މި ފަހަރުގެ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް އޮސްޓްރިއަން އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް އިތުރުކުރަން އެ އެއަލައިނުން ނިންމައިފިއެވެ.
ކްރިސްމަސް އާއި އާ އަހަރު ފާހަގަ ކުރުމަށް އެންމެ ގިނައިން މީހުން ދާ ގައުމުތަކަށް އެ އެއާލައިން ދަތުރުތައް އިތުރު ކުރަން ނިންމާފައިވާ ކަމަށް އެފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާއިރު ދަތުރުތައް ކުރުމަށް ނިންމާފައި މިވަނީ ރާއްޖޭގެ އިތުރުން މޮރިސްއަށެވެ.
މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް އޮސްޓްރިއަން އެއާލައިނުން ރާއްޖެ އަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ނިންމާފައި މިވަނީ މިދެގައުމަށް އާއަހަރާއި ކްރިމްސް އަށް އޮތް ޑިމަންޑް ބޮޑްކަމުންނެވެ.
އޮސްޓްރިއަން އެއާލައިނުން މިހާރު ރާއްޖެ އަށް ކުރަނީ އެ ގައުމުގެ ވެރިރަށް ވިއެނާއިން މާލެ އަށް ހަފްތާއަކު އެންމެ ދަތުރެކެވެ.
ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ އެވެ. މި ދުވަސްވަރާ ދިމާކޮށް އެކި އެއާލައިންތަކުގެ ދަތުރުތައް އަބަދުވެސް އިތުރުކުރެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!