ފޯމު ހުށައަޅަން ދިޔަ ބަޔަކު އިލެކްޝަންގެ މުވައްޒަފުންނަށް ބިރުދައްކާ އިންޒާރުދީފި ކަމަށްއިލެކްޝަން ކޮމިޝަން (އީސީ) އިންބުނެފިއެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އިއްޔެ އާއި މިއަދު އެޕްލިކޭޝަން ފޯރމު ހުށަހަޅަން އައި އާއްމު ފަރާތަކުން ވަނީ އިލެކްޝަން ކޮމިޝަންގެ މުވައްޒަފުންނަށް ބިރުދައްކާ އިންޒާރު ދީފައިކަމަށް އިލެކްޝަން ކޮމިޝަންއިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

Ad
rt

އިންތިޚާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބިރުދައްކާ އިންޒާރު ދިނުމަކީ އެކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމަށާއި އަދި އެފަދައިން ކަން ކުރާ ފަރާތްތަކާއިމެދު ޤާނޫނީގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް އީސީއިން ވަނީ ބުނެފައެވެ.