މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1098 ވަނަ ޞަފްޙާ

ޔުނެސްކޯ ގެ ޖެނެރަލް ކޮންފަރެންސް 40 ވަނަ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ބައިވެރިވެއްޖެ

ޔުނެސްކޯ ގެ ޖެނެރަލް ކޮންފަރެންސް 40 ވަނަ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ބައިވެރިވެއްޖެ

ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގައިނައިޒޭޝަން (ޔުނެސްކޯ) ގެ ޖެނެރަލް ކޮންފަރެންސްގެ 40 ވަނަ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެ ވެއްޖެއެވެ. ފްރާންސްގެ ޕެރިސްގައި ކުރިއަށްދާ މި ބައްދަލުވުމުގައި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޯ ޔުނެސްކޯގެ ޗެއާޕާސަން އަދި މިނިސްޓާ އޮފް އެޑިޔުކޭޝަންގެ ގޮތުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ލެވެލް ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމާއި ޔުނެސްކޯ މެން އެންޑް ބައޮސްފިއާ ކައުންސިލްގ...

އިބްރާހިމް އަސްވާޤް
އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ގާފާރު އަދި ރ. މަޑުއްވަރީގައި 2 އައިސް ޕްލާންޓް ޤާއިމުކުރަނީ

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ގާފާރު އަދި ރ. މަޑުއްވަރީގައި 2 އައިސް ޕްލާންޓް ޤާއިމުކުރަނީ

އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ގާފާރުއަދި ރ. މަޑުއްވަރީގައި 2 އައިސް ޕްލާންޓްޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ދިވެހިރާއްޖޭގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ބޭނުންވާ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރުމަށް ނިންމާފައިވާ އައިސްޕްލާންޓްތަކުގެ ތެރެއިން، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ގާފަރާއި ރ. މަޑުއްވަރީގައި ޤާއިމްކުރުމަށް ނިންމާފައިވަނީ 25 ޓަނުގެ 2 އައިސްޕްލާންޓްއެވެ. ބީލަމުގެ އުސޫލުން ވީ.އޭ.އެމް އެންޑް ކޯ...

ޔުމްނާ ޢަލީ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޢައްޔަން ކުރައްވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ޢައްޔަން ކުރައްވާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޢައްޔަން ކުރައްވާ ހަތް ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ: 1 . އަލްފާޟިލް ޙަސަން ވަޙީދު، ކުދިމާގެ، ގދ. ތިނަދޫ 2 . އަލްފާޟިލް ޢާޞިމް މުޙައްމަދު، ގ. މެޒަރިން 3 . އަލްފާޟި...

އިބްރާހިމް އަސްވާޤް
2000 އަށްވުރެ ގިނަ ފަސިންޖަރުންނާއެކު ބޮޑު ފަސިންޖަރ ލައިނެއް ރާއްޖެ އަތުވެއްޖެ

2000 އަށްވުރެ ގިނަ ފަސިންޖަރުންނާއެކު ބޮޑު ފަސިންޖަރ ލައިނެއް ރާއްޖެ އަތުވެއްޖެ

“އައީޑާ ބެއްލާ” ނަމަކަށް ކިޔާ ބޮޑު ފަސިންޖަރ ލައިނެއް 2071 ފަސިންޖަރުންނާއި 619 ކުރޫއިންނާއެކު ރާއްޖެ އަތުވެއްޖެއެވެ. އައީޑާ ކުރީޒް ކުންފުނިން ހިންގާ މި ފަސިންޖަރ ލައިން ހަދާފައިވަނީ ޖަރުމަނުގެ ޕަޕެންބާގް ގެ ޝިޕްޔާޑުގައެވެ. އައީޑާ ބެއްލާ އަށް މިނަން ދެވިފައިވަނީ އެކަމަށްޓަކައި ބޭއްވި މުބާރާތަކަށްފަހުގައެވެ. އެއީ މި ފަސިންޖަރ ލައިންގެ ރީތިކަމަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. 390 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބަނދެފައިވާ މި ފަސިންޖަރ ލައިނުގައި 1025 ފަސިންޖަރ ކެބިން ހުރެއެވެ. 2005 ވަނަ […]

އަޙްމަދު މުޖުތަބާ
ގޭންގް ކުށްތަކުގައި އެންމެ ދިވެއްސެއްގެ ފުރާނަވެސް މިއަހަރު ނުގެއްލޭ : ރައީސް ޞޯލިހު

ގޭންގް ކުށްތަކުގައި އެންމެ ދިވެއްސެއްގެ ފުރާނަވެސް މިއަހަރު ނުގެއްލޭ : ރައީސް ޞޯލިހު

ގޭންގު ކުއްތަކުގައި އެންމެ މީހެއްގެ ފުރާނަވެސް މިއަހަރު ގެއްލިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރު ގޭންގު މާރާމާރީތައް ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން ގޭންގު މާރާމާރީތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވުމަކީ މި ސަރުކާރަށް ހޯދުނުގެ ކާމިޔާބެއްގެ ގޮތުގައިވެސް ރައީސް ރޭ ސިފަކުރެއްވި އެވެ. އަޅުގަނޑުމެން...

އަޙްމަދު މުޖުތަބާ
ބުޅަލުގެ ނަޖިހުން ހަމަށް ޖެހޭ ބަލި، ބޮޑު މަންޒަރު ނުފެނުނަސް ނުރައްކާ ބޮޑު: ޑރ.އަހްމަދު ފައިސަލް

ބުޅަލުގެ ނަޖިހުން ހަމަށް ޖެހޭ ބަލި، ބޮޑު މަންޒަރު ނުފެނުނަސް ނުރައްކާ ބޮޑު: ޑރ.އަހްމަދު ފައިސަލް

ބުޅަލުގެ ނަޖިހުން ހަމަށް ޖެހޭ ބައްޔަކީ ފަސޭހައިން ރަނގަޅުވާ ބައްޔެއް ނަމަވެސް އޭގެ ނުރައްކާގެ ބޮޑުމަންޒަރު ނުފެއްނަކަމަށް ޑރ.އަހްމަދު ފައިސަލް ބުނުއްވައިފިއެވެ. ފައިސަލް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މި ބައްޔަކީ އޭގެ ޒާތުގައި ނުރައްކާތެރި ބައްޔެކަމަށާއި މި ބަލި ލޮލަށް ޖެހުމުން ލޮލުގެ ފެނުން ދާކަމަށެވެ. މިއަހަރުވެސް އުމުރުން 9 އަހަރުގެ ކުއްޖަކަށް މި ބަލި ޖެހިފައި ވަނިކޮށް ފެނިފައި ވާ ކަމަށް ޑރ.ފައިސަލް ގެ ޓުވީޓުގައި ވަނީ ބުނެފައެވެ. https://twitter.com/faisalnaifaru/status/119374422328508416...

ފާތިމަތު ސިނާޒާ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް، ޚާއްޞަ އިނާމު ދެއްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް، ޚާއްޞަ އިނާމު ދެއްވައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ރޭ ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. ޚާއްސަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. މިއަހަރުގެ ޚާއްޞަ އިނާމު 39 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މ...

އިބްރާހިމް އަސްވާޤް
ވިސާފީގެ ގޮތުގައި 300 ރިޔާލް ނެގިނަމަވެސް، ވިސާ އެޖެންޓުން އިތުރު ފައިސާ ނެގުން އެކަށީގެންވޭ: އިސްލާމިކް މިނިސްޓްރީ

ވިސާފީގެ ގޮތުގައި 300 ރިޔާލް ނެގިނަމަވެސް، ވިސާ އެޖެންޓުން އިތުރު ފައިސާ ނެގުން އެކަށީގެންވޭ: އިސްލާމިކް މިނިސްޓްރީ

އުމްރާ އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ދާ އުމްރާވެރިންގެ ވިސާ ޖެހުމަށް ނަގާ އަގުތަކަށް ސައުދީގެ ކަމާބެހޭ މުއައްސަސާތަކުން ބަދަލު ގެނެސްފި އެވެ. އިސްލާމިކް މިނިސްޓްރީއިން އުމްރާ ގުރޫޕްތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ  މި މިނިސްޓްރީގެ ނަންބަރު (IUL)142-C2/142/2019/71 (6 ނޮވެމްބަރ 2019) އިޢުލާނާ ގުޅިގޭގޮތުން ދަންނަވަމެވެ. ޙަވާލާދީފައިވާ އިޢުލާންއަކީ ވިސާ ފީގެ ގޮތުގައި ހަމައެކަނި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރަށް ނަގާ މިންވަރު ބަޔާން ކޮށްދިނުމުގެ މަޤްސަދުގައި މިނިސްޓްރީން ނެ...

ޔުމްނާ ޢަލީ
6 ކުޑަކުދިންނާއި 10 މީހަކު ހާފިޒުމަކުގެ ސަނަދު ހާސިލްކޮށްފި

6 ކުޑަކުދިންނާއި 10 މީހަކު ހާފިޒުމަކުގެ ސަނަދު ހާސިލްކޮށްފި

6 ކުޑަކުދިންނާއި 10 މީހަކު ހާފިޒުމަކުގެ ސަނަދު ހާސިލްކޮށްފިއެވެ. ކީރިތި ޤުރުއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 16 ފަރާތަކުން ހާސިލްކޮށްފައިވާއިރު އެ ހާފިޒުންނަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ހާފިޒުންތަކުގެ ތެރެއިން އެންމެ ހަގު އުމުރުގައި ޤުރުއާން ހިތުދަސް ކުރައްވައި ނިންމެވީ ފާތިމަތު ޝާޔާ ޒާހިރެވެ. އޭނާ ޤުރުއާން ހިތުދަސް ކުރެއްވީ އުމުރުން އެންމެ 9 އަހަރުގައެވެ....

ޔުމްނާ ޢަލީ
ބުޅަލުގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭތީ ސަމާލުވާން އެދެފި

ބުޅަލުގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭތީ ސަމާލުވާން އެދެފި

ބުޅަލުގެ ޒަރިއްޔާއިން ބައްޔެއް ފެތުރެމުންދާ ކަމަށާއި، މި ބައްޔަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭ އިން ބުނީ، “ލާވާ މައިގްރަންސް” އަކީ ރާއްޖެއިން އަބަދުވެސް ފެންނަ ބައްޔެއް ކަމަށާއި އަދި މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކުރައްވާ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އެދޭ ކަމަށެެވެ. އެޗްޕީއޭގެއިން ކުރިޓުވީޓުގައިވަނީ ބަލީގެ އަލާމާތުގެ ގޮތުގައި، ހަންގަނޑު ދުޅަވެފައިވާ މީހެއްގެ ފޮޓޯވެސް ވަނީ ހިމަނާފައެވެ. ކިއުޓޭނިއަސް ލާވާމައިގްރ...

އިބްރާހިމް އަސްވާޤް
ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައިފި

ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައިފި

ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ. ކުޑަހުވަދޫ ކަނޑުއޮޅިން ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ގައި ކަމަށާއި މި ހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި 6 މީހުން ތިބި ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި އެއީ، 4 ބިދޭސީންނާއި 2 ދިވ...

އިބްރާހިމް އަސްވާޤް
އެމެރިކާގެ ސްޓޭންޑާޑް ހޮޓަލްސް އިން އޭޝިއާގައި ހުޅުވި ފުރަތަމަ ހޮޓަލް ރ އަތޮޅުގައި

އެމެރިކާގެ ސްޓޭންޑާޑް ހޮޓަލްސް އިން އޭޝިއާގައި ހުޅުވި ފުރަތަމަ ހޮޓަލް ރ އަތޮޅުގައި

އެމެރިކާގެ ސްޓޭންޑާޑް ހޮޓަލްސްގެ އޭޝިއާ ސަރަހައްދުގައި ހުޅުވި ފުރަތަމަ ތަން ރާއްޖޭގައި ހުޅުވައިފިއެވެ. ރާއްޖޭގައި ހުޅުވާފައިވަނީ އެމެރިކާގެ ދަ ސްޓޭންޑާޑް ހޮޓެލްސް އިން ހަވާލުވުމަށް ފަހު ރ. ހުރުވަޅީގައި ހަދާފައިވާ ކާޕޭޑިއަމް ބީޗް ރިސޯޓް އެންޑް ސްޕާ އެވެ. ދިވެހި ކުންފުންޏެއް ކަމަށްވާ ކާޕޭޑިއަމް މޯލްޑިވްސް އިން ތަރައްގީކޮށްފައިވާ ކާޕޭޑިއަމް ބީޗް ރިސޯޓްގައި ޕްރައިވެޓް ސުވިމިން ޕޫލްއާ އެކު ހަދާފައިވާ 115 ކޮޓަރި ހިމެނެއެވެ.މި ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ...

ފާތިމަތު ސިނާޒާ
މިދުވަސްކޮޅު ރާއްޖޭގައި ރޯގާ ފެތުރުން އެބަ އިތުރުވޭ : އެޗްޕީއޭ

މިދުވަސްކޮޅު ރާއްޖޭގައި ރޯގާ ފެތުރުން އެބަ އިތުރުވޭ : އެޗްޕީއޭ

މިދުވަސްކޮޅު ރާއްޖޭގައި އިންފުލުއެންޒާ ނުވަތަ ރޯގާ ފެތުރުން އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އިންފުލުއެންޒާއިން ރައްކާތެރިވެ ތިބުމަށް މަސައްކަތް ކުރުމަށް އެޗްޕީއޭއިން ވަނީ އެދިލައްވާފައެވެ. ނޮވެމްބަރު މަހުގެ މިހާތަނަށް ޓެސްޓުކުރި މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް އިންފުލުއެންޒާގެ އަސަރު ކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިދުވަސްކޮޅު އިންފްލުއެންޒާ އެބަ އިތުވޭ. އިންފްލުއެންޒާއިން ރައްކާތެރިވަމާ!#Seasonalinflue...

އަޙްމަދު މުޖުތަބާ
ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބާގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ކީރިތި ރަސޫލާގެ ޢީދު މީލާދުގެ މުނާސަބާގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދު ފާހަގަކުރާއިރު، އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ ޢަޤީދާގައި، އަޅުގަނޑުމެންގެ ހިތްތައް ސާބިތު ކުރުމަށް ކަމުގައި ރައީ...

އިބްރާހިމް އަސްވާޤް
ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ ޙުކުމް އަންނަނީ ޔާމީން ޖަލަށް ލުމަށްތޯ ކަށަވަރު ކުރަން ސަރުކާރުގެ އިސް ބަޔެއް ފަރާތްތަކުން އުޅުނު ކަމަށް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަޙްމަދު ހައިލަމް ވިދާޅުވި ވާހަކަތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސެއިން ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫންކަމަށެވެ. ފާއިޒްގެ ރަސްމީ ފޭސްބުކް ޕޭޖުގައި “ހައިލަމްގެ ތުހުމަތުތައް ނުބަލާ ދޫކޮށްލާ ވަރެއްނޫން” މި ސުރުޚީގެ ދަށުން އޮންލައިން ނޫސް މިހާރުގައި އޮތް...

އިބްރާހިމް އަސްވާޤް