ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތައް، އަނބުރާ ދެއްކުން 6 މަސްދުވަހަށް ލަސްކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސްދުވަސް އިތުރުކޮށްދޭން އެބޭންކުން ވަނީ ނިންމާފައި ކަމަށް ރައީސް ޞާލިޙް ޢިއުލާން ކުރަށްވައިފިއެވެ. އޭގެ އިތުރުން ޗް.ޑީ.އެފް.ސީން ދޫކޮށްފައިވާ ހައުސިން ސްކީމްގެ ލޯނުތަކަށް، މާރިޗު މަހުން ފެށިގެން ދައްކަންޖެހޭ ފައިސާވެސް މިހާރުވަނީ 6 މަސްދުވަހަށް ފަސްކޮށްދީފައި ކަމަށްވެސް ރައީސް ޞާލިޙް ޢިއުލާން ކުރެއްވިއެވެ. އެކަންކަން އެމަނިކުފާނު...
ޝިއުނާ އާދަމް
ކޮވިޑް19 އާ ގުޅިގެން އިތުރު ހަފްތާއަކަށް ސަރުކާރު ބަންދުކުރަން ނިންމައިފިއެވެ. އޭގެ އިތުރުން މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން ޢިއުލާން ކުރަށްވައިފިއެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ރާއްޖޭން އޮން އެރައިވަލް ވިސާ ދޫކުރުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލަންވަނީ ނިންމާފައެވެ. މިއަދު އެންމެ ފުރަތަމަވެސް އަޅުގަނޑު ބޭނުންވަނީ، ރާއްޖޭގައި މި ބަލި ފެތުރުނަ ނުދިނުމަށް، ޞިއްޙީ ޚިދުމަތްތެރިން ކުރައްވާ މަސައްކަތަށް، އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. pic.twitter.com/RY7moWflPR — The President'...
ޝިއުނާ އާދަމް
މާލޭގައި ކާބޯތަކެތީގެ ހިދުމަތް ދިން 3 ތަނެއް ޖޫރިމަނާކޮށްފިކަމަށް ފުލުހުން ބުނެފިއެވެ. ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރަން ސަރުކާރުން ނިންމާފައިވަނިކޮށް އެ ނިންމުމާ ހިލާފުވި ތިން ތަނެއް -/5000 ރުފިޔާއިން ޖޫރިމަނާކޮށްފިކަމަށަ ފުލުހުން ބުނެފައިވަނީ މިއަދުއެވެ. ފުލުހުން ބުނީ ކާބޯތަކެތީގެ ހިދުމަތް ދީގެން ފުރަތަމަ ޖޫރިމަނާ ކުރީ މިމަހުގެ 22 ވަނަ ދުވަހު 1 ކެފޭކަމަށެވެ. އަދި މިމަހުގެ 24 ވަނަ ދުވަހު ކެފޭއެއް އަދި ރެސްޓޯރެންޓްއެއް ޖޫރިމަނާ ކުރެވިފައިވާކަމަށެވެ. މީގެ އިތުރުން މިމަހުގެ 20 ވަނަ ދު...
ޔުމްނާ ޢަލީ
ހެލްތު ދާއިރާއިން ކިޔަވަމުން އަންނަ ޕްރޮފެޝަނަލުން ވޮލަންޓިއާ ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ. ކޮވިޑް19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބުރޫކު އަޒީޒު ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގައިވެސް ކިޔަވަމުންދާ ހެލްތު ކެއާ ޕްރޮފެޝަނަލުން ވޮލަންޓިއާ ކުރުމަށް އެޗްޕީއޭއިން އެދިފައިވާ ކަމަށެވެ. ވޮލަންޓިއަރުންނަށް ވާން ނަން ނޯޓު ކުރަން ހުޅުވާލާފައި ވަނީ ހެލްތު މިނިސްޓްރީގ...
ޔުމްނާ ޢަލީ
ފުލުހުންނަށް އޮންލައިންކޮށް މައްސަލަ ހުށަހަޅާ ޕޯޓަލްއެއްގެ ޚިދުމަތް ފަށައިފިއެވެ. މި ޕޯރޓަލަކީ އިމަޖެންސީ ނޫން ޙާލަތްތަކުގައި މައްސަލަ ހުށަހެޅުމަށް ބޭނުންކުރެވޭނޭ ޕޯރޓަލްއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންކަމުން، ހުށަހަޅުއްވާ މައްސަލައަށް ވަގުތުން ވަގުތަށް ޖަވާބެއް ލިބިވަޑައިނުގަތުމަކީ އެކަށީގެންވާކަމެއްކަމަށާއި އިމަޖެންސީ ޙާލަތެއްނަމަ، 119 އަށް ގުޅުއްވުމަށް ފުލުހުން ދަންނަވާފައިވެއެވެ. މިޕޯރޓަލް މެދުވެރިކޮށް ހުށަހަޅުއްވާ ފޯރމް ޕްރޮސެސް ކުރެވުމުން، ދެއްވާފައިވާ މޯބައިލް ނަންބަރަށް އެސް.އ...
ޔުމްނާ ޢަލީ
ރަޝިޔާގައި ތައުލީމް ހާސިލް ކުރަމުންދާ ތިން ދިވެހިން، ޗުއްޓީ އަށް ރާއްޖެ އައުމަށް ފަހު އެ މީހުން އެނބުރި ރަޝިއާ އަށް ދިއުމުން ކޮވިޑް-19 އަށް ޝައްކު ކުރެވިގެން އެކަހެރިކޮށް ހެދި ޓެސްޓްތަކުން އެ ތިން މީހުންވެސް ކޮވިޑް-19 ވައިރަހަށް ނެގެޓިވް ވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ކޮރޯނާވައިރަސްއާ ބެހޭ ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި އެ ސެެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ރަޝިއާ […]
ޝިއުނާ އާދަމް
އެކުވެރި އަރަބް އިމާރާތް (ޔޫއޭއީ) އިން ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ. ގަލްފް ނިއުސްގައި ބުނެފައިވާގޮތުން މިއަދު އެގައުމުން ޓެސްޓުކުރި މީހުންގެ ތެރެއިން 50 މީހުންވަނީ ކޮވިށް19 އަށް ޕޮޒިޓިވް ވެފައެވެ. އެގޮތުން އެލިސްޓުގައި ރާއްޖޭގެ މީހަކު ހިމެނޭކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްްތް އެންޑް ޕްރިވެންޝަން އާ ހަވާލާދީ ހާލީޖް ޓައިމްސް އިން ބުނެފައި ވަނީ ކޮރޯނާ […]
ޝިއުނާ އާދަމް
ކޮވިޑް 19އާ ގުޅިގެން ފެނަކައިގެ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ. ފެނަކައިން މިއަދު ބުނީ، ކޮވިޑް 19އާ ގުޅިގެން ފެނަކައިގެ އެއްވެސް މުވައްޒަފެއްގެ މުސާރައަށް އަދި ދެމުންދާ އެލަވެންސަކަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާ ކަމަށެވެ. އެކުންފުނިން ފޯރުކޮށްދެމުންދާ އެއްވެސް ހިދުމަތެއް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުންފުނިން ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ފެނަކައިން ބުނެއެވެ. ނަމަވެސް މިދަނޑިވަޅުގަ...
އިބްރާހިމް އަސްވާޤް
މާހާ ނަމަކަށްކިޔާ ސަފާރީއެއް ލޮކްޑައުންކޮށް ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. ކޮރޯނާވައިރަސްއާ ބެހޭ ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި އެ ސެެންޓަރުގެ ތަރުޖަމާން އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ މާހާ ސަފާރީ ލޮކްޑައުންކޮށް މީހަކު ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ސަފާރީގައި މިވަގުތު ތިބީ ދެ ދިވެހިންނާއި ތިން ބިދޭސީން ކަމަށެވެެ. [...
ޙުސައިން ޝަހުދީ
ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސް ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. މަޖިލިސްމެމްބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު ޢަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިރާގުގެ ހިއްސާތައް އޭރު ސަރުކާރުން އަމިއްލަ ފަރާތަކަށް ވިއްކާ ނުލި ނަމަ މިއަދު އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭކަށް ނުޖެހުނީސްކަމަށެވެ. އިންޓަނެޓުގެ މުހިންމުކަން އިންތިހާޔަށް ބޮ...
ހުސައިން ހަބީބް
އަންނަ ހަފްތާއިން ފެށިގެން މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ބާއްވަން ނިންމައިފިއެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް މިއަދު ވަނީ މަޖިލީހުގައި މަޝްވަރާ މަޖިލީހެއް ބާއްވައިފަ އެވެ. މެމްބަރުން ގޭގައި ތިއްބަވައިގެން އަންނަ ހަފުތާ އިން ފެށިގެން ޖަލްސާތައް ވާޗުއަލްކޮށް، ކުރިއަށް ގެންދަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވީ، މިއަދު އޮތް މަޝްވަރާ މަޖިލީހުގައި މަޖިލިސް ކޮމިޓީތަކުގެ މުގައްރިރުންނާއި ޕާލަމެންޓްރީ ގުރޫ...
ޝިއުނާ އާދަމް
ކޯވިޑް-19 ދުނިޔޭގަ ފެތުރުން މަޑު ނުވާކަމަށާއި، އެ ބަލި ފެތުރުން ހަލުވި ވެފައިވާތީ ސަމާލުުކަންކުޑަނުކުރުމަށް ޑރ. ނިޔާފް ގޮވާލަށްވައިފިއެވެ. ” ކޯވިޑް-19 ދުނިޔޭގަ ފެތުރުން މަޑެއް ނުވޭ. ވަނީ ހަލުވި.” މިހެން ވިދާޅުވެ، ޑރ. ނިޔާފް ވިދާޅުވީ ރައްކާތެރިވުން އިތުރުކުރުމަށެވެ. އެގޮތުން ނިޔާފުވަނީ މިބަލި ފެތުރޭ ހަލުވިމިން އަންގައި ދިނުމަށް ބަލި ފެތުރޭ ހަލުވިމިން އަންގައިދޭ މައުލޫމާތު ހިއްސާ ކުރަށް ވާފައެވެ. ބަލިޖެހުނު މީހުން: 100،000 އަށް އެރީ 67 ދުވަހުން 200،000 އަށް އަރަން އިތުރު […]
ޝިއުނާ އާދަމް
ރީތި ބީޗް ރިސޯޓްގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއަކާއި ދިވެއްސެއް ފެނިގެން އެރިސޯޓު މޮނިޓަރިންގ ހާލަތަށް ގެނެސް، ލޮކްޑައުންކޮށް އެ ދެމީހުން ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރީތި ބީޗު ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ އަކާއި ދިވެއްސެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ...
ޝިއުނާ އާދަމް
މަގުތަކަށްވުރެ އިސްކަން ދޭންވީ ދެއަތް ރީތިކޮށް ދޮންނަން ކަމަށް އައިޖީއެމްއެޗްގެ ޑަކްޓަރު، ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ. އަތް ދޮވުމަށް އިސްކަން ދިނުމަށް ބާރު އެޅުއްވުމުގެ ގޮތުން “ކްލީން ދަ ހޭންޑްސް ނޮޓް ދަ ސްޓްރީޓްސް” ހޭޝް ޓެގް ބޭނުންކުރައްވައި ޓްވީޓަރގައި ޑރ. މުޙައްމަދު ޢަލީ ވިދާޅުވެފައިވަނީ އިރުގެ ޔޫވީ ލައިޓުންވެސް ކޮރޯނާވައިރަސް ނައްތާލާ ކަމަށެވެ. އެއްވެސް މީހަކު ބޭރުތެރޭގެ މަގުތަކުގަޔާއި ގަސްގަހުގައި ” ދޫލަމުން ” ނުދާނެ ކަމަށާއި، މަގުތަކުގެ ތަންތަނުން ވައިރަސް ފެތުރުން އެއީ […]
އައިމިނަތު ޔުމްނާ
އެންދަމަން ފީނަން ގޮސް އުޅެނިކޮށް ހާލުދެރަވި މަސްވެރިއަކު ބ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެނިކޮށް ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ވަނީ ރ. ކިނޮޅަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. ބ. އޭދަފުށީ އޮންލައިން ނޫހެއް ކަމުގައިވާ “އޭދަފުށީ ވޮއިސް” ގައި ބުނެފައިވަނީ އެމީހާ ނިޔާވީ، ފީނަން ގޮސް އުޅެނިކޮށް މެއަށް ތަދެއް އެރައިގެނ، އަތޮޅު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށްކަމަށެވެ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަށް މަސްވެރިޔާ ގެންދިޔައީ މިއަދު މެންދުރު 1:30 އާއި2:00 އާއި […]
ޔުމްނާ ޢަލީ