މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1081 ވަނަ ޞަފްޙާ

އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ، މާލެ ކައިރީ ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ: އެމްޕީ ހާރޫން

އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ، މާލެ ކައިރީ ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ: އެމްޕީ ހާރޫން

މާފަރު އެއާރޕޯޓު އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން އީޕީއޭއިން މިއަދު ދިން ލަފަޔާމެދު މަނަދޫ ދާއިރާގެ މެންބަރުގެ އަހުމަދު ހާރޫން ހިތްގަމަނުޖެހުން ފާޅުކުރައްވައިފިއެވެ. ނ. މާފަރު އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމާގުޅޭ މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމާމެދު އީޕީއޭއިން ދިން ލަފަޔާމެދު ހިތްހަމަ ޖެހިވަޑައިނުގެން ޝުއޫރު ފާޅު ކުރައްވާ މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ނ.މާފަރު ފަޅުން ވެލި ނެގުން ނުހުއްޓުވުނު ކަމަށެވެ. އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ ކަމަށް ވާކަމަށާއި، މާލެ ކައިރީ ރި...

ޔުމްނާ ޢަލީ

ދިރާގުން މަކަރު ހަދާ ކަމަށް ބުނެ މަޖިލިސް ކޮމިޓީއަށް މައްސަލައެއް

ދިރާގުން މަކަރާއި ހީލަތް ހަދާކަމުގެ ވާހަކަތަކެއް އާންމުވެފައިވާކަމަށާއި، އެ މައްސަލަ މަޖިލިސްގެ ކަމާގުޅޭ ކޮމިޓީ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް މެންބަރު ޢަލީ ހަމީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އެންމެ ދުވަސްވީ ކުންފުނި ދިރާގުގެ މައްސަލަ ހުށަހަޅުއްވަން ނިންމެވި ކަން ރައްޔިތުންގެ މަޖިލިސްގެ އިސްދޫ ދާއިރާ މެންބަރު ޢަލީ ހަމީދު  ހާމަކުރެއްވީ، މިއަދު ކުރެއްވި ޓުވީޓެއްގައެވެ.  މެންބަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިރާގަކީ މި...

އަލީ އާދިލް
ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، މީހަކު ފިހިއްޖެ

ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، މީހަކު ފިހިއްޖެ

ތިލަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ބިދޭސީއަކު ފިހިއްޖެއެވެ. ފުލުހުން ބުނީ ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވި މައްސަލައެއް މިއަދު 11:45 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ. އެ ހާދިސާގައި ބިދޭސީއަކަށް އަނިޔާވެފައިވާކަމަށާއި އޭނާ އަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. K.Thilafushi alah hikki sarahahdhuge falhugai alhaafai oiy launch ehgai roavi alifaan, Thilafushi Fire Station ge Sifain nivvaalaifi. Mi haadhisaa ge mauloomaathu […]

ޔުމްނާ ޢަލީ
ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ބިޔަރު ދަޅުތަކަކާއެކު މީހަކު މާފުށިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ބިޔަރު ދަޅުތަކަކާއެކު މީހަކު މާފުށިން ހައްޔަރުކޮށްފި

ކ. މާފުށިން ގިނަ އަދަދެއްގެ ބިޔަރު ތަޅުތަކަކާއި ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުންދަނިކޮށް، އޭނާއަށް ތުހުމަތުކުރެވިގެން އެރަށު ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައިފާސްކުރިއިރު ހަތް ދަޅު ބިޔަރު ފެނުމާ ގުޅިގެން ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެރޭ 19:20 އެހާކަންހ...

އަލީ އާދިލް
މާފަރު އެއާޕޯޓު ބޮޑުކުރަން އީޕީއޭއިން ހުއްދައެއް ނުދިން

މާފަރު އެއާޕޯޓު ބޮޑުކުރަން އީޕީއޭއިން ހުއްދައެއް ނުދިން

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުއްދަނުދޭން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން  ނިންމައިފިއެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން ނުފެންނަކަމަށް އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ […]

އަލީ އާދިލް
ސަރވިސް ޗާޖަކީ މަސައްކަތްކޮށް ޚިދުމަތްދޭން ތިބޭ މީހުންގެ ޙައްޤެއް: އަލީ ހުސައިން

ސަރވިސް ޗާޖަކީ މަސައްކަތްކޮށް ޚިދުމަތްދޭން ތިބޭ މީހުންގެ ޙައްޤެއް: އަލީ ހުސައިން

ސަރވިސް ޗާޖަކީ މަސައްކަތްކޮށް ޚިދުމަތްދޭން ތިބޭ މީހުންގެ ޙައްޤެއްކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅު ވެއްޖެއެވެ. އަލީހުސައިން ވިދާޅުވީ ސަރވިސް ޗާޖަކީ އެތަނެއްގައި މަސައްކަތްކޮށް ޚިދުމަތްދޭން ތިބޭ މީހުންގެ ޙައްޤެއްކަމަށާއި އެ މަހެއް ނިމުމުން އެ މަހެއްގެ ސަރވިސް ޗާޖު ލަސްނުކޮށް ލިބެން ޖެހޭނެކަމަށެވެ. ސަރވިސް ޗާޖަކީ އެތަނެއްގައި މަސައްކަތްކޮށް ޚިދުމަތްދޭން ތިބޭ މީހުންގެ ޙައްޤެއް. އެ މަހެއް ނިމުމުން އެ މަހެއްގެ ސަރވިސް ޗާޖު ލަސްނުކޮށް ލިބެން ޖެހޭނެ. ސަރވިސް ޗާޖަށް ލިބޭވަރު މީރާގެ ހި...

ޔުމްނާ ޢަލީ
ރިސޯޓް ބޯއީސްގެ އަަޑު ގަދަވެ، ކޯލިޝަން ލީޑަރުން މިނިސްޓަރުގެ ދިފާއުގައި

ރިސޯޓް ބޯއީސްގެ އަަޑު ގަދަވެ، ކޯލިޝަން ލީޑަރުން މިނިސްޓަރުގެ ދިފާއުގައި

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްސީލުކުރުމަށް ހަދާފައިވާ ފޭސްބުކް ޕޭޖު “ރިސޯޓް ބޯއީސް” އިން ހިންގާ ހަރަކާތްތައް އިތުރުކޮށްފިއެވެ. މިގޮތުން ރިސޯޓް ބޯއީސް ޕޭޖުންވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު މަޤާމުން ދުރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ހުޅުވާލާފައެވެ. އެޕޭޖުގައި ޕެޓިޝަން ހިއްސާ ކުރަމުން ބުނެފައިވަނީ “ދިވެހިރާއްޖޭގެ އެންމެ ބޮޑުސިނާއަތް ކަމައްވާ ފަތުރުވެރި އިންޑަސްޓުރީގެ މިނިސްޓަރު އަލީ ވަހީދު، މިއިންޑަސްޓުރީގައި މަސައްކަތް ކުރާ މުވައްޒަފުންނާ މެދު އިހުމާލުވެ، މުވައްޒަފުން ދ...

ހުސައިން ހަބީބް

ހުޅުމާލޭގައި ތުރުކީ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

މިރޭ ހުޅުމާލޭގައި ތުރުކީ މީހަކަށއ ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ. ފުލުހުން ބުނެފައިވަނީ މިމާރާމާރީގައި ޒަހަމް ވެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އުމުރުން 33 އަހަރުގެ ތުރުކީ މީހަކަށެވެ. އެސަރަހައްދުގައި ހުރިމީހަކު މިނޫހަށް މަޢުލޫމާތު ދެމުންބުނީ އަނިޔާވެފައިވާމީހާގެ ގައިގައި ބައިވަރު ލޭ ހުރި ކަމަށާއި މިހާރު އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައީ މީހެއްގެ ސައިކަލު ފަހަތުގައެވެ. މިމާރާމާރީ ހިނގާފައިވައިވާ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވާކަމަށް ފުލުހުންވަނީ ބުނެ...

ޔުމްނާ ޢަލީ

ބިދޭސީ ދެ ގުރޫޕެއްގެ މެދުގައި މާރާމާރީ ހިންގައިފި

މިރޭ މާލޭގައި ބިދޭސީ ދެ ގުރޫޕެއްގެ މެދު މާރާމާރީ ހިންގައިފިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިމާރާމާރީގައި ވަނީ އެކަކު ޒަހަމް ވެފައެވެ. މިމާރާމާރީ ހިނގާފައިވަނީ މިރޭ 7:00 ޖަހާ އެހާކަންހާއިރު މަޖީދީމަގުގައި ބިދޭސީ ދެ ގުރޫޕެއްގެ ދެމެދުގައި ކަމަށާއި އެ މާރާމާރާގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައި ނެތް ކަމަށް ފުލުހުން ބުނެއެވެ. އަނިޔާ ލިބުނު ބިދޭސީ މީހާގެ އިތުރުން އިތުރު ތިން ބިދޭސީއެއްވަނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް […]

ހުސައިން ހަބީބް

ނިއު އިޔާ ފާހަގަ ކުރަން ބާއްވާ ޝޯ މިއަހަރުވެސް އޮންނާނެ: ޓޫރިޒަމް މިނިސްޓްރީ

މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އިންތިޒާމުކޮށްގެން ބާއްވާ ނިއު އިޔާ ޝޯ މިއަހަރުވެސް ކާނިވާ ސަރަހައްދުގައި ބާއްވާނެކަމަށް އެމިނިސްޓްރީއިން ބުނެފިއެވެ. ޓުއަރިޒަމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އާ އަހަރުގެ ޝޯ، އަންގާރަ ދުވަހުގެރޭ 20:30 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. Welcoming 2020: An MoT event on 31st December 2019 at 2030hrs.Live at Carnival stage with laser and lights.#visitmaldives#welcoming2020 pic.twitter.com/NI7R98NN0n — Ministry of Tourism (@MoTmv) December 28, 20...

ޔުމްނާ ޢަލީ

ގުރޭޓަރ މާލެ ފުރެން އަދި ކައިރިވެސް ނުވޭ: މަލީހު

މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށާއި މާލެ އަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހި، ވިލިމާލެ، ގުޅިމާލެ އަދި ތިލަމާލެ ކަމަށެވެ. Male' furen adhi kairives nuvey. Male' akee mihaaru Hulhumale' 2 phase, Villimale', Gulhimale', Thilamale'. Mi vegen dhaanee bodu shaharakah. Housing ge […]

ޔުމްނާ ޢަލީ
ޓޫރިޒަމް މިނިސްޓަރު އަލީގެ ދިފާއުގައި ރައީސް ނަޝީދު

ޓޫރިޒަމް މިނިސްޓަރު އަލީގެ ދިފާއުގައި ރައީސް ނަޝީދު

ރިސޯޓު މުވައްޒަފުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގެންފިއެވެ. އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވެފައިވަނީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އެއާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އަލީ ވަހީދަށް އަމާޒުވުމުން މައާފަށް އެދިވަޑައިގެންފައިވެއެވެ. Tourism Minister @ali20waheed akee MDPge kuree...

ޔުމްނާ ޢަލީ

ކައުންސިލް އިންތިޚާބަށް ވޯޓު ކަރުދާހުގެ ޢަދަދު މަދުކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޗާޕް ކުރާ ވޯޓް ކަރުދާހުގެ އަދަދު މަދު ކުރުމުގެ މަޝްވަރާތައް ފަށައިފި ކަމަށް އިލެކްސަން ކޮމިޝަންގެ ރައީސް އަހުދު ސަރީފް ވިދާޅުވެއްޖެއެވެ. ސަރީފް މިހެން ވިދާޅުވީ ރާއްޖެޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެވެ. ޝަރީފް ވިދާޅުވީ 2017 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ބޭނުންކުރަން ޖެހުނީ ހަތަރު ލައްކަ ވޯޓު ކަރުދާސް ކަމަށެވެ. މިހާރު ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު ކޮންމެ ވޯޓަކަށް ވަކިން ކަރުދާސް ހަދާނަމަ 1.1 މިލިއަން ވޯޓު […]

ޔުމްނާ ޢަލީ

މާލޭގެ ކުލިކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ

މާލޭގެ ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް، ސޮއި ހޯދުނުގެ މަސައްކަތް ފަށައިފި އެވެ. މިޕެޓިޝަން ހުށަހެޅުމުގެ މަސައްކަތް ފަށާފައި ވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިންނެވެ. އެޕެޓިޝަންގައި ސޮއިކުރުން މިއަދު ހަވީރު ފަށާގޮތައް އެޔޫނިއަނުން ވަނީ ނިންމާފައެވެ. ޕެޓިޝަނުގައި ސޮއިކުރަން ނުވަތަ ކުލި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްލަން ބޭނުންވާ ފަރާތްތަކުން ވެސް މި ހަރަކާތުގައި ބައިވެރިވުމަށް އެ...

ޔުމްނާ ޢަލީ
ސިޓީ ކައުންސިލް އިންތިހާބުގައި ފިރިހެންނުނަށް ވާދަނުކުރެވޭތީ ކޯޓަށް!

ސިޓީ ކައުންސިލް އިންތިހާބުގައި ފިރިހެންނުނަށް ވާދަނުކުރެވޭތީ ކޯޓަށް!

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކެ ބައެއް ދާއިރާތަކަށް ފިރިހެންނުނަށް ކުރިމަތި ނުލެވޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ. ޤާނޫނު ބާތިލްކޮށް ދިނުން އެދި ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވަނީ މޫސާ އަންވަރެވެ. މޫސާ އަންވަރަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ފަރާތެކެވެ. މޫސަ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ، މޫސާ އަންވަރު ނިސްބަތްވާ އައްޑޫ ސިޓީގެ ހިތަދޫ 03 (ބޭރުމަތި) ދާއިރާއިން ސިޓީ ކައުންސިލް އިންތިޚާބުގައި ފިރިހެނުންނަށް ވާދަ […]

އަލީ އާދިލް