި ކޮށްދެއްވައިފި

“ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2019” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝަރަފުވެރި ކޮށްދެއްވައިފިއެވެ. މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުރިޔަށްދިޔަ މި މުބާރާތް ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ކޮންމެ ކުއްޖަކީވެސް ޤާބިލުކުއްޖަކަށް ހެދުންކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުރުން އެއީ ކަންކަން ނުކުރެވޭނެކަމަށް ޤަބޫލުކުރަންވީ ސަބަބެއް ނޫންކަން ފާހަގަކުރައްވައި ބައިނަލްއަޤްވާމީ ބޮ...

އިބްރާހިމް އަސްވާޤް
ހައުސިން މިނިސްޓްރީން އެމިނިސްޓްރީގެ މުވައްޒަފުންގެ މައްސަލަ އޭސީސީއަށް

ހައުސިން މިނިސްޓްރީން އެމިނިސްޓްރީގެ މުވައްޒަފުންގެ މައްސަލަ އޭސީސީއަށް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން އެމިނިސްޓްރީގެ މުވައްޒަފުންގެ ކޮރްޕްޝަންގެ މައްސަލައެއް އުޅޭތޯބަލަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ. އަމިއްލި ފަރާތަކުން މިނިސްޓްރީއަށް ހުށައެޅި މައްސަލައަކަށް ޖަވާބު ދެއްވަމުން މިނިސްޓްރީން ފޮނުވި ސިޓޭގެ ޖަވާބުގައި ބުނެފައިވަނީ މިނިސްޓްރީގެ އެއްވެސް މުވައްޒަފެއް ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ އާއި މަޤާމުގެ ނޫފުޒު ނާޖާއިޒުގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާ ތަޙްޤީޤުކޮށްދެއްވުމަށް އެދި މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމ...

އަޙްމަދު މުޖުތަބާ

ނޫސްވެރިކަމުގެ ތަމްރީނު ކޯހެއް ފަށަނީ

ނޫސްވެރިކަމުގެ ތަމްރީނު ކޯހެއް “ޝަހީބް މީޑިއާ” އިން ބާއްވަން ނިންމައިފިއެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯސް ކުރިއަށް ދާނީ ނޮވެމްބަރ 14 ވަނަ ދުވަހާއި ހަމައަށެވެ. 14 ދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގެ ފީ އަކީ 2500 ރުފިޔާ އެވެ. މިކޯހުގައި ކިޔަވައި ދެއްވާނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މައްސޫރު ފަރާތްތަކެވެ. އެގޮތުން މިކޯހުގައި ކިޔަވައިދޭ ފަރާތްތަކަކީ ކުރީގެ ނޫސްވެރިޔާ އަދި ބްރޯޑްކޮމްގެ ކުރީގެ ރައީސް މުހައްމަދު […]

އަޙްމަދު މުޖުތަބާ

މޫސުން ގޯސްވެ ތިލަދުންމަތިން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާ ގަނޑުގައި އުތުރުގެ […]

އަޙްމަދު މުޖުތަބާ

މާލޭ ތޮއްޖެހުން ކުޑަކުރުމަށް 817 މިލިއަން ރުފިޔާއަށް ގުޅީފަޅު ހިއްކަން ހަވާލުކޮށްފި

މާލޭ ތޮއްޖެހުން ކުޑަކުރުމަށް 817 މިލިޔަން ރުފިޔާއަށް ގުޅީފަޅު ބިން ހިއްކުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ގުޅީފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 16 މިލިއަން ކިއުބިކް މީޓަރުގެ ބިންހިއްކައި ހަތަރު ކިލޯ މީޓަރުގެ ތޮއްޓެއް ލުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ބޮސްކާލިސް ވެސްޓްމިންޓާ ކޮންޓްރެކްޓިން ކުންފުންޏާއެވެ. ބިޑަކާ ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް މި މަސައްކަތް އެ ފަރާތާއި ހަވާލުކޮށް...

ފާތިމަތު ސިނާޒާ
ސްކޫޓުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލައިފި

ސްކޫޓުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލައިފި

ސިންގަޕޫރުގެ ބަޖެޓް އެއާލައިންއެއް ކަމަށްވާ ސްކޫޓުން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ. ސްކޫޓްގެ އެންމެ ފަހުގެ ފްލައިޓް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވައިރު މީގެ ކުރިން ހަފުތާ އަކު ހަތަރު ދަތުރު ސިންގަޕޫރާއި މާލެއާ ދެމެދު އެފަރާތުން ވަނީ ކޮށްފައެވެ. ރާއްޖެ ހިމެނޭ ގޮތަށް ހަތަރު މަންޒިލަކަށް ކުރާ ދަތުރުތައް ހުއްޓާލަން އެފަރާތުން ނިންމީ ޑިމާންޑް ދަށްވުމާއި ބޯޓު ލިބުމުގައި ތާށިވެފައި ވާތީ ކަމަށް ސްކުޓުން މައުލޫމާތުދެއެވެ. މި […]

ފާތިމަތު ސިނާޒާ
ބަންޑުންޖަހާލި ފިޔާ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފި، އެންމެންގެ ހާލުރަނގަޅު

ބަންޑުންޖަހާލި ފިޔާ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފި، އެންމެންގެ ހާލުރަނގަޅު

ފިޔާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފިއެވެ. ފިޔާ ބަރުކޮށްގެން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް އަޑިއަށްދިޔަ “އެމްއެސްވީ އާކް އޮފް ގޯޑް” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓްގައި ތިބި މީހުން ކަނޑުވެފައި ތިއްބިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު މެންދުރު 13:10 ހާއިރުއެވެ. އެބޯޓު އަޑިއަށްދިޔައިރު، އޭގައި 9 މީހުން ތިބިކަމުގެ މަ...

ފާތިމަތު ސިނާޒާ
ނިޔާވެފައި އޮތީ ކާކުކަމެއް ނޭންގޭ، އޭޑީކޭ އިން އާންމުންގެ އެހީއަށް އެދެފި

ނިޔާވެފައި އޮތީ ކާކުކަމެއް ނޭންގޭ، އޭޑީކޭ އިން އާންމުންގެ އެހީއަށް އެދެފި

އާޓިފިޝަލް ބީޗުގައި ނިޔާވެފައި އޮއްވާ ފެނިގެން އޭޑީކޭއަށް މިއަދު ހެނދުނު ގެންދިޔަ މީހަކީ ކާކުތޯ ދެނެގަންނަން އެ ހޮސްޕިޓަލުން އާންމުންގެ އެހީއަށް އެދެފި އެވެ. ފުލުހުން ބުނެފައިވަނީ އާޓިފިޝަލް ބީޗުގައި ހުރި ގޮންޑި އެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލުދެރަވެފަ އިން ކަމުގެ މައުލޫމާތު މިއަދު 06:26 އެހައިކަންހާއިރު ފުލުހުންނަށް ލިބުމާއެކު އެމީހާ އޭޑީކޭއަށް ގެންގޮސްފައިވާކަމަށާއި އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ އަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ މަސައްކަތް ކުރަމުންކަމަ...

އިބްރާހިމް އަސްވާޤް
ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ބޭނުމަކީ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ހޯދުން: ރައީސް

ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ބޭނުމަކީ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ހޯދުން: ރައީސް

ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުތަކުގެ ބޭނުމަކީ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ހޯދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ވިދާޅުވީ ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެ މުހިންމު ބޭނުންފުޅަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރުޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެޤައުމުތަކުން ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން ކަމުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަ...

ޔުމްނާ ޢަލީ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 27 އޮކްޓޫބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ޔުމްނާ ޢަލީ

ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރާނެ ގޮތްތަކަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފި

ރުއްތަކަށް ޖެހޭ ބަލިތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، ޚާއްޞަކޮށް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރާނެ ގޮތްތަކަށް އަތޮޅުތެރޭ ރަށް ތަކުގެމީހުން އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފިއެވެ. މިއީ 1999 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފުވި ކޮކޮނަޓް ހިސްޕިޑް ބީޓްލް، ރާއްޖޭގެ ގިން ރަށްތަކެއްގެ ރުއްތަކަށް ފެތުރެމުން ދާތި މި މައްސަލަ އިތުރަށް ދިރާސާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިމަޑި ކޮންޓްރޯލުކުރުމަށްޓަކައި، ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކެޓަސް) އާއި މިނިސްޓްރީ އޮފް ފިޝަ...

ފާތިމަތު ސިނާޒާ
މީޑިއާ ކައުސިލުން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މީޑިއާ ކައުސިލުން ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައިފިއެވެ. މީޑިއާ ކައުންސިލުން ހުޅުވާލީ ޢާއްމުންގެ ތެރެއިން މެމްބަރަކު އިންތިޚާބުކުރުމަށެވެ. އެއީ ޢާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޚާބުވި ޝީރީން ނާހިދާ ލަޠީފް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތ...

ޔުމްނާ ޢަލީ