މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އިންތިޒާމުކޮށްގެން ބާއްވާ ނިއު އިޔާ ޝޯ މިއަހަރުވެސް ކާނިވާ ސަރަހައްދުގައި ބާއްވާނެކަމަށް އެމިނިސްޓްރީއިން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އާ އަހަރުގެ ޝޯ، އަންގާރަ ދުވަހުގެރޭ 20:30 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

Ad
rt

އަދި ޝޯ ކުރިއަށްދާނީ ލޭޒާ އާއި ލައިޓްތަކާއެކު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ނިއު އިޔާ ޝޯ ބޭއްވުމަށް ނިންމާފައި މިވަނީ މިއަހަރުގެ ޝޯ ދީނީ އިލްމުވެރިންގެ އެދުމުގެ މަތިނަ ނުބާއްވާނެ ކަމަށް ވާހަކަތަކެއް ދެކެވެމުން ދިޔަ ދަނޑިވަޅެއްގައެވެ.

އާ އަހަރުގެ ޝޯ އަކީ ކުރީގެ ސަރުކާރުން ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އައިސްފައިވާ އިވެންޓެކެވެ. އެގޮތުން ޕްރިޔަންކާ ޗޯޕްރާ އާއި އޭކަން އަދި އަރްމާން މަލިކް ފަދަ ފަންނާނުން ރާއްޖެ ގެނެސްފައި ވެއެވެ.