ށ. ނަރުދޫން މިހާތަނަށް ޖުމްލަ އަށް މީހެއް ކޯވިޑަށް ފައްސިވެފައި ވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން ބޯޓުގެ ކެޕްޓަނާއި އެކު އެރަށުން ޖުމްލަ އަށް މީހަކު މިހާރު ކޯވިޑަށް ފައްސި ވެފައި ވާކަމަށެވެ. އަދި އެރަށުގައި އެންމެ ބޮޑަށް ނޫންނަމަވެސް މުޖުތަމައު ތެރޭ ބަލި ފެތުރޭ ހާލަތް އޮތް ކަމަށް ބެލި ދާނެ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.

Ad
rt

ށ. މިލަންދޫއިންވެސް އެކަކު ކޯވިޑަށް ފައްސިވެފައިވާ ކަމަށާއި، އަމާޒު ބޯޓާއި ގުޅުން ހުރި 113 މީހެއް ދެނެ ގަނެވިފައި ވާ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.

އަމާޒު ބޯޓު ކެހާ ގުޅުން ހުރި ސަތޭކަ ތޭރަ މީހުން ކުރެ ތިރީސް ފަސް މީހުންނަކީ ހައި ރިސްކު މީހުން ކަމަށާއި، އޭގެ ތެރެއިން އެެގާރަ މީހުން ކިބައިން ބަލީގެ އަލާމަތް ފެންނަ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑަށް އިތުރު ފަސް މީހަކު ފައްސިވެފައި ވާކަންވެސް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ވަނީ ހާމަ ކުރަށްވާފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 21 މީހުންނެވެ. އެއީ މިއަދު ކުރިން ޕޮޒިޓިވްވީ 16 މީހުންނާއެކުގައެވެ.

ރާއްޖެއިން ކޯވިޑަށް ފައްސިވި މީހުންގެ އަދަދަކީ މިހާރު 250 އެވެ.

ނަރުދޫ އަމާޒު ބޯޓުން އުތުރުގެ އެކި ރަށްތަކުން ޖުމްލަ 98 މީހަކު ދަތުރު ކޮށްފައި ވެއެވެ.