އެމްޑީޕީ ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ބޭބެ ޑރ. އަޙްމަދު ނާޝިދުގެ ތާއީދު އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު ޝިފާޒު އަށް އޮތް ކަން ހާމަކުރައްވައިފިއެވެ.
ނޮވެމްބަރ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ލީޑަރޝިޕް އިންތިޙާބު ގައި ޕާޓީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވާ ޝީފާޒު އަށް ތާއީދު ކުރައްވާކަން ނާޝިދު ހާމަކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ. ޝިފާޒު އާއިއެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓު ކުރަށްވަމުން ނާޝީދު ވިދާޅުވީ 22 ވަނަ ދުވަހު ލާ ވޯޓުގައި އެމްޑީޕީގެ ނައިބްރައީސް އަކަށް ޝިއްޕެ އަށް އެބޭފުޅާ ތާޢީދު ކުރައްވާ ވާހަކައެވެ.
Its Shippe for VP of MDP for me on the 22nd. pic.twitter.com/74nXX2Fpjc
— Nash (@i_nashid) November 3, 2019
މިޓްވީޓާއި އެކު ޝީފާޒު، ނާޝިދު އަށް ޝުކުރު އަދާކޮށްފައިވާއިރު އެހެން މީހަކު ޝިފާޒު އަށް ތާއީދު ކުރައްވަން ނިންމީތޯ ސުވާލު ކުރެއްވެމުން ނާޝިދު ވަނީ ޝިފާޒު އަށް ތާއީދު ކުރެއްވީކަމަށް ވިދާޅުވެފައެވެ.
ޝިފާޒުގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް ކަމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އެވެ. ޝިފާޒު ކެމްޕެއިން ޓީމުން އިއްޔެއިން ފެށިގެން އެމްޑީޕީގެ އާންމު މެންބަރުންނަށް ގުޅަމުން ގެންދަވާނޭ ކަން އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެއްވީ މިހާރުގެވެސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!