މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1021 ވަނަ ޞަފްޙާ

ސޮނެވާ ޖާނީގައި މަސައްކަތްކުރާ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ސޮނެވާ ޖާނީގައި މަސައްކަތްކުރާ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ސޮނެވާ ޖާނީގައި މަސައްކަތްކުރާ ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މީޑިޔާތަކަށް މަޢުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ ސޮނެވާ ޖާނީ ރިސޯޓްގައި މަސައްކަތްކުރާ މީހަކު އެ ރިސޯޓްގެ ވިލާއެއްގައި މަސައްކަތް ކުރަނިކޮށް މޫދަށް ވެއްޓި މަރުވެފައި އޮއްވާ ފެނިފައިވާ މައްސަލަ އެއް މިރޭ 8:30 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. މިހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. މި މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް، ފުލުހުން ވަނީ ތަހުގީގު ފަށާފަ...

އިބްރާހިމް އަސްވާޤް
ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލައިފި

ކަރަންޓީނު ފެސިލިޓީއަކުން ބަޔަކު ފިލައިފި

އައްޑޫ ސިޓީގެ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީން ބަޔަކު ފިލައިފިއެވެ. ފުލުހުން ބުނީ ހެރެތެރެ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން ތެރެއިން ފަސް މީހަކު ފިލާފައި ވާކަމަށެވެ. އެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު އިރުއޮށްސެން ކައިރިވެފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ. ފިލި ފަސް މީހުންގެ ތެރެއިން އެކަކު ހޯދިފައިވާ ކަމަށާއި، އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ކޯވިޑް-19 ރާއްޖޭގައި ފެތުރުން ވީހާވެސް ކުޑަކުރުމަށް ސަރުކާރާއި، ކަމާއި […]

ޔުމްނާ ޢަލީ
ކޯވިޑަށް ޕޮޒިޓިވްވި މުވައްޒަފަށް އަވަސް ޝިފާއަކަށް އެދެން: ސީއީއޯ އާޒިމް

ކޯވިޑަށް ޕޮޒިޓިވްވި މުވައްޒަފަށް އަވަސް ޝިފާއަކަށް އެދެން: ސީއީއޯ އާޒިމް

އެމްޓީސީސީގައި ވަޒީފާ އަދާކުރާ މުވައްޒަފެއް މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވި ޚަބަރު އެހީ ވަރަށްވެސް ފުން ހިތާމައާއިއެކު ކަމަށާއި، އެ މުވައްޒަފަށް އަވަސް ޝިފާ އެއް މިންވަރު ކޮށްދެއްވުން އެދި ދުޢާ ކުރާކަމަށް އެމްޓސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ސީއީއޯ އާޒިމް ވިދާޅުވީ އެމްޓީސީސީގެ ހުރިހާ ލޮބުވެތި މުވައްޒަފުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުރީ ސަފުގައި ތިއްބަވައިގެން ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ނަމޫނާ ޚިދުމަތަށް ފަށްފަށުން ޝުކުރުއަދާ ކުރަށްވާ ކަމަށެވެ. އެމްޓީސީސީން ފޯރު ކޮށ...

ޝިއުނާ އާދަމް
ކޯވިޑް19: ވިލިމާލެ ޓާރމިނަލްގައި މަސައްކަތްކުރާ އެމްޓީސީސީގެ މުވައްޒަފަކު ޕޮޒިޓިވް ވެއްޖެ

ކޯވިޑް19: ވިލިމާލެ ޓާރމިނަލްގައި މަސައްކަތްކުރާ އެމްޓީސީސީގެ މުވައްޒަފަކު ޕޮޒިޓިވް ވެއްޖެ

އެމްޓީސީސީގެ ވިލިމާލެ ފެރީ ޓާމިނަލްގައި މަސައްކަތް ކުރާ  ދިވެހި މުވައްޒަފަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެމްޓީސީސީގެ  އެ މުވައްޒަފު ބައްޔަށް ޕޮޒިޓިވްވިކަން މިއަދު އެނގުނީ ރޯގާ ޖެހިގެން ފުލޫ ކްލިނިކަށް ދެއްކުމުން ހެދި ޓެސްޓުންނެވެ. ޓާމިނަލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މި ދުވަސްވަރު ލޮކްޑައުންކޮށްފައި ވަނީ އެ ޓާމިނަލެއްގައި ނަމަވެސް އެ މުވައްޒަފު ޕޮޒިޓިވްވިކަން އެނގުނީ އޭނާ ގޭގައި ހުއްޓައިއެވެ.  ވިލިމާލެ ޓާމިނަލްގައި އެ މުވައްޒަފާ އެކު […]

ޖަލްވާން ޖާދުﷲ
އިތުރު 44 މީހުން ޕޮޒިޓިވްވެ ޖުމްލަ 618 އަށް

އިތުރު 44 މީހުން ޕޮޒިޓިވްވެ ޖުމްލަ 618 އަށް

ރާއްޖެއިން ކޯވިޑް-19އަށް މިއަދު އެކަނި 45 މީހަކު ޕޮޒިޓިވްވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 34 މީހަކާއި، އިންޑިޔާގެ 2 މީހެއްގެ އިތުރުން 8 ދިވެހިންކަމަށެވެ. މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 618 އަށް އިތުރުވެފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޓެސްޓު ކުރުމަށް 9800 އަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރެއިން 400 އަށްވުގެ ގިނަ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ. ރާއްޖެއިން މިހަތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. […]

ޔުމްނާ ޢަލީ
ޗައިނާއިން ހަދައިދޭ ކަރަންޓީން ފެސިލިޓީ މިމަހު 18 ގައި ނިމޭނެ: ސަފީރު

ޗައިނާއިން ހަދައިދޭ ކަރަންޓީން ފެސިލިޓީ މިމަހު 18 ގައި ނިމޭނެ: ސަފީރު

ކޯވިޑް-19 ހާލަތުގައި ދިވެހި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ޗައިނާ ސަރުކާރުން ފޯރުކޮށް ދޭ އެހީތެރިކަމުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ކަރަންޓީން ފެސިލިޓީގެ މަސައްކަތްތައް މި މަހުގެ 18 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ. ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ 200 މުވައްޒަފުން ފެސިލިޓީ ހެދުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މުވަ...

އަލީ އާދިލް
މިހާރު ޢިއުލާން ކޮށްފައިވާ ލޯނު ސްކީމަށް ފަންނާނުންނަށް ކުރިމަތިލެވޭނެ: މިނިސްޓަރު ޔުމްނާ

މިހާރު ޢިއުލާން ކޮށްފައިވާ ލޯނު ސްކީމަށް ފަންނާނުންނަށް ކުރިމަތިލެވޭނެ: މިނިސްޓަރު ޔުމްނާ

ކޯވިޑް-19 އާއި ގުޅިގެން އެކި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން އިޢުލާނުކޮށްފައިވާ ލޯނު ސްކީމަށް ފަންނާނުންނަށް ކުރިމަތިލެވޭނެ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ. އެކަމަނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އޮންލައިން ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައި ވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި ފަންނާނުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވި ކަމަށް މިނިސްޓަރު ޔުމްނާ...

ޝިއުނާ އާދަމް
މެލޭޝިއާގެ ވިޔަފާރި ވެރިޔަކު ރާއްޖެއަށް މާސްކު ހަދިޔާކޮޮށްފި

މެލޭޝިއާގެ ވިޔަފާރި ވެރިޔަކު ރާއްޖެއަށް މާސްކު ހަދިޔާކޮޮށްފި

މެލޭޝިއާގެ ވިޔަފާރި ވެރިއެއް ކަމަށްވާ، ލިންބާގް ހޯލްޑިންގެ ވެރިޔާ ވިރާ ލިން ކަޗޮކް ރާއްޖެއަށް 60،000 ފޭސް މާސްކު ހަދިޔާކުރައްވައިފި އެވެ. މެލޭޝިޔާގެ ވިޔަފާރި ވެެރިޔާ ރާއްޖެއަށް ހަދިޔާކުރެއްވި މާސްކުތައް ސަރުކާރާ ހަވާލުކޮށްދެއްވީ، އެ ވިޔަފާރި ވެރިޔާއާއި ގާތް ގުޅުމެއް އޮންނަ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. ސަރުކާރުގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ސީއީއޯ ހި...

ޝިއުނާ އާދަމް
މާލެއިން ރަށަށް ދާން ބޭނުންވާ މީހުން ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބު އާންމުކޮށްފި

މާލެއިން ރަށަށް ދާން ބޭނުންވާ މީހުން ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބު އާންމުކޮށްފި

މާލެ ސަރަޙައްދު ފުރަ ބަންދުގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެކިއެކި ބޭނުންތަކަށް މާލެ އައިސް އެނބުރި ރަށަށް ނުދެވި ތިބި ފަރާތްތައް އަނބުރާ ރަށަށް ފޮނުވުމުގައި އިސްކަންދޭނެ ތަރުތީބު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާމަކޮށްފިއެވެ. އެމިނިސްޓްރީއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު 2020/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހ...

ޝިއުނާ އާދަމް
ކޯވިޑް19: އިތުރު 2 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޯވިޑް19: އިތުރު 2 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. އިތުރު ދެ މީހަކު ބަލިން ރަނގަޅުވެފައިވާކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒެވެ. މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ބަލިން ރަނގަޅުވި މީހުންގެ އަދަދު 20 އަށް އަރާފައިވާކަމަށެވެ. މީގެއިތުރުން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެތެރެއިން އިތުރު މީހަކަށް ވެންޓި...

ޔުމްނާ ޢަލީ
ކޯވިޑް-19: ޕޮޒިޓިވް މީހުންގެ ޢަދަދު 573 އަށް!

ކޯވިޑް-19: ޕޮޒިޓިވް މީހުންގެ ޢަދަދު 573 އަށް!

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 16 މީހުން ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 573 އަށް އިތުރު ވެފައެވެ. އެޗްޕީއޭއިން ބުނީ އަލަށް ޕޮޒިޓިވްވީ 9 ދިވެހިންނާއި، ބަންގްލަދޭޝް 6 މީހުންނާއި އަދި ސްރީލަންކާ މީހެއް ކަމަށެވެ. ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 205 އެވެ. އަދި މި ބަލި ޖެހުނު ބިދޭސީންގެ އަދަދަކީ 368 އެވެ. […]

ޝިއުނާ އާދަމް
ރުކަކުން ވެއްޓި މީހަކު މަރުވެއްޖެ

ރުކަކުން ވެއްޓި މީހަކު މަރުވެއްޖެ

ތ. މަޑިފުށީގައި މީހަކު ރުކަކުން ވެއްޓި މަރުވެއްޖެއެވެ. ފުލުހުން ބުނީ  ތ. މަޑިފުށީގައި ރުކަށް އަރާ އުޅުނު މީހަކު ރުކުން ވެއްޓިޖެ ކަމަށް މިއަދު 14:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އޭނާ އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް މަޑިފުށީ ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ އުމުރަކީ 36 އަހަރު ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މިހާދިސާއާއި ގުޅިގެން އިތުރަށް […]

ޝިއުނާ އާދަމް
ނިޔާވި މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން: ޑރ. މޫސަ

ނިޔާވި މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން: ޑރ. މޫސަ

މިއަދު ހެނދުނު ފިޓް ޖެހިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން 33 އަހަރުގެ ބަންގުލަދޭޝް މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މޫސާ ހުސެއިން ވިދާޅުވީ މިއަދު ހެނދުނު ނިޔާވީ ފިޓް ޖެހިގެން ގެންދިޔަ ބިދޭސީއެއް ކަމަށާއި، އޭނާގެ ފުރާނަ […]

ޝިއުނާ އާދަމް
ދަނޑުވެރިކަން ނުކުރާ ރަށްތަށް އަތުލަން ފާސްކޮށްފި

ދަނޑުވެރިކަން ނުކުރާ ރަށްތަށް އަތުލަން ފާސްކޮށްފި

ރާއްޖެގައި ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން ނުކުރާ ރަށްތައް ފާހަގަކޮށް، އެ ރަށްތައް ދޫކޮށްފައިވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން އުވާލައި އެ ރަށްތައް އަތުލަން ހުށަހަޅާފައިވާ ކޮމިޓީ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ދަނޑުވެރިކަމަށް މިހާރު ދޫކޮށްފައިވާ ފަޅު ރަށްތަކުގެ ތެރެއިން ދަނޑުވެރިކަން ނުކުރާ ރަށްތައް ފާހަގަކޮށް، އެ ރަށްތައް ދޫކޮށްފައިވާ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުން އުވާލައި އެ ރަށްތައް އަތުލަން ލާމަރުކަޒީ ކޮމިޓީން ހު...

އަލީ އާދިލް
ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް އަރައިފި

ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު 551 އަށް އަރައިފި

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 551 އަށް އަރައިފި އެވެ. އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 24 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ދާދި ދެންމެއަކު އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ބުނީ، މިރޭ 11:45އާ ހަމައަށް އިތުރު 10 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 24 އެވެ. ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، ފަސް ބަންގްލަދޭޝް މީހުންނާއި ފަސް ދިވެހިންނެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 551 […]

ޝިއުނާ އާދަމް