ހަނގާކުރުން ހުއްޓުވުމުގެ ސިޔާސަތު ތަންފީޒު ކުރެވުނު، އޭގެ ހެޔޮ ބަދަލު ފެނޭ: ޑރ. ޢާއިޝަތު ޢަލީ
ތަޢުލީމީ ދާއިރާގައި ހަނގާކުރުން ހުއްޓުވުމަށް އެކުލަވާލެވުނު ސިޔާސަތު މުޅި ރާއްޖޭގައި ތަންފީޒު ކުރެވުނުކަމަށެވެ. އަދި އޭގެ ހެޔޮ ބަދަލު ސްކޫލު މާޙައުލުތަކުން ވެސް ފެންނަން ފަށައިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިގެން ވިދާޅުވެފައިވަނީ ދިރާސީ އަހަރުގެ ކިޔެވުން ނިމުމާ ގުޅިގެން ދެއްވި ޚާއްސަ މެސެއްޖެއްގައެވެ. އެ ކަމަނާގެ މެސެޖުގައި ވިދާޅުވެފައިވަނީ ހުރިހާ ކުދިން ޝާމިލުވާހެން ކިޔަވައި ދިނުމުގެ ސިޔާސަތުގެ ދަށުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢިލ...